ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިދިޔަ ސަރުކާރުން އިންތިހާބަށް އަމާޒުކޮށް މަޝްރޫޢުތައް ހަވާލުކުރި، ގެއްލުންވީ ރައްޔިތުންނަށް: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ރިޔާސީ އިންތިހާބުގެ ދުވަސްވަރު ކުއްލިޔަކަށް އެކި ކަންކޮޅުތަކުގައި މަޝްރޫޢުތައް ހަވާލުކުރިކަމަށާއި ޕްލޭނެއް ނެތި އެ މަސައްކަތްތައް ކުރުމުގެ ސަބަބުން ހުއްޓުމަކަށް އައިސްފައިވާކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ތ އަތޮޅަށް ކުރައްވާ ދަތުރުގެ ތެރެއިން 10 ވަނައަށް ވަޑައިގެންނެވި ރަށް އަދި ދަތުރުގެ ފަހު މަންޒިލުކަމަށްވާ ގާދިއްފުށީގައި ކުރިއަށް ގެންދިޔަ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، އެމަނިކުފާނުވަނީ ކައުންސިލުގެ އިތުރުން ރަށުގެ ޑަބްލިއުޑީސީއާއިއެކުވެސް ބައްދަލުންތައް ކުރިއަށް ގެންދަވާފައިކަމަށެވެ. އަދި ރަށަށް ކުރިމަތިވެފައިވާ ދަތިތަކާއި ގުޅޭގޮތުން ތަފްސީލީ މައުލޫމާތުތައް ލިބިވަޑައިގެންނެވިކަމަށް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ، އެހެނިހެން ކައުންސިލަކާއިއެކު ދެކެވިފައިވަނީ ދާދި އެއް ވާހަކަތަކެއްކަމަށާއި ހުރިހާ ރަށެއްގައިވެސް ހުއްޓުމަކަށް އައި ނުނިމި ހުރީ ގާތްގަނޑަކަށް އެއް ކަންތައްތަކެއްކަމަށް ފާހަގަކުރެއްވިއެވެ. ރައީސް މުއިއްޒު ވިދާޅުވީ، ވަޑައިގެންނެވި ހުރިހާ ރަށެއްގައިވެސް ނުނިމި ހުއްޓިފައިވަނީ ދާދި އެއް މަސައްކަތްތަކެއްކަމަށާއި އެހެންކަމުން އެންމެ މުހިންމު ކަންކަމަށް އިސްކަން ދީގެން ކުރިއަށް ގެންދަވާނެކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ތައުލީމީ ނަޒާމުގެ ތެރެއިން ހުރި މައްސަލަތަކާއި ނުނިމި ހުއްޓިފައި ހުރި ސުކޫލުގެ މަސައްކަތްތަކާއި ބަނދަރުގެ މަސައްކަތްތައްވެސް ކުރަން ހުރި އިރު އެ ހުރިހާ ކަމެއްވެސް ފުރިހަމަ ކޮށްދެއްވާނެކަމަށް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ކައުންސިލާއި މަޝްވަރާތައް ކޮށްގެން އެކަންކަން ތަރުތީބުކޮށްދިނުމަށް އެދިވަޑައިގަންނަވާކަމަށެވެ.

”ބަނދަރުގެ މަސައްކަތްް އޮތީ އެމްޓީސީސީއާއި މިދިޔަ ސަރުކާރުން ހަވާލުކޮށްފައި ދެން މިގޮތަށް އެބަހުރި ވަރަށް ގިނަ ރަށްތަކުގައި މަަޝްރޫޢުތައް ހަމަ ކުއްލިޔަކަށް ހަވާލުކޮށްލާފަ މިދިޔަ ރިޔާސީ އިންތިހާބުގެ ތެރޭގައި ބަޖެޓަކުވެސް ަަަަަަަަަަަަަަަަަަަަަަަަަަަަަަޖާގަ އޮވެގެނެއް ނޫން ދެން ހަމަ ހަވާލުކޮށްފަހުރީ އިންތިހާބަށްޓަކައި އެގޮތަށް ހަވާލުކުރީމަ އެ މަސައްކަތެއް ހިންގާގޮތެއް ނުވޭ ފައިސާއެއް ނުހުރޭ ދޭންވީމަކާއެއް“ ރައީސް މުއިއްޒު

އެމަނިކުފާނު ވިދާޅުވީ، އެންމެ ބޮޑަށް ބޭނުންޖެހިފައިވަނީ ތައުލީމީ ނިޒާމުގެ ތެރެއިން ކުރިމަތިވެފައިވާ މައްސަަލަތަކުގެ ހައްލުތައް ކަމަށް ފާހަގަކުރެއްވޭކަމަށާއި އެހެންކަމުން އެންމެ ފުރަތަމަ ކުރައްވާ މަސައްކަތްތަކުގެ ތެރޭގައި އެކަން ހިމަނައިގެން ސުކުލޫގެ އިމާރާތާއި އެތަނާއި ގުޅުން ހުރި އެހެނިހެން މަސައްކަތްތައްވެސް އިންތިޒާމުކޮށްދެއްވާނެކަމަށް ފާހަގަކުރެއްވިއެވެ.

ރައިސް މުއިއްޒު ވިދާޅުވީ، ކުރީގެ ސަރުކާރުން ރިޔާސީ އިންތިހާބު ދުވަސްވަރު ގިނަ އަދަދެއްގެ މަޝްރޫޢުތައް ކުއްލިޔަކަށް ހަވާލުކުރިކަމަށެވެ. އެހެންނަމަވެސް އެ މަސައްކަތްތަކަށް އޭރު ބަޖެޓުގައި ޖާގައެއް ނެތްކަމަށާއި ހަވާލުކުރީ އިންތިހާބަށްޓަކައިކަމަށް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ، އިންތިހާބަށް އަމާޒުކޮށް އެގޮތަށް ހަވާލުކުރުމުން މަސައްކަތްތައް ކުރިއަށް ނުދާކަމަށާއި ބިލުތަކަށް ދައްކަންޖެހޭ ފައިސާއެއްވެސް ނުހުންނަކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެގޮތުގެ މަތިން ކަންކަން ކުރުމުން މަޝްރޫޢު ކުރިއަށްދާނެ ގޮތެއް ނުވާކަމަށާއި އެފަދަ ގޮތަކަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިދިޔަ އަހަރުގެ ޖުލައި އިން ފެށިގެން އެއްވެސް ޕްލޭނެއް ނެތި މަޝްރޫޢުތައް ހަވާލުކޮށްފައިވާކަމަށެވެ. އެމަނިކުފާނު ވިދާޅުވީ އެ މަސައްކަތްތަކަކީ ކުރަން ޖެހޭ މުހިންމު ކަންކަން ނަމަވެސް އެއްވެސް އިހުލާސްތެރިކަމެއް ތެދުވެރިކަމެއް ނެތުމުން ރައްޔިތުންނަށް ހުރިހާ ގެއްލުންތަކެއް ލިބިފައިވާކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: