ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސް ދޯނިތަކަށް ސިފައިން އެރި މައްސަލައިގައި، މި ސަރަހައްދު ނުބެލެހެއްޓުމުގެ ޒިންމާ ނަގަން ޖެހޭނީ ރައީސް: އީސަ

ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާ މެންބަރު އަހްމަދު އީސަ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ސަރަހައްދުގައި އޮތް މަސް ދޯންޏަކަށް އަރައި ސުވާލުކޮށް، ބޭރުގެ އަސްކަރީ ސިފައިންތަކެއް ދޯނީގެ ސެޓްލައިޓު ނަމްބަރު ހޯދަން މަސައްކަތް ކުރި ވާހަކައިގައި ހަގީގަތެއް ވާނަމަ ރައީސުލްޖުމްހޫރިއްޔާއަށް ރާއްޖޭގެ ސަރަހައްދު ހިމާޔަތް ނުކުރެވުނު ސަބަބާއި މެދު ރައްޔިތުންނަށް ޖަވާބުދާރީ ވާންޖެހޭކަމަށް ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު އީސަ ވިދާޅުވެއްޖެ އެވެ.

މިދިޔަ ބުދަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ތިން ދޯންޏަކަށް އިންޑިއާގެ ކޯސްޓްގާޑު ޝިޕަކަށް ނިސްބަތް ވާ ދެ ބޯޑިން ޓިމަކުން އެރި މައްސަލަ ރާއްޖޭގެ ގައުމީ ދިފާއީ ބާރުން ވެސް ކަށަވަރުކޮށްދެ އެވެ. އޭގެ އެއް ދުވަސް ފަހުން އަނެއްކާވެސް އިތުރު ދޯންޏަކަށް އަރައި ސުވާލު ކުރިކަން ވަނީ ހާމަވެފަ އެވެ. ރާއްޖޭގެ އިގްތިސާދީ ސަރަހައްދުގައި މަސްވެރިކަން ކުރަމުން ދަނިކޮށް، އެއްވެސް ގޮތަކަށްކަމާއި ގުޅޭ އިދާރާތްތަކާއި ވާހަކަ ދެއްކުމެއް ނެތި ބައިނަލްއަޣުވާމީ ކަނޑިތަކުގެ އުސޫލާއި ހިލާފަށް އަސްކަރިއްޔާ ބޯޑުކޮށް ހިންގި އޮޕަރޭޝަނުގެ ތަފްސީލު ދޭން ދިވެހި ސަރުކާރުގެ ފަރާތުން ފޮރިން މިނިސްޓްރީން ރަސްމީކޮށް އިންޑިއާއަށް ލިއުމުން އެންގި އެވެ.

އެކަމަކު ހާދިސާއަށް ފަސް ދުވަސް މިއަދަށް ގެން ދިޔަ އިރު ވެސް މިހާތަނަށް ދިވެހި ސަރުކާރަށް އިންޑިއާ ރަސްމީކޮށް ޖަވާބުދީފައި ނުވެ އެވެ.

މި މައްސަލައިގައި މިއަދު މަޖިލީހުގައި ކުއްލި މައްސަލައެއް ވެސް ދިޔައިރު، އިދިކޮޅު މެމްބަރުން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފާޑުކިޔާފައި ވަނީ ސަރުކާރުގެ ހާރިޖީ ސިޔާސަތުތަކުގެ ސަބަބުން ގައުމަށް ގެއްލުން ލިބެމުންދާ ކަމަށެވެ. އަދި މި ސަރަހައްދަށް ވަދެ، އިންޑިއާ ސިފައިން ސުވާލު ކުރިކަމަށް ބުނާ ވާހަކައިގައި ހަގީގަތެއް ވާނަމަ ޖަވާބުދާރީ ވާން ޖެހޭނީ ސަރުކާރުކަމަށް ވެސް ބުނެފައި ވެއެވެ. އެއީ ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ބެލެހެއްޓުމާއި، ކެޕޭސިޓީ ބޮޑު ކުރުމުގެ މަސައްކަތް ސަރުކާރަށް ނޭނގޭ ކަަމށް ބުނެ އެވެ.

ރާއްޖޭގެ މަސް ދޯނިތަކެއް ހިފަހައްޓައި އިންޑިއާ ސިފައިން ސުވާލު ކުރި މައްސަލައިގެ ސައްހަކަމާއި މެދު ސުވާލު އުފައްދައި ސަންގުޓީވީގެ “ޚަބަރަށްފަހު” ޕްރޮގްރާމުގައި އީސަ ވިދާޅުވީ މަސް ދޯނިތަކަށް އެރީ އިންޑިއާގެ ކޯސްޓުގާޑުކަމަށް ރާއްޖޭގެ މީޑިއާތަކުން ރިޕޯޓު ކުރަމުންދާ ކަމަށެވެ. އެކަމަކު އެއީ ކަށަވަރު ކުރެވޭ ވާހަކައެއްކަމާއި މެދު ސުވާލު އުފައްދައި އީސަ ވިދާޅުވީ މަސް ދޯނިތައް ހަރަކާތްތެރިވީ ރާއްޖޭގެ އިގްތިސާސީ ސަރަހައްދުގައިކަން ޔަގީން ނުކުރެވޭ ކަމަށެވެ.

އެހެން ނަމަވެސް، ސަރުކާރުންނާއި މީޑިއާތަކުން ފެންނަ ގޮތަށް ހަގީގަތުގައި ވެސް ބޭރުގެ ގައުމަކުން ރާއްޖޭގެ ސަރަހައްދީ ރޮނގު ހުރަސްކޮށް ދިވެހި ރައްޔިތުންނަށް ބިރު ދެއްކިކަމަށް ވާނަމަ އެއީ ކަންބޮޑުވާން ޖެހޭ ފަދަ ވާހަކައެއްކަމަށް އީސަ ވިދާޅުވި އެވެ. އަދި ނުރައްކާތެރިކަން އޮތް މިންވަރާ ގާތަށް ވެސް ސަރުކާރުން އެކަން ކުށްވެރިކޮށް އެކަމުގައި ގައުމު ޖަވާބުދާރީ ކުރުވާފައި ނުވާކަމަށް އޭނާ ވިދާޅުވި އެވެ.

ދިވެހި ޓެރިޓޮރީގެ ތެރެއަށް ވަދެ، އަޅުގަނޑުމެންގެ ރައްޔިތުންގެ މުދަލަށް، މުދަލަށް ހިފަހައްޓައި، މި ހުރިހާކަމެއް ހިނގައިދިޔަ އިރު ހަގީގަތުގައި އަދިވެސް ސަރުކާރުންރަސްމީ ސިފައެއްގައި އެކަން ކުށްވެރި ކުރަންވީ މިންވަރަކަށް ކުށްވެރިއެއް ނުކުރޭ.. އެއީ ތެދެއްކަމަށް ވާނަމަ.. އެ ވިދާޅުވާ ވާހަކައަކީ ތެދެއްކަމުގައި ވަނީނަމަ އަޅުގަނޑުމެންގެ ގައުމު ކިތަންމެ ކުޑަޔަސް، އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރަން ޖެހޭ.. އަދި ޑިޕްލޮމެޓިކަލީ އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު ވެސް އަޅަން ޖެހޭ.. ރައީސުލްޖުމްހޫރިއްޔާގެ އެންމެ ބޮޑު ޒިންމާއަކީ ގައުމުގެ މިނިވަންކަމާ އިސްތިގުލާލު ދެމެހެއްޓުން.. ދިވެހި ރާއްޖޭގެ ސަރަހައްދުގެ ރައްކާތެރިކަން ކަށަވަރު ކުރަން

އީސަ ވިދާޅުވީ ދިވެހި ސަރުކާރުން ނެރުނު ބަޔާން ވެސް ވަރަށް ލޮނު މަޑުކަމަށާއި، އެ ވާހަކައިގެ ހަގީގަތެއް އޮތް ނަމަ މަސްވެރިންގެ ދޯނިތަކަށް އެރި ސިފައިން ނިސްބަތްވާ ގައުމުގެ ސަފީރު ހާޒިރުކޮށް ވަގުތުން ސުވާލު ކުރެވެން ޖެހޭނެކަމަށެވެ. އެހެން ނަމަވެސް އެފަދަ އެއްވެސް ކަމެއް ސަރުކާރުން ނުކުރާކަމަށާއި، އިންތިހާއަށް ކަންބޮޑުވުންތަކާއި އެކު ސައްހަ ނޫން ވާހަކަތައް ފެތުރޭއިރު ރައީސް ޖަވާބުދާރީ ނުވާންވީ ކީއްވެގެން ތޯ އީސަ ސުވާލު ކުރި އެވެ. އޭނާ ވިދާޅުވީ ރައީސް މިއަދު ހުށަހެޅުއްވި ރިޔާސީ ބަޔާނުގައި އެ މައްސަލަ ގެންނަވާފައި ނެތުމަކީ، ވެސް ރައްޔިތުންނަށް އެމަނިކުފާނު ޖަވާބުދާރީ ނުވާކަމުގެ ހެއްކެއް ކަމަށެވެ.

މިހާތަނަށް މި މައްސަލައިގައި ސަރުކާރުން އެޅި ފިޔަވަޅުތަކާއި، ކުރި މަޝްވަރާތައް ސާފުކޮށް ދީ، މަސްވެރިން ހަރަކާތްތެރިވީ ކޮން ސަރަހައްދެއްގައިކަން ރައްޔިތުންނަށް ބުނެދޭން ގޮވާލައި އީސަ ވިދާޅުވީ ރާއްޖޭގެ އިކޮނޮމިކް ޒޯން ހިމާޔަތް ކުރުމުގައި ރައީސުލްޖުމްހޫރިއްޔާ ފެއިލްވެފައިވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: