ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް އަޒުލުކުރުމުގެ ގަވައިދަށް ގެނައި އިސްލާހުގެ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގެންފި

2024 ވަނަ އަހަރުގެ ރިޔާސީ ބަޔާން އިއްވެވުން
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ވޯޓާއި އެކު ރައީސުލްޖުމްހޫރިއްޔާ އަޒުލު ކުރުމުގެ ޕްރޮސެސް ބަޔާން ކުރާ މާއްދާތަކަށް ގެނައި އިސްލާހު ބާތިލު ކުރުމަށް ބަންޑާރަ ނައިބުގެ އޮފީހުން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ އެ ކޯޓުން ބަލައިގެންފި އެވެ.

ރައީސާއި ނައިބު ރައީސް ވަކިކުރުމާއި ބެހޭ މައްސަލައެއް ހުށަހަޅައި، އެ މަރުހަލާ ކުރިޔަށް ގެންދާނެ ގޮތް ބަޔާންކޮށްފައި ވަނީ ގަވައިދުގެ 41 ވަނަ ބާބުގަ އެވެ. ގަވައިދަށް ގެނައި އިސްލާހުތަކުގައި އަޒުލު ކުރުމުގެ ގަރާރެއް ހުށަހަޅައިފި ނަމަ މަޖިލީހުގެ ރައީސަށް މައްސަލަ ޕާކު ނުކުރެވޭ ގޮތަށް ނުވަތަ މައްސަލަ ހުއްޓުވާފައި ނުބޭއްވޭ ގޮތަށް ހަމަތަކާއި ތަރުތީބުތަކެއް ގެނައުން ހިމެނެ އެވެ. އެއީ ގަރާރު ލިބޭތާ ދެ ދުވަހުގެ ތެރޭގައި ނޯޓިސް ފޮނުވުމާއި، ނޯޓިސްގެ ތާރީހުން ފެށިގެން 14 ދުވަސް ދިނުމަށް ފަހު މައްސަލަ ކުރިޔަށް ގެންދިއުމުގެ ޖަލްސާއެއް ބޭއްވުން އަދި ބަހުސަށް ތިން ގަޑިއިރު ދިނުމަށް ފަހު ދިފާއުގައި ވާހަކަ ދެއްކެވުމަށް 30 މިނެޓުގެ ވަގުތު ދިނުމެވެ.

މަޖިލީހުގެ ތިންބައިކުޅަ އެއްބައި މެމްބަރުންގެ ސޮޔާއި އެކު އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން ޖެހޭއިރު، ގަރާރަށް ބަހުސްކޮށް ނިމުމަށް ފަހު މައްސަލަ ލިބުމުން ރިޕޯޓު މަޖިލީހުގެ ރައީސަށް އެރުވުމަށް ކޮމިޓީން ވަނީ އިސްލާހު ގެނެސްފަ އެވެ. އަދި ފަސް ދުވަހުގެ ތެރޭގައި ރިޕޯޓު ފޮނުވުމަށާއި، މަޖިލީހުގެ ރައީސަށް ރިޕޯޓު ލިބޭތާ ދެ ދުވަހުގެ ތެރޭގައި ރިޕޯޓާއި މެދު ގޮތެއް ނިންމުމުގެ ޖަލްސާ ބޭއްވުން ހިމެނެ އެވެ. އަދި ގަރާރުގައި ވާ މައްސަލައާއި އެއްގޮތަށް ކޮމިޓީން ރައީސް ނުވަތަ ނައިބު ރައީސް ވަކި ކުރުމަށް ނިމްމައިފި ނަމަ އެބޭފުޅުން ވަކިވާނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ތިންބައިކުޅަ ދެބައި ވޯޓުންނެވެ. ވޯޓުގެ ނުކުތާ އެއީ ކުރިން ވެސް ބަޔާންކޮށްފައިވާ ގޮތެވެ.

އިސްލާހުތަކާއި އެކު ދެން ގެނައި އަނެއް ބަދަލަކީ، އަޣުލަބިއްޔަތު ގުނުމާއި ގުޅޭ ބަދަލެވެ. އެގޮތަށް ބަދަލު ގެނެސްފައި ވަނީ އައު ސަރުކާރުގެ މަގާމުތަކަށް އައުމަށްޓަކާ، މަޖިލީހުގެ މެމްބަރުންގެ ގޮތުގައި ތިއްބެވި ހަތް ބޭފުޅަކު އިސްތިއުފާ ދެއްވުމުންނެވެ. އަދި ގަވައިދު ކޮމިޓީން ނިންމާފައި ވަނީ މަޖިލީހުގެ ޖުމްލަ މެމްބަރުންނަކީ އެއީ އެވަގުތަކު މަޖިލީހުގައި ދެމިތިބި މެމްބަރުން ކަމަށެވެ.

މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅި ވަގުތާ ދިމާވަނީ، ވަޒީރުންނަށް ރުހުން ހޯދުމަށް ތާވަލު ކުރުމުން އެމްޑީޕީގެ ވޯޓާއި އެކު ތިން ވަޒީރަކަށް ރުހުން ނެތްކަމަށް ފާސްވި ވަގުތާ އެވެ. އޭގެ ތެރޭގައި ބަންޑާރަ ނައިބު އަހުމަދު އުޝާމް ވެސް ހިމެނޭއިރު، އެ އޮފީހުން އާންމު ކުރި ބަޔާނުގައި ވާގޮތުގައި މައްސަލަ ހުށަހެޅީ ރުހުން ދޭން އެންމެ ފުރަތަމަ ތާވަލު ކުރި ދުވަަހު އެވެ. އެއީ މިދިޔަ މަހުގެ 28 ވަނަ ދުވަހު އެވެ.

ބަންޑާރަ ނައިބުގެ އޮފީހުން މީޑިއާތަކަށް އާންމު ކުރި ބަޔާނުގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 49 ވަނަ މާއްދާއަށް އިތުރުކޮށްފައިވާ، (ކ) (އ) އަދި (ވ) ގައި، ”މަޖިލީހުގެ ޖުމްލަ މެންބަރުން މި އިބާރާތަށް ދީފައިވާ މާނަ ކުރުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާ ހިލާފަށް ދީފައިވާ މާނަކުރުމެއް ކަމަށެވެ. އެހެންވެ އެ މާއްދާތައް ބާތިލު ކުރުމަށް ހުށަހެޅީކަމަށް އެ ބަޔާނުގައި ބަންޑާރަ ނައިބުގެ އޮފީހުން ބުނެފައި ވެއެވެ.

މީގެއިތުރުން މައްސަލައިގައި ބުނެފައި ވަނީ ”މަޖިލީހުގެ ޖުމްލަ މެންބަރުން“ މި އިބާރާތަށް އެ މަޖިލީހުން މިހާރު ދިފާއިވާ މާނަކުރުމުގެ ސަބަބުން، ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދަކީ އެއްވެސް ސަބަބަކާ ގުޅިގެން މަޖިލީހުން ހުސްވެފައިވާ ގޮނޑިތައް ނުހިމެނޭ އަދަދެއް ކަމަށް ބަޔާންކޮށްފައިވާއިރު މިއީ ގަނޫނުއަސާސީގެ 71 ވަނަ މާއްދާގައި ބުނާ އެ މަޖިލީހުގެ ޖުމްލަ އަދަދާ ހިލާފު މާނަކުރުމެއް ކަމަށެވެ. އަދި މިއީ ގާނޫނުއަސާސީގެ 86 ވަނަ މާއްދާއާއި، 87 ވަނަ މާއްދާއާއި، 88 ވަނަ މާއްދާ އަދި ގާނޫނުއަސާސީގައި ރައްޔިތުންގެ މަޖިލީހުން ފާސްކުރަންޖެހޭ ކަންކަން ބަޔާންކުރާ އެހެނިހެން މާއްދާތަކާ ތައާރުސުވާ މާނަކުރުމެއްކަމަށް ވެސް ވަނީ ބުނެފަ އެވެ. އަދި ގާނޫނުއަސާސީގެ 268 ވަނަ މާއްދާއަށް ރިއާޔަތް ކުރާއިރު ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް އިތުރުކޮށްފައިވާ ގަވައިދުގެ މާއްދާތަކަކީ ގާނޫނުއަސާސީގެ 88 ވަނަ މާއްދާގެ (ހ) އިން ގަވާއިދު ހެދުމަށް ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާ އިހްތިހާރުގެ ބޭރުން ނިންމާފައިވާ ނިންމުމެއްކަމަށް ވެސް އެ އޮފީހުން ބުންޏެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 67%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 33%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: