ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގޯތި މައްސަލައިގައި އޭސީސީއާއި ހައުސިން މިނިސްޓަރުގެ ބައްދަލުވުމެއް ބާއްވައިފި

ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު މަޖިލީހުގެ ކޮމިޓީގައި. ފޮޓޯ: މަޖިލީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ގެދޮރުވެރިޔާ ސްކީމް އާއި ގުޅޭގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަނުން ފޮނުވާފައިވާ ސިޓީއާއި ގުޅޭގޮތުން އިތުރު ލަފައާއި މަޝްވަރާ ހޯދުމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރާއި އެކު އޭސީސީން ބައްދަލުވުމެއް ބާއްވައިފި އެވެ.

މި ބައްދަލުވުމާއި ބެހޭ މާބޮޑު ތަފްސީލެއް ހައުސިން މިނިސްޓްރީން ހާމައެއް ނުކުރެ އެވެ.

މިއަދު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ، ގޯއްޗާއި ފްލެޓު ލިބުނު ފަރާތްތަކަށް ލިއުން ހަވާލު ކުރަމުން ގެންދާކަން ފާހަގަކުރައްވާފަ އެވެ. އަދި މިނިސްޓްރީން މިއަދު އާންމު ކުރި އިތުރު ބަޔާނެއްގައި ވެސް ވަނީ އެކަން ފާހަގަކޮށް، ދިން ވަގުތުގައި ރެޖިސްޓްރީއާއި ހަވާލު ނުވެވުނު ފަރާތްތަކަށް ވެސް އެ ފުރުސަތު އޮންނާނެކަމަށް ބަޔާނުގައި ވެއެވެ.

ރައީސް މުއިއްޒު ވިދާޅުވީ ނުހިއްކާ ހުރި ސަރަހައްދުތަކުން ގޯތި ލިބުނު ފަރާތްތަކަށް ވެސް ދޭން ޖެހެނީ ގާނޫނީ ސައްހަކަން އޮތް ވަގުތީ ލިއުމެއްކަމަށެވެ. އެހެންކަމުން އެ މަސައްކަތް ކުރިޔަށް ގެންދާކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 38%ވަރަށް ގަޔާވޭ 13%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: