ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލިސް އިންތިހާބުގައި ވާދަކުރި ހުރިހާ ކެންޑިޑޭޓުން ވެސް ސައްހަކަން ކަށަވަރުވާ މާލީ ބަޔާން ހުށައަޅަންޖެހޭނެ: ހަބީބް

އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބް/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރި 368 ކެންޑިޑޭޓުންވެސް މޭ މަހުގެ 21 ވަނަ ދުވަހުގެ ކުރިން މާލީ ބަޔާން ހުށައަޅަން ގާނޫނީގޮތުން ލާޒިމުކަމަށް އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ނައިބުރައީސް އިސްމާއިލް ހަބީބް ވިދާޅުވެއްޖެއެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ގުޅޭގޮތުން ހަބީބް އަމިއްލަ އެކްސް އެކައުންޓު މެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މަޖިލީހަށް ވާދަކޮށް އެ ދާއިރާއެއްގެ ގޮނޑިއަށް އިންތިބާބުވިޔަސް ނުވަތަ އިންތިހާބު ނުވި ނަމަވެސް ހުރިހާ ކެންޑިޑޭޓުން ވެސް އިންތިހާބާ ގުޅޭ މާލީ މައުލޫމާތުތައް ހިމެނޭ ބަޔާނެއް ކޮމިޝަނަށް ހުށައަޅަން ޖެހޭނެކަމަށެވެ. އަދި އެކަން 2024 ވަނަ އަހަރުގެ މޭ މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ނިންމަންޖެހޭނެކަމަށްވެސް ވިދާޅުވި އެވެ.

ހަބީބް ވިދާޅުވީ، މާލީ ބަޔާން ހުށަނާޅައިފި ނަމަ ނުވަތަ ދޮގު މައުލޫމާތު ދީފި ހާލަތެއްގައި ގާނޫނީ ގޮތުން އަދަބު ކަނޑައެޅިފައިވާކަމަށެވެ.

އެގޮތުން އެއް އަހަރުގެ މުއްދަތަކަށް ޖަލަށް ލުން ނުވަތަ 72،000 ރުފިޔާއިން ޖޫރިމަނާ ކުރުމަށް ކަނޑައެޅިފައިވާކަމަށާއި ގާނޫނު ހަދާ މަޖިލީހަށް ކުރިމަތިލާ މީހުންނަކީ ގާނޫނަށް ތަބައަވުމުގައި ރައްޔިތުންނަށް ނަމޫނާއަކަށް ވާންޖެހޭނެކަމަށް ވެސް ފާހަގަކުރެއްވިއެވެ.

ހަބީބް ވިދާޅުވީ މާލީ ބަޔާނުގައި ފައިސާއާއި މުދާ ހިމެނޭގޮތުން، އިންތިޚާބާ ގުޅިގެން ކެންޑިޑޭޓް ކުރި ޚަރަދުތަކުގެ ތަފްސީލާއި އިންތިޚާބުތަކާ ބެހޭ ޢާންމު ޤާނޫނުގެ 68 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ މަޢުލޫމާތު ހިމެނޭ ގޮތަށް، އިންތިޚާބުގައި ކެންޑިޑޭޓަށް ތާއީދު ހޯދުމަށްޓަކައި ކޮށްފައިވާ ޚަރަދުތައް ވަކިން އެނގޭގޮތަށް އެ ހަރަދުތަކުގެ ތަފްސީލު ވެސް ހިމަނަންޖެހޭނެކަމަށެވެ. އަދި އިންތިޚާބަށް ޚަރަދު ކުރުމަށްޓަކައި ފައިސާ ހޯދިގޮތުގެ ތަފްސީލާއި އިންތިޚާބާ ގުޅިގެން ކެންޑިޑޭޓަކު ޚަރަދުކުރުމަށްޓަކައި ނުވަތަ ބޭނުންކުރުމަށްޓަކައި ފައިސާ އާއި ތަކެތި ދިން ފަރާތްތަކާއި އެފަރާތްތަކުން ދިން މިންވަރުގެ ތަފްސީލުގެ އިތުރުން ގާނޫނުގެ 67 ވަނަ މާއްދާގެ ދަށުން ހުޅުވާފައިވާ ބޭންކް އެކައުންޓުން ކޮށްފައިވާ އެންމެހައި މުޢާމަލާތްތައް އަންގައިދޭ ބޭންކް ސްޓޭޓްމަންޓެއްވެސް ހިމަނަންޖެހޭނެކަމަށް ވަނީ ވިދާޅުވެފަ އެވެ.

މީގެއިތުރުން ހަބީބް ވިދާޅުވީ، ކެންޑިޑޭޓުން ހުށަހަޅާ މަޢުލޫމާތާއި ތަކެއްޗަކީ ސައްހަ ތަކެތިކަން އަންގައިދިނުމަށްޓަކައި ކަމާއި ގުޅޭ ފައިސާގެ ރަސީދުތަކާއި އިންވޮއިސް އަދި ބިލުގެ އިތުރުން އެހެނިހެން ލިޔެކުންތައް ވެސް ހުށައަޅަންވާނެކަމަށެވެ. އަދި ވިދާޅުވީ، ހުށައަޅާ ތަކެއްޗަކީ ސައްހަ މައުލޫމާތާއި ތަކެތިކަން އެނގޭނެގޮތަށް ތައްޔާރުކޮށްފައިވާ އިގުރާރުގައި ކެންޑިޑޭޓާއި ރަސްމީ އިންތިހާބީ އެޖެންޓުވެސް ސޮއިކޮށް އީސީއަށް ހުށައަަޅަންވާނެކަމަށާއި މި މައުލޫމާތުތައް އާންމުކޮށް ބެލޭނެހެން ކޮމިޝަނުގެ ވެބްސައިޓުގައި އާންމު ކުރަންވާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: