ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެއްވެސް މައްސަލައެއް ނެތި ފްލެޓު ލިބުނު މީހުންގެ ލިސްޓެއް އޭސީސީން ހައުސިން މިނިސްޓްރީއަށް، ތަފްސީލެއް ނުދިން!

ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު މަޖިލީހުގެ ކޮމިޓީގައި. ފޮޓޯ: މަޖިލީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ގެދޮރުވެރިޔާ ސްކީމްގެ ދަށުން މާލެ ސަރަހައްދުން ދޫކުރާ ފްލެޓުތަކާ ގުޅޭގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަނުން ހިންގި ތަހުގީގަށް ފަހު ޝަރުތު ހަމަވެ އޮންނަ އުސޫލުގެ ތެރެއިން އެއްވެސް މައްސަލައެއް ނެތް މީހުންގެ ނަން ލިބިފައިވާކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

އިތުރު އެއްވެސް ތަފްސީލެއް ނުދީ މިނިސްޓްރީން އާންމު ކުރި ބަޔާނުގައި ބުނީ، އޭސީސީގެ ލިސްޓު ލިބިފައި ވަނީ ބުރާސްފަތި ދުވަހުކަމަށެވެ. އަދި އެއީ ކޮމިޝަނުން ބެލި ބެލުމުން އެއްވެސް މައްސަލައެއް ނެތް، ފޯމުތަކުގެ ލިސްޓުކަމަށް މިނިސްޓްރީން ބުންޏެވެ.

ހައުސިން މިނިސްޓްރީން ބުނީ އޭސީސީން ފޮނުވާފައިވާ ލިސްޓުގައި ހިމެނޭ ފޯމުތަކަކީ ހަމައެކަނި ތަހުގީގުގެ ބޭނުމަށް ހޯދާފައިވާ މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް އެކުލަވާލާފައިވާ ލިސްޓެއް ކަމަށެވެ. އަދި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓު ލިބޭ ފަރާތްތައް ކަނޑައެޅުމުގެ އިންތިޒާމުތައް މިނިސްޓްރީން ކުރަމުން ގެންދާކަމަށް އެ ބަޔާނުގައި ވެއެވެ.

މިނިސްޓްރީގެ މި ބަޔާނުގެ ތަފްސީލާއި، އަދި އޭސީސާއި އެކު ކުރާ މަސައްކަތުގެ މައުލޫމާތުތައް ހޯދުމަށް ނޫސްވެރިން ތަކުރާރުކޮށް މަސައްކަތް ކުރަމުން ގެންދާއިރު ވެސް އެއްވެސް ތަފްސީލެއް ނުލިބެ އެވެ.

މި މައްސަލައިގައި މިދިޔަ ހަފްތާގައި އޭސީސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކޮމިޝަނުން ބުނެފައިވަނީ ފުލެޓަށް އެދި ހުށައަޅާފައިވާ ފޯމުގައި ޝަރުތުހަމަ ނުވާ އެތައް ބައިތަކަކަށް ޕޮއިންޓު ދީފައިވާކަމަށާއި ޕޮއިންޓު ދީފައިވަނީ ކޮން އަސާސްތަކެއްގެ މައްޗަށްކަން ސާފުނުވާކަމަށެވެ. ކުރީގެ ސަރުކާރުން ފުލެޓު ދޭން ނިންމާފައިވާ މީހުންގެ ތެރެއިން 60 އިންސައްތަ މީހުންގެ ޝަރުތު ހަމަނުވާ ކަމަށް އޭސީސީން ބުނެފައިވެއެވެ. ކަސްޓަމްސް އަށް ދޫކޮށްފައިވާ 100 ފުލެޓު ނުލައި 4000 ފުލެޓުގެ 60 އިންސައްތައަކީ 1500 އެވެ.

އޭސީސީން ހިންގި ތަހުގީގުގައި އެ ކޮމިޝަނަށް ފާހަގަކުރެވިފައިވާ ކަންކަމުގެ ތެރޭގައި 20.7 އިންސައްތަ ފޯމަކީ ޝަރުތު ފުރިހަމަވެ، އެއްވެސް މައްސަލައެއް ފާހަގަކުރެވިފައިނުވާ ފޯމުތަކެވެ. ޝަރުތު ފުރިހަމަވި ނަމަވެސް މައްސަލަހުރި 19.7 އިންސައްތަ ފޯމު ހުރިކަމަށާއި އަދި ޝަރުތު ފުރިހަމަ ނުވާ 60 އިންސައްތަ ފޯމު ހިމެނޭކަމަށް އޭސީސީން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
67%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 17%ހައިރާންވެއްޖެ 0%ވަރަށް ދެރަ 17%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: