ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޭއަދަބީ ބަސްތައް ބޭނުން ކުރާކަމަށް ބުނެ އެމްޑީޕީން ވަކި ކުރި މައްސަލައިގައި ޖާބިރުގެ ނުރުހުން!

ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު/ ފޮޓޯ: އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ބޭއަދަބީ ބަސްތައް ބޭނުންކޮށް އާންމު މަސްލަހަތު ގެއްލުވާލުމަށް ތަކުރާރުކޮށް މަސައްކަތް ކުރަމުން ގެންދާތީ މަޖިލީހަށް ވާދަކުރުމުގެ އެމްޑީޕީ ޓިކެޓު އަތުލައި، އެމްޑީޕީން ވަކި ކުރި މައްސަލަ ކަށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އިސްތިއުނާފަށް ހުށަހަޅައިފި އެވެ.

ފިޔަވަޅު އަޅާ ކޮމިޓީން މައްސަލައެއް ބެލުމަށް ފަހު ރޭ ކުއްލި ގޮތަކަށް އެމްޑީޕީން ވަނީ ޖާބިރު އެމްޑީޕީން ވަކިކުރިކަން މީޑިއާތަކަށް ހާމަކޮށްފަ އެވެ. އެމްޑީޕީން ބުނީ މުޖުތަމައުގެ އާއްމު މިންގަނޑާ ހިލާފަށް ރައްޔިތުންނާއި ބޭއަދަބީ ބަހުރުވައިން ތަކުރާރުކޮށް މުއާލާތްކޮށް މަސްލަހަތު ގެއްލޭގޮތަށް ޖާބިރު އަމަލުކުރަމުން ދާތީ، ޝަކުވާ ލިބޭ ކަމަށެވެ.

މިއީ ޕާޓީއާއި ޕާޓީގެ އާންމު މެންބަރުންގެ މަސްލަޙަތަށް އުނިކަންލިބޭ ފަދަ ޢަމަލެއްކަމުގައި ވާތީ  ފިޔަވަޅުއަޅާ ކޮމިޓީއަށް ހުށައެޅިފައިވާ މައްސަލަ ބެލުމަށްފަހު ޖާބިރު މަޖިލިސްގެ އިންތިޚާބުގައި ޕާޓީގެ ޓިކެޓުގައި ވާދަކުރުމުގެ ފުރުސަތު ނުދޭން ވެސް އެމްޑީޕީން ނިންމި އެވެ. އަދި ޖާބިރު އެމްޑީޕީން ވަކިކޮށް އޭނާއަށް އެކަން ރަސްމީކޮށް އެންގި އެވެ.

މި މައްސަލަ އިސްތިއުނާފުކޮށް ޖާބިރު ވިދާޅުވީ އޭނާ ޝަހުސީ ގޮތުން އެތަނަކަށް ހާޒިރުވެ ޖަވާބުރާދީވާން ޖެހޭނެކަމަށް ގަވައިދުގައި ބުނާއިރު އެ ފުރުސަތު ދީފައި ނުވާކަމަށެވެ. އަދި އެމްޑީޕީގެ މެމްބަރުންގެ ވޯޓުން ކާމިޔާބު ކުރި، މަޖިލީހަށް ވާދަކުރުމުގެ ޓިކެޓު ބާތިލު ކުރީ ވެސް ގަވައިދާއި ހިލާފަށްކަމަށް ޖާބިރު ވިދާޅުވި އެވެ.

ޖާބިރު ވިދާޅުވީ އެމްޑީޕީގެ އަސާސީ ގަވައިދުގެ 20 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މެމްބަރެއް، މެމްބަރުކަމުގެ ސަބަބުން ޕާޓީގެ މަސްލަހަތަށް އެކަށީގެން ނުވާ ގެއްލުން ލިބޭކަމަށް ގައުމީ މަޖިލީހުން މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ދެބައިކުޅަ އެއްބައި އަޣުލަބިއްޔަތުން ކަނޑައެޅުމުން ކަމަށެވެ. އަދި މިފަދަ ނިންމުމެއް ނިންމޭނީ، ޖާބިރު ވިދާޅުވި ގޮތުގައި ވަކިކުރަން ހުށަހެޅޭ ސަބަބުތައް ގައުމީ މަޖިލީހުން ލިއުމަކުން މެމްބަރުންނަށް އަންގައި، މެމްބަރުންގެ ފަރާތުން ކަމަކާއި މެދު ފާޑުކިއުމަށް އިންސާފުވެރި ފުރުސަތެއް ދިނުމަށް ފަހު އެވެ.

ޖާބިރު ވިދާޅުވީ ވަކި ކުރަނީ ކޮން ސަބަބުތަކަށް ރިއާޔަތް ކުރުމަށްފަހުކަން ގައުމީ މަޖިލީހުން ލިއުމުން އަންގާފައި ނުވާކަމަށެވެ. އަދި ޖަވާބުދަރީވާން ވެސް ފުރުސަތެއް ލިބިފައި ނުވާއިރު މިފަދަ ބޮޑު ފިޔަވަޅެއް އެޅިގެން އެނގިވަޑައިގަތީ މީޑިއާތަކުން ރިޕޯޓު ކުރުމުންކަމަށް ޖާބިރު ވިދާޅުވި އެވެ. އަދި އޭނާއަށް އެއްވެސް މައުލޫމާތެއް ނުދީ، މީޑިއާތަކަށް ތަފްސީލު ދިނުން ޖާބިރު ކުށްވެރި ކުރި އެވެ.

އިސްތިއުނާފަށް ހުށަހެޅި މައްސަލައިގައި ޖާބިރު ތުހުމަތު ކުރި ގޮތުން، އޭނާ ޕާޓީން ވަކިކުރީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އޭނާއާއި ވާދަކޮށް ދެވަނައަށް ދިޔަ ކެންޑިޑޭޓު ޅ. ހިންނަވަރު، ނޫވިލު އަބްދުﷲ ރިފްއަތުއަށް ފުރުސަތު ދިނުމަށެވެ. އަދި އެމްޑީޕީން ފިޔަވަޅު އެޅީ އިންޒާރަކާއި ނުލައިކަމުން، އެއީ ޒާތީ ނިންމެވުމެއްކަމަށް ޖާބިރު ސިފަ ކުރެއްވި އެވެ.

އެމްޑީޕީން ބުނީ ޖާބިރަށް ދެން އެމްޑީޕީއަށް ގުޅުމުގެ ފުރުސަތު ދޭނީ ގައުމީ މަޖިލީހަށް ހުށަހަޅައި ނިންމާ ގޮތެއްގެ މަތިން ކަމަަށެވެ. އެ ފުރިސަތު ދޭ ހާލަތެއްގައި ވެސް ޕާޓީގެ މެންބަރަކަށްވާ ދުވަހުންފެށިގެން 5 އަހަރު ދުވަހުގެ މުއްދަތެއް ވަންދެން ޕާޓީގެ އެއްވެސް މަގާމަކަށް އަދި ޕްރައިމަރީއެއްގައި ވާދަކުރުމުގެ ފުރުސަތު ނުލިބޭނެ ކަމަށްވެސް ވަނީ ނިންމާފަ އެވެ.

ޖާބިރު އެމްޑީޕީން ވަކި ކުރަން ނިންމި އިރު، ލޯންޗެއްގައި ހުންނަވައި ބޭއަދަބީ ބަސްތައް ބޭނުން ކުރާ މަންޒަރު ފެންނަ ވީޑިއޯ އެއް ވަނީ އާންމުވެފަ އެވެ. އަދި ޕްރައިމެރީ ކެމްޕެެއިނަށް ދާއިރާއަށް ވަޑައިގަތުމުން އެ ރަށު ރައްޔިތުން އޭނާ ބޭލުމަށް މަސައްކަތް ކުރުމުން ވެސް ހުތުރު ބަސްތައް ބޭނުން ކުރެއްވި އެވެ.

ޖާބިރުގެ މިފަދަ ވީޑިއޯތައް ދޭތެރެއަކުން އާންމުވާކަން ފާހަގަކުރެވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 29%ވަރަށް ގަޔާވޭ 43%ބޮޑު ޖޯކެއް 7%ހައިރާންވެއްޖެ 21%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ޖާބިރު އަށް ފިޔަވަޅު އަޅަން ޖެހޭނެ ސަބަބުތައް ވަރަށް ގިނައެވެ މީހުން ދިރިއުޅޭ ތަންތަނުގެ ދިރިއުޅޭ ވަަރަށް ވުރެން ބޮޑު ތަނުން ވެސް އަޚްލާޤީ ގޮތުން ދަށް ފެންވަރުގެ ވާހަކަ ދައްކާ ނިންމީ ވަރަށް ރަނގަޅަށް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: