ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތ. ގުރައިދޫގެ ރައްޔިތުންނަށް ރައީސް ދެއްވީ މި އަހަރު އެއާޕޯޓުގެ މަސައްކަތް ފައްޓަވާނެކަމުގެ ޔަގީންކަން!

ރައީސުލްޖުމްހޫރިއްޔާ، ތ. ގުރައިދޫ ރައްޔިތުންނާ ބައްދަލުކުރެއްވުން
ޝެއާރކޮށްލާ ކަހަލަދޯ؟

ތ. ގުރައިދޫ އެއާޕޯޓުގެ މަސައްކަތް މިއަހަރު ފެށުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ރަށުގެ ރައްޔިތުންނަށް ވައުދުވެވަޑައިގެންފި އެވެ.

އަތޮޅުތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން، ރައީސް މުއިއްޒު މިއަދު ހެނދުނު އެންމެ ފުރަތަމަ ވަޑައިގަތީ ގުރައިދޫއަށެވެ. ރަށުގެ ރައްޔިތުންނާ ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވަނީ އެ ރަށަށް ވަޑައިގަތުމުން ރައްޔިތުންގެ ފަރާތުން ވިދާޅުވި ހޫނު މަރުހަބާއަށް ޝުކުރު އަދާކުރައްވާފަ އެވެ.

ރައީސް މުއިއްޒު ވިދާޅުވީ މި އަހަރަށް ދައުލަތުގެ ބަޖެޓު ހުށަހަޅަން ލިބުނު މަދު ވަގުތުކޮޅުގެ ތެރޭގައި، ބަޖެޓުގައި ހިމެނެންހުރި ގިނަ ކަންތައްތައް ހިމަނާފައިވާނެކަމަށެވެ. އަދި ގުރައިދޫގެ އެއަޕޯޓްގެ މަސައްކަތަކީ އެ ރަށުގެ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވެފައިވާ ކަންތައްކަން ފާހަގަކުރައްވައި، އެމަސައްކަތް ބަޖެޓުގައި ހިމެނިފައި ނެތް ނަމަވެސް ކުރިއަށް ގެންދަވާނެކަމަށް ރައީސް ވިދާޅުވިއެވެ.

އެއަރޕޯޓުގެ އިތުރުން ރަށުގެ ތަރައްގީއަށް ބޭނުންވާ އަދި ރައްޔިތުން ހުށަހަޅާފައިވާ އެކިއެކި ކަންކަންވެސް ވަޢުދުވެވަޑައިގެންނެވި ގޮތަށް ކޮށްދެއްވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ. އެހެންނަމަވެސް ރާއްޖޭގެ އިގްތިސާދީ ހާލަތު މިހާރު އޮތްގޮތުން، އެކަންކަމުގެ ލިސްޓު، އެންމެ އިސްކަންދޭ ކަންކަން ކުރިއަށް ހިމެނޭގޮތަށް ކަމާބެހޭ ފަރާތްތަކުގެ މަޝްވަރާއާއެކު ތަރުތީބުކުރުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

ރައީސް މުއިއްޒު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ޙަޤީޤީ މާނައިގައި ދެމެހެއްޓެނިވި ތަރައްގީ ރައްޔިތުންނަށް ގެނެސްދެއްވުން ކަމުގައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: