ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕްރޮޖެކްޓުތައް ނުހުއްޓި ކުރިޔަށް ދާނެ، އޮންނާނީ ތަރުތީބުވެފައިވާ ނިޒާމެއް: ރައީސް

ރައީސް ޑރ. މުއިއްޒަށް ތ. ގުރައިދޫން މަރުހަބާ ދަންނަވަނީ.
ޝެއާރކޮށްލާ ކަހަލަދޯ؟

ތަރުތީބުވެފައިވާ ރަނގަޅު ނިޒާމެއްގެ ތެރެއިން ތަރައްގީގެ ޕްރޮޖެކްޓުތައް ކުރިޔަށް ގެންދިއުން މުހިންމުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބު އަދި، ރައީސް މުއިއްޒުގެ ވައުދާއި އެއްގޮތަށް އަތޮޅުތަކުގެ ދަތުރު މިއަދު ފެއްޓެވީ ތ. އަތޮޅު ގުރައިދޫންނެވެ. އެ ރަށުގެ ރައްޔިތުންނާ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބުގައި ރައްޔިތުންނަށް ވައުދުވީ، ހުރިހާކަމެއް ރަނުން ރަނަށް ފުއްދުމަށް ކަމަށެވެ. އެއާއި އެއްގޮތަށް މިހާރު ކުރިޔަށް ދަނީ ހަފްތާ 14 ގެ ސިޔާސަތުތައް ތަންފީޒު ކުރުންކަން ފާހަގަކޮށް ރައީސް ވިދާޅުވީ އެމަނިކުފާނުގެ އެ މުއްދަތާއި އެއްގޮތަށް އެ ހުރިހާކަމެއް ފުރިހަމަވެގެން ދާނެކަމަށެވެ

ރައީސް ވިދާޅުވީ 2023 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ މަސައްކަތަށް ޓްރާންސިޝަން މުއްދަތުގައި ލިބުނު ހަނި ފުރުސަތެއްގައި ބައެއް ކަންކަން ހުށަހެޅުއްވި ކަމަށެވެ. ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫއު ހިމެނޭ ގޮތަށް އަދަދުތަކެއް ދެއްވުމުން އެމްޑީޕީގެ މެޖޯރިޓީއެއް އޮތް މަޖިލީހުން ބަޖެޓު ފާސް ކުރީ އެކަން އުނި ކުރުމަށްފަހުކަމަށް ރައީސް ވިދާޅުވި އެވެ. އެކަމަކު އެއީ ރައްޔިތުންނަށް ހިދުމަތް ނުދެވޭނެ ސަބަބެއް ނޫންކަމަށާއި، ރައްޔިތުންނަށް ހިދުމަތް ދޭން ބޭނުންވުމުން ވަކިބައެއްގެ ފަރާތުން އަބަދުވެސް ފެންނަ މަންޒަރަކީ އެއީކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ގާނޫނު ތަންދޭ ގޮތެއްގެ މަތީން ފުށިދިއްގަރުފަޅު މަޝްރޫއު ކުރިޔަށް ގެންދެވޭނެ ގޮތެއް ހޯދައި، ރަސްމާލެގެ ނަމުގައި ޕްރޮޖެކްޓު ފަށާފައިވާކަމަށް ރައީސް ވިދާޅުވި އެވެ. ހަމައެގޮތުގެ މަތީން އެމަނިކުފާނުގެ ވައުދާއި އެއްގޮތަށް ބަޖެޓުގައި ނެތްނަމަވެސް ރަށުގެ އެއާޕޯޓުގެ މަސައްކަތް މި އަހަރުގެ ތެރޭގައި ފެށިގެންދާނެކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ.

ރަައީސް ވިދާޅުވީ ރައްޔިތުންނަށް ހިދުމަތް ދީ، ރައްޔިތުންގެ ހައްގުގައި ކުރަން ޖެހޭ ވަރަށް ގިނަ މަސައްކަތްތައް އެބަހުރިކަމަށެވެ. އެއީ އެންމެ ކުދިކުދި ކަންކަމުގެ ފެށިގެން ބޮޑެތި މަޝްރޫއުތަކާއި ހަމައަށްކަމަށްވާއިރު މަގުތައް ރަނގަޅު ފެންވަރެއްގައި ތަރައްގީ ކުރުމާއި ބަނދަރާއި ގުޅުން ހުރި މަސައްކަތްތައް ކުރިޔަށް ދާނެކަމަށް ރައީސް ވިދާޅުވި އެވެ. އަދި ބޭނުންވާ އަސާސީ ހިދުމަތްތައް، އެންމެ ފުރިހަމަ ގޮތުގައި ގެނެސްދެއްވާނެކަމަށް ރައީސް ވިދާޅުވި އެވެ.

އައު އަހަރަށް މަޖިލިސް ހުޅުވައި ދެއްވި ރިޔާސީ ބަޔާނަށް އިޝާރާތްކޮށް ރައީސް ވިދާޅުވީ އިއްޔެގެ ޖަލްސާގައި އެމަނިކުފާނު ވާނީ އަދަދުތަކާއި އެކު ރާއްޖޭގެ އިގްތިސާދީ ހާލަތު ތަފްސީލުކޮށްދެއްވާފައި ކަމަށެވެ. އޭގެ ސަބަބަކީ ހަގީގަތް ގަބޫލު ކުރަންޖެހޭތީކަމަށާއި، އިގްތިސާދީ ހާލަތު ދުވަހަކު ވެސް ދަށަށް ނުދާހާ ދަށުގައި އޮތް އިރު ވެސް މަސައްކަތް ކުރަނީ އެއްވެސްކަމެއް ދޫނުކޮށް ކުރިޔަށް ދެވޭތޯކަމަށް ރައީސް ވިދާޅުވި އެވެ.

އިއްޔެގެ ރިޔާސީ ބަޔާނުގައި އަޅުގަނޑު ވާނެ ރާއްޖޭގެ އިގްތިސާދީ ހާލަތު ވާނެ، ވަރަށް ތަފްސީލުކޮށް ހާމަކޮށްފައި. ތަފާސްހިސާބުތަކާއި އެކު… އެއީ ހަގީގަތް ގަބޫލު ކުރަން ޖެހޭނެތީ.. އަޅުގަނޑުމެން ޖެހޭ ފަށަން ޖެހޭ ހުރިހާ މަޝްރޫއުތަކެއް ފަށަން.. އެހެން ނަމަވެސް ވާރުތަވި އިގްތިސާދީ ހާލަތު މިއޮތީ ދުވަހަކު ވެސް ނުވެއްޓޭހާ ދަށުގައި

ދަރަންނާއި، އިގްތިސާދީ ހާލަތު މިދިޔަ ސަރުކާރުން ވާރުތަވެގެން އައިއިރު ކަންބޮޑުވާން ޖެހޭ ކަންކަން އެބަހުރިކަމަށް ރައީސް ވިދާޅުވި އެވެ. ހާއްސަކޮށް އެ ހާލަތުން އަރައިގަތުމަށް، ކުރެވެން ހުރި މަސައްކަތްތައް ސަރުކާރުން ތައާރަފުކޮށް ތަންފީޒު ކުރާނެކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ސަރުކާރުން ރައްޔިތުންގެ ހައްގުތައް ގެއްލިގެން ދިޔަ ނުދޭނެކަމަށާއި، އެ ރަށެއްގެ ތަރައްގީއާއި މަޝްރޫއުތައް ފުރިހަމަ ގޮތުގައި ކުރިޔަށް ދާނެކަމަށެވެ. އެހެން ނަމަވެސް އޭގެ ކުރިން މިގޮތަށް ފަށަން ހުރި މަސައްކަތްތައް ތަރުތީބުވުން މުހިންމުކަމަށް ރައީސް ވިދާޅުވި އެވެ. އަދި މަޝްވަރާގެ އުސޫލުން ވާހަކަ ދެކެވި ޕްރޮޖެކްޓުތައް އެގޮތުގެ މަތީން ކުރިޔަށް ގެންދިއުން މުހިންމުކަމަށް ރައީސް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި ވެސް ރައީސް ވަނީ ތަރުތީބުވެފައިވާ ނިޒާމެެއްގެ ތެރެއިން މަޝްރޫއުތައް ކުރިޔަށް ގެންދިއުމުގެ މުހިންމުކަން ފާހަގަކުރައްވާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: