ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރޯދައަށް ފަހު މަޖިލިސް އިންތިހާބު ބާއްވަން ކޮމިޓީން ފާސްކޮށްފި

އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުއަށް އިޞްލާޙު ގެނައުމުގެ ބިލު ދިރާސާކުރުމަށް އެކުލަވާލި ފަސް މެންބަރުންގެ ވަގުތީ ކޮމިޓީގެ ބައްދަލުވުން
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލިސް އިންތިހާބު ރޯދަ މަސް ނިމިގެން 10 ދުވަސް ފަހުން ބާއްވާ ގޮތަށް އެ މައްސަލައިގައި ދިރާސާ ކުރުމަށް އެކުލާވާލި ފަސް މެމްބަރުންގެ ކޮމިޓީން ފާސްކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ހާމަކުރި ގޮތުގައި މިހާރު ގާނޫނު އޮތް ގޮތުން އިންތިހާބު ރޯދަ މަހު ބޭއްވުން ނޫން ގޮތަކަށް ތާރީހުތައް ލިބެން ނެތެވެ. އެހެންވެ މާޗު މަހުގެ 17 ގައި އިންތިހާބު ބާއްވަން އިއުލާނުކުރިއިރު އެއީ ރޯދަ މަހުގެ 07 ވަނަ ދުވަހެވެ.

ގާނޫނަށް ގެންނަން ޖެހޭ އިސްލާހު ގެނައުމަށް، ހުށަހަޅުއްވާފައި ވަނީ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއުގެ ފަރާތުންނެވެ. އޭނާ ހުށަހަޅާފައ ވަނީ އިންތިހާބުތަކާއި ބެހޭ އާންމު ގާނޫނަށް ރޯދަ މަހު އިންތިހާބުތައް ބޭއްވުން މަނާކުރާ މާއްދާއެއް ހިމެނޭހެން، އިސްލާހު ގެނައުމަށެވެ.

މަޖިލީހުގެ ތަޅުމަށް އެ އިސްލާހު ގެނައުމަށް ހުށަހެޅުމުން، ނިންމާފައި ވަނީ ކޮމިޓީއަށް މަރުހަލާއަށް ފޮނުވުމަށެވެ. އަދި އެކުލާވާލާފައިވާ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ނިންމާފައި ވަނީ ރޯދަ މަސް ނިމިގެން ދިޔަ ދުވަސް ފަހުން އިންތިހާބު ބޭއްވުމަށެވެ.

ކޮމިޓީ މަރުހަލާގައި އިތުރު އެހެން ބައެއް އިސްލާހުތަކެއް ވެސް ވަނީ ގެނެސްފަ އެވެ.

ވަރަށް ގަދަ
67%ވަރަށް ގަދަ 8%ވަރަށް ގަޔާވޭ 8%ބޮޑު ޖޯކެއް 4%ހައިރާންވެއްޖެ 8%ވަރަށް ދެރަ 4%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: