ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގަވައިދަށް ބިދޭސީން ފައްތަންކަމަށް ބުނެ ހިންގި ޕްރޮގްރާމުން ވެސް ލާރި ކައިފަ ހުންނާނެ: މޮސްޓާ

ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) / ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ގަވައިދާއި ހިލާފަށް އުޅޭ ބިދޭސީން، ގަވައިދުގެ ތެރެއަށް ފައްތަންކަމަށް ބުނެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ކުރިޔަށް ގެންދިޔަ ޕްރޮގްރާމްގެ ބޭނުމަކީ ބައެއްގެ އަތުން ފައިސާ ހޯދުންކަމަށް ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ކުއްލި މައްސަލައެއް ހުށަހަޅުއްވާފައި ވަނީ ވަޒީފާއާއި ބެހޭ ގާނޫނުގެ 65 ވަނަ މާއްދާގެ (ހ) ގައި ބިދޭސީން ވަޒީފާ އަދާކުރުމަށް ދިވެހިރާއްޖެއަށް ގެނައުމަށް ކޯޓާ ދޫކުރުމާއި، ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމަށް ހުއްދަ ދިނުމާއި ވަޒީފާ އަދާކުރާ މުއްދަތަށް ރާއްޖޭގައި ހުރުމުގެ ހުއްދަ ނުވަތަ ވާކް ޕާމިޓް ދިނުމުގެ އިހުތިޔާރު ގާނޫނުގެ ދަށުން ހޯމް މިނިސްޓްރީއަށް އޮތް ނަމަވެސް އެކަމާއި ގުޅިގެން ގަވައިދު ހަދައި ހިންގުން ހަޔާރ އެޑިއުކޭޝަނަށް ދޭ ގޮތަށް ނިންމާފައިވާކަމަށް ބުނެ އެވެ.

ހިސާން މި މައްސަލަ ހުށަހަޅާފައި ވަނީ، ވަޒީފާއާއި ބެހޭ ގާނޫނަށް މި ސަރުކާރުން އަމަލު ނުކޮށް އެ ގާނޫނާއި ހިލާފަށް މަސައްކަތް ކުރަމުން ގެންދާކަމަށް ބުނެ އެވެ. ތިން ވަޒީރަކު ގާނޫނާއި ހިލާފުވިކަމަށް ބުނެފައިވާ އެ މައްސަލަ ބަލައިގެންފައި ވަނީ ވޯޓުގައި ބައިވެރިވި 23 މެމްބަރުންގެ އިއްތިފާގުންނެވެ.

ހިސާން މި މައްސަލަ ހުށަހަޅާފައި ވަނީ، ވަޒީފާއާއި ބެހޭ ގާނޫނަށް މި ސަރުކާރުން އަމަލު ނުކޮށް އެ ގާނޫނާއި ހިލާފަށް މަސައްކަތް ކުރަމުން ގެންދާކަމަށް ބުނެ އެވެ. ތިން ވަޒީރަކު ގާނޫނާއި ހިލާފުވިކަމަށް ބުނެފައިވާ އެ މައްސަލަ ބަލައިގެންފައި ވަނީ ވޯޓުގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުންނެވެ.

ހިސާންގެ މައްސަލައިގައި ގާނޫނާއި ހިލާފުވިކަމަށް ބުނެފައިވާ ތިން ވަޒީރުންނަކީ، ހޯމް މިނިސްޓަރު އަލީ އިހުސާން އާއި، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުގެ އިތުރުން ހަޔާރ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔަ އެވެ.

މި މައްސަލަ ހުށަހަޅާފައިވަނީ އެއްވެސް އިހުލާސްތެރިކަމެއް އޮގެން ތޯ ސުވާލު އުފައްދައި ނަޝީދު ވިދާޅުވީ މިދިޔަ ފަސް އަހަރު ދުވަހު ބިދޭސީންގެ މައްސަލައިގައި މިހާބޮޑަށް އެމްޑީޕީ ކަންބޮޑުވިތަން ނުފެންނަކަމަށެވެ. އިންޑިއާގެ މަސައްކަތްތެރިން ގެނައުމަށާއި، އިންޑިއާއަށް ބަރޯސާވުމުގެ ގޮތުން ގާނޫނަށް ބަދަލު ގެނައީ ވެސް އެމްޑީޕީގެ މެމްބަރުންކަމަށް ނަޝީޑު ވިދާޅުވި އެވެ.

އިހުލާސްތެރިކަމާއި އެކު ބިދޭސީންގެ މައްސަލަ ހައްލު ކުރަން ބޭނުންވާނަމަ، ދުނިޔެ ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައިވާ ދުވަސްވަރެއްގައި، މިކަން ނުކުރެވެންވީ ސަބަބަކީ ކޮބައިތޯ ނަޝީދު ވިދާޅުވި އެވެ. ނަޝީދު ވިދާޅުވީ އެ މީހުން ރާއްޖެއަށް އެތެރެވަނީ، އެ މީހުންގުން ފިންގަރ ޕްރިންޓާއި ފޭސް ރީޑް ކުރުމަށްފަހުކަމަށާއި އެހެންކަމުން އެއީ ކޮންބައެއްކަން ނޭނގިގެން އުޅެން ނުޖެހޭކަމަށެވެ.

ރާއްޖޭގެ އެކި ރިސޯޓުތަކުގެ ކޮންސްޓްރަކްޝަން މަސައްކަތްތަކަށް ގަވައިދާއި ހިލާފަށް އުޅޭ ބިދޭސީން ގެންދާއިރު އެކަމުގެ ފަހަތުގައި ތިބެނީ ކޮން ބައެއްކަން އެނގޭނެކަމަށް ނަޝީދު ވިދާޅުވި އެވެ. އެމްޑީޕީގެ ސަރުކާރުން ބިދޭސީން ގަވައިދަށް ފައްތަންކަމަށް ބުނެ ގަލޮޅު ދަނޑަށް އެ މީހުން އެއްކޮށް ކުރި މަސައްކަތް ވެސް ނަޝީދު ސިފަ ކުރީ ބައެއްގެ އަތުން ފައިސާތަކެއް ހޯދަން ކުރިކަމެއްގެ ގޮތުގަ އެވެ.

މި ސަރުކާރުން ލާރިކެއިއްޔާ، އެ ސަރުކާރުން ވެސް ލާރި ކެއީ ހަމަ.. ކުއްލިއަކަށް ހަމަ ބޮޑުވަޒީރަކަށް ވެގެން އުޅުނު މީހަކަށް ދީގެން ހަމަ ޖަރީމާ ހިންގީ.. އޭރު ވެސް ލާރިކެއީ ބިދޭސީންގެ ކަންކަމުގައި..

ނަޝީދު ވިދާޅުވީ ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ހިންގެވި ބިދޭސީން ގަވައިދަށް ފެއްތުމުގެ ޕްރޮގްރާމަކީ ސްކޭމެއް ކަމަށެވެ.

ރާއްޖޭގެ ކުށުގެ ވެށީގައި ބިދޭސީން ހަރަކާތްތެރިވާއިރު، އާންމު ރައްޔިތުންގެ ޝަކުވާތައް ވެސް ގުޅިފައި ވަނީ ހަމަ އެ މީހުންނާކަމަށް ނަޝީދު ވިދާޅުވި އެވެ. ގާނޫނާއި ގަވައިދުތަކުގައި ބިދޭސީންނަށް ނުކުރެވޭނެ މަސައްކަތް ބަޔާން ކުރާއިރު އެކަންކަމުގެ ތެރޭގައި ބިދޭސީން އުޅޭކަން ސާފުކޮށް ފެންނައިރު އެކަން މިދިޔަ ފަސް އަހަރުގައި ވެސް ނުހުއްޓުވުނުކަމަށް ނަޝީދު ވިދާޅުވި އެވެ.

މޮނީޓާރ ކުރެވޭނެ ގޮތެއް ނުހުރޭ.. މުއްސަނދިންގެ ކާރު ދުއްވަން ވެސް ބިދޭސީން.. އެ ވެރި މީހާ ނުހުންނަ ވަގުތު މި ކުރަނީ އަވަސް ރައިޑު އަޅައިގެން ޓެކްސީ.. ދެން ވެއްޖެކަންނޭނގޭ ސަރުކާރާއި އިދިކޮޅާ ގުޅިގެން މިކަން ހައްލު ކުރަން.. ހަމަގައިމު ވެސް ކުއްލި މައްސަލަ މި ހުށަހެޅީ ހައްލު ކުރާކަށް ނޫން.. ސަރުކާރަށް ޖެއްސުންކޮށް، އުނދަގޫ ކުރަން.. ކޮންމެވެސް ގޮތަކަށް ސަރުކާރަށް އުނދަގޫކޮށްލަން ވެގެން.. އެހެން ނޫންނަމަ މިދިޔަ ފަސް އަހަރުގެ ތެރޭގައި މިކަމާ އުޅުނީސް ކަންނޭނގެ

މިއަދުގެ މައްސަލަ ހުށަހަޅުއްވައި، ހިސާން ވިދާޅުވެފައި ވަނީ ރާއްޖޭގައި މިވަގުތު 139،220 ބަންގްލަދޭޝްގެ މަސައްކަތްތެރިން އެބަތިބިކަމަށެވެ. މިއީ ރަސްމީ އަދަދަށްވާއިރު އެއަށް ވުރެ ގިނައިން ރާއްޖޭގައި އެ ގައުމުގެ މަސައްކަތްތެރިންގެ ފުރުސަތު އެބައޮތްކަމަށް ހިސާން ފާހަގަކުރެއްވި އެވެ.

ހިސާން ވިދާޅުވީ ރާއްޖެއަށް އެއް ގައުމަކުން އެންމެ ގިނަ މަސައްކަތްތެރިން ގެނެވޭނެ އަދަދަނީ 100،000 ކަމަށް ގާނޫނުގައި ބުނާކަމަށެވެ. އެހެން ނަމަވެސް ވަޒީފާއާއި ބެހޭ ގާނޫނުގެ 65 ވަނަ މާއްދާގެ (ހ) އާއި ހިލާފަށް ޑިސެމްބަރު 17، 2023 ގައި ރާއްޖެއަށް އަން ސްކިލްޑް ލޭބަރުންގެ ގޮތުގައި ބަންގްލަދޭޝްގެ މީހުން ގެނެވޭނެކަމަށް ހޯމް މިނިސްޓަރު އިހުސާން އިއުލާނުކޮށްފައިވާކަމަށެވެ.

މިއީ ގާނޫނާއި ހިލާފުއަމަލެއްކަމަށާއި، އެގޮތަށް ވާހަކަ ދެކެވުމާއި އެކު އިކޮނޮމިކް މިނިސްޓްރީ ވެބްސައިޓުން ރިޕޯޓު ފޮހެލިކަމަށް ހިސާން ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: