ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަގްބޫލު ލޯބީގެ ފިލްމު ”ނޮވެމްބަރ“ ވީޑިއޯކްލަބަށް!

އޮލިމްޕަސް ސްކްރީނުގައި މިފަހުން އެޅުވި އެންމެ މަގްބޫލު ލޯބީގެ ފިލްމު ”ނޮވެމްބަރ“
ޝެއާރކޮށްލާ ކަހަލަދޯ؟

އޮލިމްޕަސް ސްކްރީނުގައި މިފަހުން އެޅުވި އެންމެ މަގްބޫލު ލޯބީގެ ފިލްމު ”ނޮވެމްބަރ“ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހު މީޑިއާނެޓުގެ ވީޑިއޯ ކްލަބް ޚިދުމަތް މެދުވެރިކޮށް ޓީވީ އަދި ފޯން ސްކްރީންތަކުން ބަލާލެވޭނެއެވެ.

ޑާރކް ރެއިން އެންޓަޓެއިންމަންޓްގެ ފިލްމު ”ނޮވެމްބަރ“ އަލީ ޝިފާއު (ޗިއްޕެ) އަދި އައިޝަތު ފުއާދު ތައުފީގު ޑައިރެކްޓްކޮށްފައިވާ ލޯބީގެ އަސަރުގަދަ ފިލްމެކެވެ. މި ފިލްމުގެ ލީޑް ތަރިންގެ ގޮތުގައި ފެނިގެން ދާނީ ވީޑިއޯ ކްލަބްގެ އެމް-އޮރިޖިނަލްސް ބެނާގެ ދަށުން އުފެއްދި އެންމެ ފުރަތަމަ ފިލްމު ”މަރިޔަމް“ ގެ ބަތަލާގެ ރޯލުން ވެސް ފެނިގެންދިޔަ މަރިޔަމް މަޖުދާ (މަޖޫ) އަދި ޖުމައްޔިލް ނިމާލް އެވެ. މި ފިލްމުގެ ޚާއްސަ ރޯލަކުން ދިވެހި ފިލްމީ ދާއިރާގެ އަބަދަށްފެހި ތަރި އިސްމާއިލް ވަޖީހު ވެސް ފެނިގެންދާނެއެވެ.

މާލެ، ލ. އަތޮޅު އަދި ރާއްޖެއިން ބޭރުން ސިންގަޕޫރުގައި ޝޫޓްކޮށްފައިވާ މި ފިލްމަކީ ހިތްގައިމު މަންޒަރުތަކެއް ފެނިގެންދާ، ރީތި ލަވަތަކެއް ހިމެނޭ އަދި ޑާރކްރެއިން އެންޓަޓެއިންމަންޓްގެ ފަރާތުން އެންމެ ބޮޑު ބަޖެޓެއް ޚަރަދުކޮށްގެން އުފައްދާފައިވާ ފިލްމެއްކަން ފާހަގަކޮށްލެވެއެވެ.

މި ފިލްމު ވީޑިއޯކްލަބަށް ނެރުމަށް ހަމަޖެހިފައިވާ ތާރީޚު 14 ފެބްރުއަރީއަކީ ވީޑިއޯ ކްލަބްގެ އަހަރީ ދުވަސްކަން ވެސް ފާހަގަކޮށްލެވެއެވެ. އެމް އެސް ވީޑިއޯ ކްލަބުން އަންނަނީ ފާއިތުވި އަހަރުތަކުގައި ކުރިއެރުންތަކެއް ހޯދަމުންނެވެ. އެގޮތުން އެމް-އޮރިޖިނަލްސް ބެނާރގެ ދަށުން ދިވެހި އަމިއްލަ އުފެއްދުންތައް ކަމުގައިވާ ފިލްމާއި ސީރީޒް މި ޕްލެޓްފޯމް މެދުވެރިކޮށް އަންނަނީ ދިވެހިންނާއި ހަމައަށް ގެނެސްދެމުންނެވެ.

މީޑިއާނެޓުގެ އެމް އެސް ޓީވީ އަދި އެމް އެސް ލައިޓް ކަސްޓަމަރުންނަށް ޓީވީ މެދުވެރިކޮށް ވީޑިއޯ ކްލަބް ޚިދުމަތައް ސަބްސްކްރައިބް ކުރެވޭނެއެވެ. އެންޑްރޮއިޑް ސްމާރޓް ޓީވީ ގެންގުޅޭ ފަރާތްތަކުން ޑީކޯޑަރަކާ ނުލާ ސީދާ އެޕްލިކޭޝަން ޓީވީއަށް ޑައުންލޯޑް ކޮށްގެންވެސް ވީޑިއޯ ކްލަބްގެ ކޮންޓެންޓް ބަލާލެވޭނެއެވެ. ހަމައެހެންމެ އެމް އެސް ޑިޖިޓަލް އެޕްލިކޭޝަން މެދުވެރިކޮށް ކޮންމެ ވަގުތަކު ކޮންމެ ތާކު ހުރެވެސް މޯބައިލް ޑިވައިސްތަކުގެ ޒަރިއްޔާއިން މި ކޮންޓެންޓް ބެލޭނެއެވެ.

ވީޑިއޯ ކްލަބުން އަންނަނީ ދިވެހި ފިލްމާއި ސީރީޒްގެ އިތުރުން އެހެން ގައުމުތަކުގެ ފިލްމާއި ސީރީޒް ވީޑިއޯ ކްލަބް ކޮންޓެންޓް ލައިބްރަރީގައި ހިމަނަމުންނެވެ. އެގޮތުން ޒީ5 އޮރިޖިނަލްސްގެ ސީރީޒްތަކާއި އެހެނިހެން ހިންދީ، އިނގިރޭސި އަދި ޓާރކިޝް ސީރީޒް އާއި ކާރޓޫން ސީރީޒްތައް ހިމެނެއެވެ.

މީޑިއާނެޓުގެ ކުއިކްޕޭ ޕޯރޓަލް މެދުވެރިކޮށް ވީޑިއޯ ކްލަބް ސަބްސްކްރިޕްޝަނެއް ނަގާލެވޭނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: