ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިލަމާލެ ބްރިޖުގެ ޕްރޮޖެކްޓު ޕައިލިންގެ 54 އިންސައްތަ ވަނީ ނިމިފައި: ކޮންސްޓްރަކްޝަން މިނިސްޓްރީ

ތިލަމާލެ ބްރިޖު މަޝްރޫޢުގެ އެންމެ ފަހުގެ މަސައްކަތްތައް
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅުވާލަދޭ ތިލަމާލެ ބްރިޖުގެ މަސައްކަތުގެ 33 އިންސައްތަ ނިންމިފައިވާކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނެފި އެވެ.

ބްރިޖުގެ މަސައްކަތް ކުރިޔަށް ދާގޮތުގެ، ފަހުގެ ތަފްސީލުތައް މިނިސްޓްރީގެ އިސްބޭފުޅުން ވަނީ ބައްލަވާލައްވާފަ އެވެ. އެއަށް ފަހު މީޑިއާތަކަށް ދިން މައުލޫމާތުގައި ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނީ ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީން އަދި އިންޖީނިއަރިންގެ ޓީމުން ބްރިޖު ސައިޓަށް ޒިޔާރަތް ކުރިކަމަށެވެ. އަދި އެ މަސައްކަތް ކުރިޔަށް ދާގޮތުގެ މައުލޫމާތުތައް ހޯއްދެވިކަމަށް ބުންޏެވެ.

އެ މަސައްކަތާއި ގުޅޭގޮތުން ކޮންސްޓްރަކްޝަން މިނިސްޓްރީގެ ސްޓޭޓް އިބްރާހިމް ތޯއާމް ވިދާޅުވީ ތިލަމާލެ ބްރިޖުގެ ޕްރޮޖެކްޓު ޕައިލިންގެ 54 އިންސައްތަ ނިމިފައިވާ ކަމަށެވެ. އަދި މުޅި މަޝްރޫއުގެ 33.4 އިންސައްތަ ނިމިފައިވާކަމަށް ވިދާޅުވި އެވެ.

ތޯއާމް ވިދާޅުވި ގޮތުގައި ބްރިޖުގެ ޕްރޮޖެކްޓު ސްޕީޑު ހުރީ މަސައްކަތުގެ ޝެޑިއުލްއާއި އަޅާބަލާއިރު 1.2 އިންސައްތަ ކުރީގަ އެވެ.

ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓު” ނުވަތަ “ތިލަ މާލެ” ބްރިޖުގެ ނަމުން ނަންދީ ކުރިޔަށް ގެންދާ މަޝްރޫއުގެ އެކި ސާވޭތައް ކުރިޔަށް ގެންގޮސް ތާފާތު ތާރީހުތަކެއް ދިން ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ނިމިގެން ދިޔައީ ބްރިޖުގެ އެއްވެސް ފޭސްއެއް ނިންމާނުލެވި އެވެ.

ބްރިޖަށް ބޮޑު ހަރަދުތަކެއް ހިނގިއިރު 7.7 ބިލިއަން ރުފިޔާ ހަރަދުކޮށްގެން ފަށަން ގަސްތުކުރި އެ މަޝްރޫއަށް ދިވެހި ސަރުކާރުން ވަނީ އިންޑިއާގެ އެގްޒިމް ބޭންކުން 400 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިފައެވެ. އަދި އިންޑިއާ ސަރުކާރުން ހިލޭ އެހީގެ ގޮތުގައި 100 މިލިއަން ޑޮލަރުވެސް ހޯދާއިފައި ވެއެވެ.

އެއަށް ފަހު އައު ސަރުކާރުން ވެރިކަމާއި ހަވާލުވުމަށް ފަހު އާންމު ކުރި މައުލޫމާތުތަކުން އެނގުނު ގޮތުގައި، ރައީސް ސޯލިހު ވަނީ ދައުރު ނިމުމާއި ގާތްވެފައި ވަނިކޮށް އެއްބަސްވުން އިތުރުކޮށް 2026، ސެޕްޓެމްބަރ 30 އަށް އެ ދަންމާލާފަ އެވެ. އެހެން ނަމަވެސް ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވީ އެ ތާރީހަށް ވެސް ބްރިޖު ނިމެނޭކެމަަށް ނުބެލެވޭކަމަށެވެ.

މަޝްރޫއު ކުރިޔަށް ދާގޮތް ރައީސް މުއިއްޒާއި، މިނިސްޓަރ އަދި ކެބިނެޓު ވަޒީރުން ވަނީ މީޑިއާތަކުގެ ހާޒިރުގައި ބައްލަވާލައްވާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: