ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޭއަދަބީ ބަހުން މުއާމަލާތްކޮށް، މަސްލަހަތު ގެއްލުވާތީ ޖާބިރު އެމްޑީޕީން ވަކިކޮށްފި

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު. ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ބޭއަދަބީ ބަހުރުވައިން މުޢާމަލާތްކޮށް މަސްލަހަތު ގެއްލޭގޮތަށް ތަކުރާރުކޮށް އަމަލުކުރަމުންދާތީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އެމްޑީޕީން ވަކިކޮށްފި އެވެ.

ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިސްގައި ކާށިދޫ ދާއިރާއަށް ވާދަކުރުމަށް އެމްޑީޕީގެ ޓިކެޓު ވެސް ކާމިޔާބު ކުރި ޖާބިރު ވަނީ އެ ޕާޓީ ރިޔާސީ ބަޔާން އިއްވާ ޖަލްސާ ބޮއިކޮޓު ކުރުމުން ވެސް ހާޒިރުވެފަ އެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ބަޔާނަށް ތައުރީފު ކުރެއްވި އެވެ.

މި މައްސަލަ ވެސް ފެންމަތިވެފައި ވަނިކޮށް މިރޭ ބަޔާނެއް އާންމުކޮށް އެމްޑީޕީން ބުނީ މުޖުތަމައުގެ އާއްމު މިންގަނޑާ ޚިލާފަށް ރައްޔިތުންނާއި ބޭއަދަބީ ބަހުރުވައިން މުޢާމަލާތްކޮށް މަސްލަހަތު ގެއްލޭގޮތަށް ތަކުރާރުކޮށް ޖާބިރު އަމަލުކުރަމުން ދާތީ، ޝަކުވާ ލިބެމުންދާ ކަމަށެވެ.

މިއީ ޕާޓީއާއި ޕާޓީގެ އާންމު މެންބަރުންގެ މަސްލަޙަތަށް އުނިކަންލިބޭ ފަދަ ޢަމަލެއްކަމުގައި ވާތީ  ފިޔަވަޅުއަޅާ ކޮމިޓީއަށް ހުށައެޅިފައިވާ މައްސަލަ ބެލުމަށްފަހު ޖާބިރު މަޖިލިސްގެ އިންތިޚާބުގައި ޕާޓީގެ ޓިކެޓުގަައި ވާދަކުރުމުގެ ފުރުޞަތު ނުދިނުމަށް ނިންމާފައިވާކަމަށް އެމްޑީޕީން ބުންޏެވެ. އަދި މިއަދުން ފެށިގެން ޕާޓީގެ މެންބަރުކަމުން ވަކިކުރުމަށް ފިޔަވަޅުއަޅާ ކޮމެޓީން ވަނީ ނިންމާފައިވާކަމަށް ވެސް ބުންޏެވެ.

އެމްޑީޕީން ބުނީ ޖާބިރަށް ދެން އެމްޑީޕީއަށް ގުޅުމުގެ ފުރުސަތު ދޭނީ ގައުމީ މަޖިލީހަށް ހުށަހަޅައި ނިންމާ ގޮތެއްގެ މަތިން ކަމަަށެވެ. އެ ފުރިސަތު ދޭ ހާލަތެއްގައި ވެސް ޕާޓީގެ މެންބަރަކަށްވާ ދުވަހުންފެށިގެން 5 އަހަރު ދުވަހުގެ މުއްދަތެއް ވަންދެން ޕާޓީގެ އެއްވެސް މަގާމަކަށް އަދި ޕްރައިމަރީއެއްގައި ވާދަކުރުމުގެ ފުރުސަތު ނުލިބޭނެ ކަމަށްވެސް ވަނީ ނިންމާފަ އެވެ.

ޖާބިރު އެމްޑީޕީން ވަކި ކުރަން ނިންމި އިރު، ލޯންޗެއްގައި ހުންނަވައި ބޭއަދަބީ ބަސްތައް ބޭނުން ކުރާ މަންޒަރު ފެންނަ ވީޑިއޯ އެއް ވަނީ އާންމުވެފަ އެވެ. އަދި ޕްރައިމެރީ ކެމްޕެެއިނަށް ދާއިރާއަށް ވަޑައިގަތުމުން އެ ރަށު ރައްޔިތުން އޭނާ ބޭލުމަށް މަސައްކަތް ކުރުމުން ވެސް ހުތުރު ބަސްތައް ބޭނުން ކުރެއްވި އެވެ.

ޖާބިރުގެ މިފަދަ ވީޑިއޯތައް ދޭތެރެއަކުން އާންމުވާކަން ފާހަގަކުރެވެ އެވެ.

ވަރަށް ގަދަ
49%ވަރަށް ގަދަ 5%ވަރަށް ގަޔާވޭ 34%ބޮޑު ޖޯކެއް 1%ހައިރާންވެއްޖެ 8%ވަރަށް ދެރަ 3%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: