ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

20 ވަނަ މަޖިލީހަށް ކުރިމަތިލުމަށް ފޯމް ހުށަހެޅުމުގެ މުއްދަތު ހަމަވާން 4 ދުވަސް އަދި ލިބުނީ 18 ފޯމު!

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް ހަބީބް އަބްދުއްރަހީމް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލުމަށް ހުޅުވާލާފައިވައިވާ ފުރުސަތުގައި އަދި ކުރިމަތިލާފައިވަނީ 18 ކެންޑިޑޭޓަކުމަށް އިލެކްޝަންސް ކޮމިޝަންގެ ނައިބުރައީސް އިސްމާއިލް ހަބީބު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ގުޅޭގޮތުން ކުރެއްވި އެކްސްއެއްގައި ހަބީބު ވިދާޅުވީ، އިންތިހާބަށް ވާދަކުރުމަށް ހުށައެޅުމަށް ހުޅުވާލިތާ 12 ދުވަސްވެފައިވާކަމަށާއި ބާކީ އޮތީ ހަތަރު ދުވަސްކަމަށެވެ. އޭނާ ވިދާޅުވީ، އިންތިހާބުގެ ވޯޓުލާ ތާރީހަށް ބަދަލުތަކެއް އައިނަމަވެސް ކުރިމަތިލުމަށް އިތުރު މުއްދަތެއް ނުދޭނެކަމަށާއި ފޯމު ބަލައިގަތުމަށް އެންމެ ފަހު ތާރީހަކީ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަސްކަމަށް ހިއްސާކުރެއްވިއެވެ.

އޭނާ ވިދާޅުވީ ހޮނިހިރު ދުވަހާއި ރަސްމީ ދުވަސްތަކުގައިވެސް ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ ހެނދުނު 9:00 ން މެންދުރުފަހު 14:00 އަށް ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަމުގައިކަމަށްވާއިރު، މިހާތަނަށް އީސީއަށް ލިބިފައިވަނީ 18 އެޕްލިކޭޝަންކަމަށެވެ. ހަބީބް ވިދާޅުވީ، އެންމެ ފަހުން ލިބިފައިވަނީ ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓަކާއި އަމިއްލަ ގޮތުން ވާދަކުރައްވާ ދެ ކެންޑިޑޭޓެއްގެ ފޯމުކަމަށެވެ.

އޭނާ ވިދާޅުވީ، އެ ތިން ހުށައެޅުންވެސް އީސީ އިން ބަލައިގަނެފައިވާކަމަށާއި އަމިއްލަ ގޮތުން ވާދަކުރައްވާނަމަ 50 މީހުންގެ ސޮޔާއިއެކު އެ ފަރާތްތަކުގެ އައިޑީ ކާޑުގެ ދެ ފުށް ސާފުވާ ގޮތަށް ކޮޕީ ހުށައަޅަންޖެހޭނެކަމަށެވެ. އޭނާ ވިދާޅުވީ ދަރަނީގެ ރެކޯޑުތައްވެސް ސާފުކުރަންޖެހޭނެކަމަށާއި އެކައުންޓު ހުޅުވުމުގައި ދިމާވާ ދަތިތައް ހައްލުކުރުމަށް އެމްއެމްއޭއިންވެސް ވަނީ ބެންކުގައި އެދިފައިކަން ހިއްސާކުރެއްވިއިރު، އެންމެ ފަހު ވަގުތުގައި ފޯމު ހުށައަޅުއްވައިފި ނަމަ ދިމާވާ މައްސަލައެއް ހައްލުކުރުމަށްފަހު އިސްލާހުކޮށް ހުށައެޅުމުގެ ފުރުސަތު ނުލިބުން އެކަށީގެންވާކަމަށް ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: