ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލެ ސަރަހައްދުން ރެޖިސްޓްރީ ނުވެ ކާޑު ލިބޭނެ ގޮތް ހަދާނަން: އާދަމް ޝަރީފް

ރައީސް ޑރ. މުޙައްމަދު މުއިއްޒާއި މިނިސްޓަރު އާދަމް ޝަރީފް އުމަރު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރެޖިސްޓްރީވުމެއް ނެތި މާލެ ސަރަހައްދުން ސަރުކާރުން ދިނުމަށް ކަނޑައެޅިފައިވާ ކާޑުގެ އެހީ ލިބިގެންދާނެ އިންތިޒާމުތައް ހަމަޖައްސަވާނެކަމަށް މިނިސްޓަރ އޮފް ސިޓީޒް ލޯކަލް ގަވަރމެންޓް އެންޑް ޕަބްލިކްވޯކްސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވެވައިގެންނެވި ވައުދުފުޅާ އެއްގޮތަށް ރޯދަ މަހު ކޮންމެ ގޭބިސީއަކަށް ހަނޑުލާއި ފުށް ބަހަން ނިންމައި އެ ތަކެތި ބޭނުންވާ ފަރާތްތަކުން ރަޖިސްޓްރީވާން ހޯމަ ދުވަހު ހުޅުވާލާނެ ކަމަށް މާލެ ސިޓީ ކައުންސިލުން އިއުލާނުކުރުމާއިއެކު ބައެއް ފަރާތްތަކުން ނޭދެވޭ ވާހަކަތައް ފަތުރަމުންދިއުމާއިއެކު އާދަމް ޝަރީފްވަނީ އެކަމަށް އަލިއަޅުއްވައި އެކްސްއެއް ކުރައްވާފައެވެ.

އޭނާ ވިދާޅުވީ، ހަނޑުލާއި ފުށް ބޭނުންވާ މީހުންނަށް ރެޖިސްޓްރީވާންޖެހިދާނެތީ ކަންބޮޑުވުން ފާޅުކުރަމުންދާކަން ފާހަަގަކުރެއްވިފައިވާކަމަށެވެ. އެހެންކަމުން ރެޖިސްޓްރީ ނުވެވެސް އެ ތަކެތި މާލެ ސަރަހައްދުގެ ގޭބިސީތަކަށް ލިބޭނެ އިންތިޒާމުތައް ހަމަޖައްސަވާނެކަމަށް ވިދާޅުވިއެވެ.

މި ސަރުކާރުން ރޯދަމަހު ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ގެއަކަށް 10 ކިލޯ ހަނޑުލާއި 10 ކިލޯ ފުށް ބެހުމަށް ނިންމާފައިކަމަށްވާއިރު މީގެ ކުރިން އިއުލާނުކޮށްފައިވަނީ ނަން ނޯޓުކުރުމަށްކަން ފާހަގަކުރެވެއެވެ.

ވަރަށް ގަދަ
80%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 20%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: