ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ ”ރަމަޒާން ބާޒާރު“ ޕްރޮމޯޝަން ފަށައިފި

އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ ”ރަމަޒާން ބާޒާރު“ ޕްރޮމޯޝަން
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮންމެ އަހަރަކު ވެސް އެސްޓީއޯއިން ބާއްވަމުންދާ އެސްޓިއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ “ރަމަޒާން ބާޒާރު” ޕްރޮމޯޝަން ފަށައިފި އެވެ.

އެސްޓީއޯއިން މައުލޫމާތު ދިންގޮތުގައި، މި ޕްރޮމޯޝަން އޭޕްރިލް 11 ގެ ނިޔަލަށް ކުރިޔަށް ގެންދާނެ އެވެ.

މި ޕްރޮމޯޝަން ކުރިޔަށް ދާނީ އެސްޓީއޯއިން ބުނި ގޮތުގައި މަކިޓާ ޝޯރޫމް، އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަން އަދި ލ. ފޮނަދޫގެ ފިހާރައިގަ އެވެ.

ޕްރޮމޯޝަންގެ ދަށުން އެސްޓީއޯއިން ވިއްކާ ސާމާނުތަކަށް 50 އިންސައްތައާއި ހަމައަށް ޑިސްކައުންޓު ލިބިގެންދާނެ އެވެ. އެސްޓީއޯ “ރަމަޒާން ބާޒާރު” ގައި ކޮންމެ 500 ރުފިޔާގެ ވިޔަފާރި އަކަށް ޑިޖިޓަލް ކޫޕަނެއް ލިބޭނެ އެވެ. އަދި ކޫޕަން ލިބޭ ފަރާތްތަކުގެ މެދުގައި ރޯދަ މަސްނިމުމުން ގުރުއަތު ނެގޭނެކަމަށް އެސްޓީއޯއިން ވަނީ ބުނެފަ އެވެ.

ޕްރޮމޯޝަންގެ އިނާމުތައް

  • މި ލަކީޑްރޯ އިން އެއް ވަނަ އަށް ހޮވޭ ފަރާތަކަށް ބައިލައްކަ ރުފިޔާގެ މުދަލުގެ ގިފްޓް ވައުޗާރ އެސްޓިއޯ ކޮންސްޓްރަކްޝަންސް ސޮލިއުޝަންސް އިން ލިބޭނެ.
  • މީގެ އިތުރުން 6 ނަސީބުވެރި ފަރާތަކަށް ފަސްހާސް ރުފިޔާގެ މުދާ އެސްޓީއޯގެ ކޮންސްޓްރަކްޝަންސް ސޮލިއުޝަންސްގެ އައުޓްލެޓްތަކުން ބައްލަވައި ގެނެވިދާނެ. މިގޮތުން ސިމެންތި, ހިލަ, ހިލަވެލި، އަދި ނިޕޯން ޕެއިންޓް ފަދަ އާންމުކޮށް ކޮންސްޓްރަކްޝަން އިންޑަސްޓްރީގައި ބޭނުންކުރާ ބާވަތްތައްވެސް އިނާމު ލިބޭ ނަސީބުވެރިންނަށް ނެންގެވިދާނެއެވެ.
  • ނިޕޯން ޕެއިންޓް އަކީ ސިންގަޕޫރްގެ ނަންބަރު ވަން ޕެއިންޓް ބްރޭންޑް. އެސްޓީއޯއަކީ ނިޕޯން އަދި މަކިޓާގެ ރާއްޖޭގެ އޮތޮރަޒައިޑް ޑިސްޓްރިބިއުޓަރ
ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: