ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުރަތަމަ ފަހަރަށް އަތޮޅު ކައުންސިލްގެ ރައީސްގެ މަގާމަށް އަންހެނެއް، އާދަމް ޝަރީފްގެ ތައުރީފް!

ފ. އަތޮޅު ކައުންސިލްގެ ރައީސަކަށް އިންތިހާބުކުރި ހައްވާ އަބްދުލް އަޒީޒް.
ޝެއާރކޮށްލާ ކަހަލަދޯ؟

ފުރަތަމަ ފަހަރަށް އަތޮޅު ކައުންސިލްގެ ރައީސްގެ މަގާމަށް އަންހެނެއް އިންތިހާބުވެއްޖެ އެވެ.

އަތޮޅު ކައުންސިލްގެ ރައީސަކަށް އަންހެނެއް އިންތިހާބުވެފައި މިވަނީ ލާމަރުކަޒީ ނިޒާމަށް އަމަލު ކުރަން ފެށިފަހުން ފުރަތަމަ ފަހަރަށެވެ.

ފ. އަތޮޅު ކައުންސިލްގެ މަގާމަށް މިއަދު އިންތިހާބު ކުރީ އެ އަތޮޅު ނިލަންދޫ، ފޮނިލުނބޯގެ ހައްވާ އަބްދުލް އަޒީޒެވެ. އޭނާ އަތޮޅު ކައުންސިލަށް ވާދަކުރީ ސަރުކާރުގެ މައި ޕާޓީ ޕީއެންސީގެ ޓިކެޓުގަ އެވެ.

ހައްވައަށް އިންތިހާބުގައި ލިބުނީ، 941 ވޯޓެވެ. އަދި އެމްޑީޕީގެ ކެންޑިޑޭޓު އިބްރާހިމް ޚަލީލަށް ލިބިފައި ވަނީ 888 ވޯޓެވެ.

މިއީ އަތޮޅު ކައުންސިލް ރައީސަކަށް އަންހެނެއް އިންތިހާބުވި ފުރަތަމަ ފަހަރުކަމަށްވުމާއި އެކު، އެކަމަށް ލޯކަލް ގަވަނެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު ވަނީ މަރުހަބާ ވިދާޅުވެފަ އެވެ.

މިއަދު އަތޮޅު ކައުންސިލްގެ ރައީސަކަށް އިންތިހާބުވި ހައްވަ ވަނީ ގިނަ ދުވަސްތަކެއް ވަންދެން ފ. އަތޮޅު ކައުންސިލްގެ އިދާރީ މަސައްކަތްތަކެއް ކުރައްވާފަ އެވެ. އަދި ކައުންސިލް އުފެދުމުގެ ކުރީގައި އަތޮޅު އޮފީހުގައި 2000 ގެ އަހަރުން ފެށިގެން އައީ މަސައްކަތް ކުރައްވަމުންނެވެ.

މީގެއިތުރުން މިއަދު އޮތް ފެލިދޫގެ ކައުންސިލް ގޮނޑި ވެސް ލިބުނީ ޕީއެންސީއަށެވެ. އަދި ޑަބްލިއުޑީސީގެ ރަސްގެތީމު ގޮނޑި ކާމިޔާބު ކުރީ އެމްޑީޕީގެ ކެންޑިޑޭޓެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: