ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި އަލަށް އުފެއްދެވި މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސްގެ ރަސްމީ ވެބްސައިޓު އިފްތިތާހުކޮށްފިއެވެ.
މިނިސްޓްރީ އޮފް ސިޓީސްގެ ވެބްސައިޓު ލޯންޗް ކުރުމުގެ ރަސްމިޔާތު ޝަރަފުވެރިކޮށް ދެއްވީ އެ ވުޒާރާގެ މިނިސްޓަރ އާދަމް ޝަރީފް އުމަރެވެވެ. ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނސްޓަރ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ޒާމަތުގައި ދިވެހި ރައްޔޮތުންނާއި ސަރުކާރާއި ގުޅުވާލަ ދިނުމުގަ އާއި ކައުސިލްތަށް ބާރުވެރި ކުރުވުމުގައި އެންމެ މުހިންމު އެއް ވުޒާރާ ކަމުގައި ހައްދަވާނެ ކަމަށް ކެމްޕެއިންތަކުގައިވެސް ރައީސް ވިދާޅުވެފައިވާނެ ކަމަށެވެ.
ރައީސްގެ ވެރިކަމުގައި އަލަށް އެ ވުޒާރާގެ ވެބްސައިޓު އުފެއްދުމުގެ ރަސްމިއްޔާތަކީ ލިބުނު ކުރިއެރުމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ވުޒާރާ އުފެދުނުފަހުން ތިންމަސްވެސް ނުވަނީސް އަމިއްލަ މުވައްޒަފުންގެ ބުރަ މަސައްކަތުން ވެބްސައިޓު ލޯޏްޗުކުރެޗުގެން ދިއުމަކީ މިނިސްޓްރީގެ އުފެއްދުމާއި މިނިސްޓްރީންދޭ ހިދުމަތް ރައްޔިތުންނަށް ފޯރުކޯށްދިނުމުގައި ހުރިހާ މުވައްޒަފުން ޝާމިލްވާގޮތަށް މަސައްކަތް ކުރަމުންދާކަން ސާބިތުވާ ވަރަށް ފުރިހަމަ ހެއްކެއް ކަމަށް ޝަރީފް ވިދާޅުވިއެވެ.
މި މަސައްކަތުގައި އެކި ބޭފުޅުން އުޅުއްވި ނަމަވެސް މުޅިއެއްކޮށް މަސައްކަތް ކުރިއަށް ގެންދެވީ ޑެޕިއުޓީ މިނިސްޓަރ އަހްމަދު އިރުފާހު ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މި މައްސަތަކީ އާންމު ގޮތެއްގައި އައުޓްސޯސްކޮށްގެން ނުވަތަ އިއުލާން ކޮށްގެން ކުރާ މަސައްކަތެއްކަމުގައި ވާނަމަ އެކަށީގެންވާ ހަރަދެއް ހިނގާނެ މަސައްކަތެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެންނަމަވެސް މި މައްސަކަތުގެ ފަންނުގެ ބޭފުޅަކަށް ޑެޕިއުޓީ މިނިސްޓަރ ވާތީ އެ މަސައްކަތް ފުރަތަމަ ދުވަހުން ފެށިގެންވެސް ކުރައްވާފައިވާކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެހެން ނަމަވެސް ކުދި ދަތިތަކާއި ކުރިމަތިލާން ޖެހުނުކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މުވައްޒަފުންގެ މަސައްކަތްތަށް ފެންނަނީ ވަރަށް ހަލުވިކަމާއެކު ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ރައިސް މުއިއްޒު ކަނޑައަޅުއްވާފައިވާ ވައުދުތަކާއި އެވައުދުތަށް ފުއްދުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް މިނިސްޓްރީން ކުރިއަށް ގެންދަވާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ. ބައެއް ހާލަތްތަކުގައި މިނިސްޓްރީން ހާވާލުވި މެންޑޭޓް ފިޔަވާ އިތުރު މަސައްކަތްތައްވެސް ކުރުމަށްޓަކައި ރައީސް އޮފީހުގައިވެސް ގިނަ މަސައްކަތްތަކެއް ސްޓޭޓް މމިނިސްޓަރުން ކުރައްވާފައިވާ ކަަމަށް ރައީސް ވިދާޅުވިއެެވެ.
މިނިސްޓަރ ވިދާޅުވީ ކޮޮންމެ ރަށެއް ނުވަތަ ފަޅެއް ލިބޭނެ އިންތިޒާމު ހަމަޖެހިގެން ދިޔައީ އެ މިނިސްޓްރީގެ ސްޓޭޓް މމިނިސްޓަރުން ކުރެއްވި މަސައްކަތުން ކަމަށެވެ. ގިނަ މަސައްކަތްތަކެއް ކުރެވުނު ނަމަވެސް އިދާރީ ގޮތުން ދިމާވާ އެތައް ގިންޖެހުންތަކެއް ހުރި ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
ވެބްސައިޓު ލޯންޗްކުރެވުނު ނަމަވެސް ވެބްސައިޓަށް އިތުރު ކުރިއެރުންތައް ގެންނަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

