ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝަރުއީ ނިޒާމަށް ނުފޫޒެއް ނެތްކަމަށް ތަކުރާރުކޮށް ބުނާ ބަހުގައި ސަބަބެއް އެބައޮތް، އެ ދެނީ މެސެޖެއް: ރައީސް ޔާމީން

ރިޔާސީ އިންތިހާބަށް ފަހު ރައީސް ޔާމީން ގެއަށް ބަދަލު ކުރި ދުވަހު އެމަނިކުފާނާއި އެކު ރައީސް މުއިއްޒު/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޝަރުއީ ނިޒާމަށް ނުފޫޒެއް ނެތްކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވާނީ އޭގެ ފަހަތުގައި ސަބަބުތަކެއް އޮވެގެން ރައްޔިތުންނަށް ދޭ މެސެޖެއްގެ ގޮތުންކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ޕީޕީއެމް/ޕީއެންސީ ވެރިކަަމަށް އައުމަށް ކުރި މަސަައްކަތުގައި އެންމެ ބޮޑަށް ދެއްކީ ރައީސް ޔާމީނަށް އިއްވާފައި ވަނީ ނުހައްގު ހުކުމަކަށްވުމާއި އެކު އެމަނިކުފާނު މިނިވަން ކުރުމެވެ. އަދި ރިޔާސީ ކެމްޕެއިނުގައި ރައީސް މުއިއްޒު ރައްޔިތުންނަށް ވި އެންމެ ބޮޑު ވައުދަކީ އެއީ ނަމަވެސް މިދިޔަ ދޮޅު މަހުގެ ތެރޭގައި ފަހުން އެމަނިކުފާނު ވިދާޅުވީ އެމަނިކުފާނުގެ އެއްވެސް ނުފޫޒެއް ޝަރީއަތްތަކަށް ނޯންނާނެ ކަމަށެެވެ. އެ ސަބަބު ވެސް ހިމެނޭހެން، ރައީސް ޔާމީނާއި ޕާޓީގެ އެހެން ބޭފުޅުންނާއި އެކު ޖެހުނު މައްސަލައިގައި އެމަނިކުފާނު ޕާޓީ ދޫކޮށް މިހާރު މަސައްކަތް ކުރައްވަނީ ވަކީންނެވެ.

ރައީސް ޔާމީން މިނިވަން ކުރައްވާނީ ކޮން ދުވަހަކު ތޯއާއި، އެ މަސައްކަތް ލަސްވަނީ ކީއްވެގެން ތޯ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކުގައި މީޑިއާތަކުން ވެސް ސުވާލު ކުރެ އެވެ. އެކަމަކު އެދެވޭ ޖަވާބެއް ނުލިބެ އެވެ.

ޕީޕީއެމް ދޫކުރައްވައި، އައު ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ރައީސް ޔާމީންގެ އަމާޒަކީ ޕީޕަންސް ނެޝަނަލް ފްރަންޓްގެ އެންޑޯސްމަންޓުގައި ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކެންޑިޑޭޓުން ވާދަކުރުމެވެ. އެކަމަށް ހާއްސަކޮށް ބާއްވާ ބައްދަލުވުންތަކުގައި، ރައީސް ޔާމީން ގެންދަވަނީ ސަރުކާރުގެ ސިޔާސަތުތަކަށާއި ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕަށް ފާޑުވިދާޅުވަމުންނެވެ.

ވެރިކަމަށް ވަޑައިގެންނެވުމަށް ފަހު ތަކުރާރުކޮށް، ޝަރުއީ ނިޒާމަށް އެއްވެސް ނުފޫޒެއް ނުފޯރުވާކަމަށް ރައީސް މުއިއްޒު ވިދާޅުވަމުން ގެންދާތީ އެކަމުގެ ރައްދުގައި ރައީސް ޔާމީން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާ ބޭފުޅަކު އަދުލު އިންސާފާއި، ހިންގުމުގެ ދާއިރާއަށް އެއްވެސް ވަރަކަށް ބާރު ފޯރުވަން މަސައްކަތްކޮށްގެން ނުވާނެ ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ އަދުލު އިންސާފުގެ ދާއިރާއަކީ، ރައީސުލްޖުމްހޫރިއްޔާއާއި މުޅިން ވަކިކޮށްފައިވާ ދާއިރާއެއްކަމަށާއި އެކަމަކު އެކަމުގެ ތެރެއަށް ނުފޫޒު ނުފޯރުވާނެކަމަށް ސަރުކާރުން ބުނަމުން ގެންދަނީ އެމަނިކުފާނު މިނިވަން ކުރުމަށް ގޮވާލާތީކަމަށެވެ.

ދެން ފަހުން ވިދާޅުވީ، ޕާޓީގެ އެއްވެސް ބޭފުޅެއް ވިޔަސް އަދުލު އިންސާފުގެ ދާއިރާއަށް އަތް ބާނާކަމަށް ވަނީނަމަ ހުއްޓުވާނަމޭ.. މި އަންނަނީ ޝަރުތުތަކާއި އެކީ… މިކަން ކުރާކަމަށް ވަނީނަމަ ހުއްޓުވާނަމޭ.. ރައީސުލްޖުމްހޫރިއްޔާއާއި މުޅިން ވަކިކޮށް، ބީކޮށްފަ އޮތް ދާއިރާއެއް އަދުލު އިންސާފުގެ ދާއިރާއަކީ.. ދެން އެދާއިރާއަށް އަތް ނުބާނާނެކަމަށް، އެ ދާއިރާއަށް ނުބެހޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ތަކުރާރުކޮށް އެ އަޑުއިއްވަން ޖެހޭ ސަބަބަކީ ކޮބާ؟

ރައީސް ޔާމީން ވިދާޅުވީ ތަކުރާރުކޮށް، ޝަރުއީ ނިޒާމާއި ގުޅޭގޮތުން ސަރުކާރުން ވާހަކަ ދައްކާނެ ސަބަބެއް ވެސް އޮންނާނެކަމަށާއި އެކަމުން ރައްޔިތުން ދެނެގަންނަން ޖެހޭ މެސެޖެއް ވެސް ވާނެކަމަށެވެ.

ފެހި ގާނޫނުއަސާސީ އެކުލަވާލި އެންމެ ބޮޑު ސަބަބަކީ، މަސްއޫލިއްޔަތިތުތަކާއި ހަވާލުވާނީ ކަމަށް ގާބިލު އެކަށޭނެ މީހުންނަށް ހެދުންކަން ފާހަގަކޮށް ރައީސް ޔާމީން ވިދާޅުވީ ފަނޑިޔާރުން ވެސް ވާން ޖެހެނީ އަދުލުވެރި ބަޔަކަށް ކަމަށެވެ. އާންމު ފަރުދުންގެ ފުށުން ފެންނަ ނޭދެވޭ ކަމެއްގެ މައްޗަށް ފުލުހުންނަށް ތަހުގީގެއް ހިންގޭނަމަ، ފަނޑިޔާރުންގެ ތެރޭގައި ހިނގާ އަމަލުތަކުގެ ތަހުގީގެއް ނުހިންގެންވީ ސަބަބެއް ނެތްކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

ޕީއެންއެފްގެ އޮފީހުގައި ރައީސް ޔާމީން ބައްދަލުވުންތައް ބާއްވާއިރު، އަދިވެސް ހުންނެވީ ޝަރުއީ ހުކުމެއްގެ ގޭ ބަންދުގަ އެވެ. ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވާތީ ކަރެކްޝަނަލް ސާވިސްއިން ތަކުރާރުކޮށް އެމަނިކުފާނަށް އިންޒާރު ދިނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: