ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަނެއްކާވެސް ބަންގްލަދޭޝްގެ މަސައްކަތްތެރިން ގެނައުމުގެ ފަހަތުގައި ވަނީ ކޮރަޕްޝަނާއި ވައްކަން: ސަނީފް

ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް (ސަންނަ)/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއަށް އަނެއްކާވެސް ބަންގްލަދޭޝްގެ މަސައްކަތްތެރިން ގެނައުމުގެ ފަހަތުގައި ވަނީ ވައްކަމާއި ކޮރަޕްޝަނާއި ގުޅުން ހުރި އަމަލުތަކެއްކަމަށް ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު ޢަބްދުﷲ ސަނީފް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ކުއްލި މައްސަލައެއް ހުށަހަޅުއްވާފައި ވަނީ ވަޒީފާއާއި ބެހޭ ގާނޫނުގެ 65 ވަނަ މާއްދާގެ (ހ) ގައި ބިދޭސީން ވަޒީފާ އަދާކުރުމަށް ދިވެހިރާއްޖެއަށް ގެނައުމަށް ކޯޓާ ދޫކުރުމާއި، ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމަށް ހުއްދަ ދިނުމާއި ވަޒީފާ އަދާކުރާ މުއްދަތަށް ރާއްޖޭގައި ހުރުމުގެ ހުއްދަ ނުވަތަ ވާކް ޕާމިޓް ދިނުމުގެ އިހުތިޔާރު ގާނޫނުގެ ދަށުން ހޯމް މިނިސްޓްރީއަށް އޮތް ނަމަވެސް އެކަމާއި ގުޅިގެން ގަވައިދު ހަދައި ހިންގުން ހަޔާރ އެޑިއުކޭޝަނަށް ދޭ ގޮތަށް ނިންމާފައިވާކަމަށް ބުނެ އެވެ.

ހިސާން މި މައްސަލަ ހުށަހަޅާފައި ވަނީ، ވަޒީފާއާއި ބެހޭ ގާނޫނަށް މި ސަރުކާރުން އަމަލު ނުކޮށް އެ ގާނޫނާއި ހިލާފަށް މަސައްކަތް ކުރަމުން ގެންދާކަމަށް ބުނެ އެވެ. ތިން ވަޒީރަކު ގާނޫނާއި ހިލާފުވިކަމަށް ބުނެފައިވާ އެ މައްސަލަ ބަލައިގެންފައި ވަނީ ވޯޓުގައި ބައިވެރިވި 23 މެމްބަރުންގެ އިއްތިފާގުންނެވެ.

ހިސާން މި މައްސަލަ ހުށަހަޅާފައި ވަނީ، ވަޒީފާއާއި ބެހޭ ގާނޫނަށް މި ސަރުކާރުން އަމަލު ނުކޮށް އެ ގާނޫނާއި ހިލާފަށް މަސައްކަތް ކުރަމުން ގެންދާކަމަށް ބުނެ އެވެ. ތިން ވަޒީރަކު ގާނޫނާއި ހިލާފުވިކަމަށް ބުނެފައިވާ އެ މައްސަލަ ބަލައިގެންފައި ވަނީ ވޯޓުގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުންނެވެ.

ހިސާންގެ މައްސަލައިގައި ގާނޫނާއި ހިލާފުވިކަމަށް ބުނެފައިވާ ތިން ވަޒީރުންނަކީ، ހޯމް މިނިސްޓަރު އަލީ އިހުސާން އާއި، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުގެ އިތުރުން ހަޔާރ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔަ އެވެ.

މި މައްސަލަ ހުށަހަޅުއްވައި، ހިސާން ވިދާޅުވެފައި ވަނީ ރާއްޖޭގައި މިވަގުތު 139،220 ބަންގްލަދޭޝްގެ މަސައްކަތްތެރިން އެބަތިބިކަމަށެވެ. މިއީ ރަސްމީ އަދަދަށްވާއިރު އެއަށް ވުރެ ގިނައިން ރާއްޖޭގައި އެ ގައުމުގެ މަސައްކަތްތެރިންގެ ފުރުސަތު އެބައޮތްކަމަށް ހިސާން ފާހަގަކުރެއްވި އެވެ.

ހިސާން ވިދާޅުވީ ރާއްޖެއަށް އެއް ގައުމަކުން އެންމެ ގިނަ މަސައްކަތްތެރިން ގެނެވޭނެ އަދަދަނީ 100،000 ކަމަށް ގާނޫނުގައި ބުނާކަމަށެވެ. އެހެން ނަމަވެސް ވަޒީފާއާއި ބެހޭ ގާނޫނުގެ 65 ވަނަ މާއްދާގެ (ހ) އާއި ހިލާފަށް ޑިސެމްބަރު 17، 2023 ގައި ރާއްޖެއަށް އަން ސްކިލްޑް ލޭބަރުންގެ ގޮތުގައި ބަންގްލަދޭޝްގެ މީހުން ގެނެވޭނެކަމަށް ހޯމް މިނިސްޓަރު އިހުސާން އިއުލާނުކޮށްފައިވާކަމަށެވެ.

މިއީ ގާނޫނާއި ހިލާފުއަމަލެއްކަމަށާއި، އެގޮތަށް ވާހަކަ ދެކެވުމާއި އެކު އިކޮނޮމިކް މިނިސްޓްރީ ވެބްސައިޓުން ރިޕޯޓު ފޮހެލިކަމަށް ހިސާން ވިދާޅުވި އެވެ.

ހިސާންގެ މައްސަލައިގައި ގާނޫނާއި ހިލާފުވިކަމަށް ބުނެފައިވާ ތިން ވަޒީރުންނަކީ، ހޯމް މިނިސްޓަރު އަލީ އިހުސާން އާއި، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުގެ އިތުރުން ހަޔާރ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔަ އެވެ.

މި މައްސަލައަށް ބަހުސް ކުރައްވަމުން ސަނީފް ވިދާޅުވި ގޮތުގައި ވަޒީރަކު ގާނޫނާއި ގަވައިދުތަކާއި ހިލާފުވުމުންނެވެ. ވަޒީފާއާއި ބެހޭ އާންމު ގާނޫނާއި ސަރުކާރުން ހިލާފުވެފައިވާއިރު، މި ސަރުކާރު އުފެދުނީއްސުރެ މިއަދާއި ހަމައަށް ފެންނަމުން ދަނީ ވައްކަމާ ކޮރަޕްޝަނުގެ އަމަލުތައްކަމަށް ސަނީފް ވިދާޅުވި އެވެ.

އިކޮނޮމިކް މިނިސްޓްރީގެ ވެބްސައިޓުގައި ހުރި ބައެއް އާންމު މައުލޫމާތުތަކާއި، ބައެއް ޓުވީޓުތައް ކުއްލިއަކަށް ގެއްލިގެން ދިޔައިރު އެކަމުގައި މިއަދާއި ހަމައަށް ވެސް ޒިންމާވާނެ މީހެއް ނެތްކަމަށް ސަނީފް ވިދާޅުވި އެވެ.

ސަނީފް ވިދާޅުވީ އެމްޑީޕީގެ ސަރުކާރުން ރާއްޖެއަށް ބަންގްލަދޭޝްއިން މަސައްކަތްތެރިން ގެނައުން ހުއްޓާލީ، އެކަން ކުރެވެން ނެތުމުން ނޫންކަމަށެވެ. ގާނޫނާއި ގަވައިދުތަކުގައި ކޮންމެ ގައުމަކުން ވެސް ބިދޭސީން ގެނެވޭނީ ވަކި މިންވަރަކަށްކަމަށް ބުނާއިރު ރާއްޖޭގައި މިހާރު ވެސް ތިބި އެ ގައުމުގެ މަސައްކަތްތެރިންގެ އަދަދު އެއްލައްކައަށް ވުރެ މައްޗަށް އަރާކަމަށް ސަނީފް ވިދާޅުވި އެވެ.

އަޅުގަނޑުމެން ދިޔައީ ފަސް އަހަރު ދުވަހު، ދިޔައީ ބަންގްލަދޭޝްއިން މަސައްކަތްތެރިން އިތުރުނުކޮށް

މި ސަރުކާރުން އަނެއްކާވެސް ބަންގްލަދޭޝްގެ މަސައްކަތްތެރިން ގެނައުމަށް ކުރާ މަސައްކަތުގެ ފަހަތުގައި ވަނީ ސަނީފް ތުހުމަތު ކުރިގޮތުން ވައްކަމާއި ކޮރަޕްޝަނެވެ. އަދި މިފަދަ ކަންކަން ތަކުރާރުވާނަމަ އެ ވަޒީރެއްގެ މައްސަލަ ބަލަން ޖެހޭކަމަށް ސަނީފް ވިދާޅުވި އެވެ.

އެހެންވެ ސަނީފް ވަނީ މި މައްސަލައިގައި ފިޔަވަޅު އަޅަން ޖެހޭ ބަޔަކު ދެނެގެނެ، އެކަން މަޖިލިސް ކޮމިޓީއަށް ގެންދިއުމަށް ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ދެއްކެވި ވާހަކައަށް ތާއީދު ކުރައްވާފަ އެވެ.

މިކަން ހިނގާފައި ހުރި ގޮތް ބަލަންވީ އޭސީސީ.. އާންމުންގެ ފްލެޓު ގެއްލޭނެ ގޮތްތަކެއް ނޫނޭ ބަލަންވީ..

އެންޓި ކޮރަޕްޝަން ކޮމިޝަނުން ތަހުގީގު ކުރަންވީ މިފަދަ މައްސަލަތައްކަމަށާއި، ރައްޔިތުންގެ ފްލެޓުތައް ގެއްލުވާލުމަށް މަސައްކަތް ކުރުމުގެ ބަދަލުގައި ގައުމާއި ގުޅުން ހުރި މިފަދަ ކަންކަމުގައި ހިމެނޭ މީހުންގެ މައްސަލަ ބެލުމަށް ސަނީފް ވަނީ ގޮވާލާފަ އެވެ.

ވަޒީފާއާއި ބެހޭ ގާނޫނުގެ 65 ވަނަ މާއްދާގެ (ހ) ގައިވާގޮތުން ބިދޭސީ މަސައްކަތްތެރިން ވަޒީފާ އަދާކުރުމަށް ރާއްޖެއަށް ގެނައުމަށް ކޯޓާ ދޫކުރުމާއި އަދި ވަޒީފާ އަދާކުރުމަށް ހުއްދަ ދިނުން އަދި ވަޒީފާ އަދާ ކުރާ މުއްދަތަށް ރާއްޖޭގައި ހުރުމުގެ ހުއްދަ ދިނުމުގެ އިހްތިޔާރު އެ ގާނޫނުގެ ދަށުން ހަދާ ގަވައިދުގައި ބަޔާންކުރާ ގޮތުގެ މަތިން ކަމާ ގުޅޭ މިނިސްޓްރީ އަށް ލިބިގެންވެ އެވެ. ބިދޭސީން ގެނައުމުގެ ކަންކަން ކުރުން ރާވައި ހިންގުން ހަވާލުކޮށްފައި ވަނީ ހޯމް ލޭންޑާއި އެވެ. އެކަމަކު ވަޒީފާއާއި ބެހޭ ގާނޫނު ތަންފީޒުކުރުމަށްއި ހަދަން ޖެހޭ ގަވައިދުތައް ހެދުން ހަވާލުކޮށްފައި ވަނީ ހަޔާ އެޑިއުކޭޝަން ލޭބާ އެންޑް ސްކިލްޑް ޑިވަލޮޕްމަންޓުގެ މެންޑޭޓުގަ އެވެ. މި މައްސަލަ އުފެދުނު އެއް ސަބަބަކީ މިއީ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: