ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެއްވެސް ދަތިކަމެއް ނެތި، ތަރައްގީ ގެނެވޭނީ މަޖިލިސް ސަރުކާރަށް ލިބިގެން: އަބްދުއްރަހީމް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރު އަދި ސަރުކާރުގެ މައި ޕާޓީ ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ރާއްޖެއަށް ގެންނަން ބޭނުންވާ ތަރައްގީ އާއި، ބަދަލު އެއްވެސް ދަތިކަމެއް ނެތި ގެނެސްދެވޭނީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލިބިގެންކަމަށް ޕީއެންސީގެ ޗެއާޕާސަން އަދި ރައީސްގެ ސްޕެޝަލް އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބުގައި ރައީސް މުއިއްޒަށް އެންމެ ބޮޑު އަޣުލަބިއްޔަތެއް ލިބުނު ތ. ގުރައިދޫއަށް އެމަނިކުފާނު ވަޑައިގަތުމުން ރަށުގެ ރައްޔިތުންގެ ފަރާތުން ވަނީ ހޫނު މަރުހަބާއެއް ކިޔާފަ އެވެ. އެ ރަށުގައި އޮތް ޖަލްސާގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، ކޮންމެ ރަށެއްގެ ރައްޔިތަކު ވެސް ތަރައްގީއާއި މެދު ވިސްނައި ދިރިއުޅުމުގެ ހާލަތު ބަދަލު ކުރަން ބޭނުންވާނެ ކަމަށެވެ. އެހެންކަމުން ރައްޔިތުން އިސްކަން ދޭންވީ، ތަރައްގީއާއި މެދުކަމަށާއި، އެ ރައްޔިތުންނަށް ހިތްހަމަޖެހޭ ފަސޭހަ ދިރިއުޅުމެއް މި ސަރުކާރުން ފޯރުކޮށްދޭނެކަމަށް ރައީސް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ އެއްވެސް ރައްޔިތަކު ރަށުގެ ކުރިއެރުމަށް ވުރެ ބޮޑަށް އެހެންކަމަކަށް އިސްކަން ދޭން ބޭނުން ނުވާނެކަމަށާއި ތަރައްގީއަށް ހުރަސްއަޅައި އެކަމުގެ ދެމެދަށް ވަނަ ބަޔު ހުރަސް އެ އަޅަނީ ދަރީންގެ މުސްތަގުބަލަށް ކަމަށެވެ. ސަރުކާރުގެ ފުދުންތެރިކަން ހުރި ނިސްބަތަކުން، ރައްޔިތުންނަށް ހިދުމަތް ދެމުން ގެންދާނެކަމަށް ތަކުރާރު ކުރައްވައި އަބްދުއްރަހީމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާއަށް ރައްޔިތުން ހަވާލު ކުރެއްވީ ވަރަށް ބޮޑު މަސްއޫލިއްޔަތެއް ކަމަށެވެ. އެ މަސްއޫލިއްޔަތު އަދާކޮށް، ކާމިޔާބީ ހޯދުމުގައި އެހީތެރިވެދޭން ތިބި ބަޔަކީ ރައްޔިތުންކަމާއި އެންމެ ފުރަތަމަ ފިޔަވަޅަކަށް ވާނީ މަޖިލީހުގެ ގޮނޑިތައް ކާމިޔާބުކޮށްދިނުންކަމަށް އޭނާ ވިދާޅުވި އެވެ.

ދިވެހިންގެރާއްޖެ ދިވެހިންނަށް ގެނެސްދިނުމަށް ކުރާ މަސައްކަތް އަދިވެސް ފުރިހަމަ ނުވާކަމަށާއި، އެހެންކަމުން ބޭނުންވަނީ މަޖިލީހުގެ ތެރެއިން މަސައްކަތްތައް ފަށައި ސިޔާސަތުތައް ތަންފީޒު ކުރުމަށްކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. މަޖިލިސް މުހިންމުވަނީ އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ގާނޫނުތައް ގެނައުމާއި ބައެއް ގާނޫނުތަކަށް އިސްލާހު ގެނައުމުގެ އިތުރުން މަޖިލީހުގެ ތެރެއިން ނިންމަން ޖެހޭ ނިންމުންތަކެވެ. އެހެން ނަމަވެސް ސަރުކާރާއި އިދިކޮޅު ވިސްނުން ހުރި ބަޔަކު މަޖިލީހަށް ދާ ހިސާބަކީ ޖެއްސުންކުރުމާއި އުނދަގޫ ކުރުން ބޮޑުވެގެން ދާނެކަމެއްގެ ގޮތުގައި އަބްދުއްރަހީމް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިސް ވާން ޖެހެނީ އިހުތިރާމް ކުރާ، އިހުތިރާމް ލިބިގަންނަ ބަޔަކަށްކަމަށާއި ނަޒާހަތްތެރި މަޖިލީހެއް ބޭނުންވާ ސަބަބަކީ އެއީކަމަށް އަަބްދުއްރަހީމް ވިދާޅުވި އެވެ،

މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރަައީސް ވިދާޅުވީ ރައްޔިތުންނަށް ހިދުމަތް ދީ، ރައްޔިތުންގެ ހައްގުގައި ކުރަން ޖެހޭ ވަރަށް ގިނަ މަސައްކަތްތައް އެބަހުރިކަމަށެވެ. އެއީ އެންމެ ކުދިކުދި ކަންކަމުގެ ފެށިގެން ބޮޑެތި މަޝްރޫއުތަކާއި ހަމައަށްކަމަށްވާއިރު މަގުތައް ރަނގަޅު ފެންވަރެއްގައި ތަރައްގީ ކުރުމާއި ބަނދަރާއި ގުޅުން ހުރި މަސައްކަތްތައް ކުރިޔަށް ދާނެކަމަށް ރައީސް ވިދާޅުވި އެވެ. އަދި ބޭނުންވާ އަސާސީ ހިދުމަތްތައް، އެންމެ ފުރިހަމަ ގޮތުގައި ގެނެސްދެއްވާނެކަމަށް ރައީސް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: