ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހީނާ ސަލީމަށް ޕްރައިމެރީ ގެއްލި، ހެންވޭރު ހުޅަނގު ދާއިރާ ޓިކެޓު މާޒް ސަލީމަށް!

އަހްމަދު ސަލީމު (މާޒު ސަލީމު) އެމްޑީޕީގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިން ޖަލްސާއެއްގައި/ ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި، އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓުންގެ ޕްރައިމެރީގައި ހެންވޭރު ހުޅަނގު ދައިރާގެ ޓިކެޓު އަހުމަދު ސަލީމް (މާޒް ސަލީމް) ކާމިޔާބުކޮށްފި އެވެ.

އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ޓިކެޓުގައި މަޖިލީހަށް ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް މިއަދު އެ ޕާޓީން ވަނީ 40 ދާއިރާއަކުން ޕްރައިމެރީ ބާއްވާފަ އެވެ. މި ޕްރައިމެރީގައި ހެންވޭރު ހުޅަނގު ދާއިރާއަށް ވާދަކުރި މާޒް ސަލީމަކީ މިދިޔަ ރިޔާސީ އިންތިހާބުގައި ވާދަކުރި އުމަރު ނަސީރުގެ ރަނިންމޭޓެވެ.

އުމަރަށް ނާކާމިޔާބުވުމުން އިންތިހާބުގެ ދެވަނަ ބުރާއި ހަމައިން، ކެމްޕެއިމް ޖަލްސާއެއްގައި މާޒް ސަލީމް އެމްޑީޕީއާއި ގުޅިވަޑައިގަތީ އެވެ.

ޕްރައިމެރީއަށް މާޒް ސަލީމް ނިކުންނަވާތީ، އެކަމަށް އެމްޑީޕީގެ ބައެއް މެމްބަރުންގެ ފާޑުކިއުން ވެސް އަމާޒުވި އެވެ. އޭނާވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ޑެޕިއުޓީ މިނިސްޓަރެއްގެ މަގާމު ވެސް އަދާކުރައްވާފަ އެވެ. އެކަމަކު ވެރިކަމުގެ ދައުރު ހަމަވާން ކައިރިވެފައި ވަނިކޮށް މަގާމުން ވަކިކުރީ އެވެ.

މިއަދު އޮތް ޕްރައިމެރީ މާޒް ސަލީމް ކާމިޔާބު ކުރީ، އެމްޑީޕީގެ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވި އަހުމަދު ސަލީމް (ހީނާ) އާއި ވާދަކުރައްވަ އެވެ. މާޒަށް ވޯޓުގައި ލިބިފައި ވަނީ 61 ވޯޓެވެ. އަދި ހީނާއަށް 42 ވޯޓު ލިބުނެވެ.

އެމްޑީޕީގެ މަޖިލިސް ޕްރައިމެރީގައި ވާދަކުރަން ޖެހުނު އަށް މަޖިލިސް މެމްބަރަކު ޓިކެޓު ކަށަވަރު ކުރި އެވެ. އަދި ތިން މެމްބަރަކަށް ވަނީ ނާކާމިޔާބުވެފަ އެވެ.

އެމްޑީޕީ މަޖިލިސް ޕްރައިމެރީގައި ވާދަކޮށް މިއަދު ޓިކެޓު ކަށަވަރު ކުރީ ގއ. ވިލިނގިލި ދާއިރާއަށް ސައުދު ހުސެއިން، ބިލެތްދޫ ދާއިރާއަށް އަހުމަދު ހަލީމް (ދޮންބިލެތް)، ހަނިމާދޫ ދާއިރާއަށް އަބްދުލްޣަފޫރު މޫސާ (ގަޕޯ)، ވެލިދޫ ދާއިރާއަށް މުހައްމަދު އަބްދުﷲ ޝަފީގު، ކާށިދޫ ދާއިރާއަށް އަބްދުﷲ ޖާބިރު ހިމެނެ އެވެ.

ޓިކެޓު ކަށަވަރު ނުކުރެވުނު މެމްބަރުންނަކީ، ކެޔޮދޫ ދާއިރާގެ މެމްބަރު ހުސެއިން ގާސިމާއި ފެދޫ އުތުރު ދާއިރާއަށް ވާދަކުރި މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމްގެ އިތުރުން ކެލާ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: