ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް އާއި، ފަސްޓްލޭޑީ ސާޖިދާ މުލިއާގެއަށް ބަދަލުވެވަޑައިގެންފި

ރައީސް ޑރ މުހައްމަދު މުއިއްޒާއި އަންބިކަނބަލުން ސާޖިދާ/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް ޑރ. މުހައްމަދު މުއިއްޒާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފަސްޓެލޭޑީ ސާޖިދާ މުހައްމަދު މުލިއާގެއަށް ދިރިއުޅުން ބަދަލު ކުރައްވައިފި އެވެ.

ވެރިކަމަށް ވަޑައިގެންނެވިތާ ތިން މަސް ފަހުން ރައީސްގެ ރަސްމީ ގެކޮޅަށް ބަދަލުވެވަޑައިގަތީ ތަނުގެ ބައެއް މަރާމާތުގެ މަސައްކަތްތައް ކުރިޔަށް ގެންދާތީ އެވެ.

މައުލޫމާތު ލިބޭ ގޮތުން، ރައީސް މުލިއާގެއަށް ބަދަލުވެވަޑައިގަތީ ތ. އަތޮޅުގެ ދަތުރުގެ ކުރިންނެވެ.

ރައީސްއާއި ސާޖިދާ މިދިޔަ ދުވަސްތަކުގައި ދިރިއުޅުއްވަމުން އައީ މ. ދިމްޔާތުގަ އެވެ.

ސަރުކާރުން ބުނީ މުލިއާގެ މަރާމާތު ކުރަނީ ތަނުގެ އަސްލަށް އެއްވެސް ބަދަލެއް ނުގެންސް ކަމަށެވެ. އަދި މުލިއާގެ މަރާމާތު ކުރަން ޖެހުނީ އެއީ ވަރަށް ގިނަ އަހަރުތަކެއްވީ އިމާރާތެއްކަމުން ބައެއް ގެއްލުންތަކެއް ލިބިފައިވާތީ ކަމަށެވެ.

ވަރަށް ގަދަ
22%ވަރަށް ގަދަ 11%ވަރަށް ގަޔާވޭ 33%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 33%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: