ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހައްގުވެރިންނަށް ފްލެޓު ދޭނީ، އޭސީސީއާއި އޭޖީގެ ލަފާގެ މަތިން: ހައުސިން

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހައިދަރު ވާހަކަ ދައްކަވަނީ/ ފޮޓޯ: ހައުސިން މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ފްލެޓް ލިސްޓްގައި ހިމެނޭ ހައްގުވެރި ފަރާތްތަކަށް ފްލެޓް ދޫކުރުމުގެ އިންތިޒާމްތައް ހަމަޖެހިގެންދާނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަދި އެޓަރނީ ޖެނެރަލްގެ ލަފާގެ ދަށުންކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން މާލެ ސަރަހައްދުން ދޫކުރާ ފްލެޓުތަކާ ގުޅޭގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަނުން ހިންގި ތަހުގީގަށް ފަހު ޝަރުތު ހަމަވެ އޮންނަ އުސޫލުގެ ތެރެއިން އެއްވެސް މައްސަލައެއް ނެތް މީހުންގެ ނަން ލިބިފައިވާކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން މާލެ ސަރަހައްދުން ދޫކުރާ ފްލެޓުތަކާ ގުޅޭގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަނުން ހިންގި ތަހުގީގަށް ފަހު ޝަރުތު ހަމަވެ އޮންނަ އުސޫލުގެ ތެރެއިން އެއްވެސް މައްސަލައެއް ނެތް މީހުންގެ ނަން ލިބިފައިވާކަމަަށް މިނިސްޓްރީން ބުނެފި އެވެ. އެއްވެސް ތަފްސީލެއް ނުދީ މިނިސްޓްރީން މިރޭ ފުރަތަމަ އާންމު ބަޔާނުގައި ބުނީ، އޭސީސީގެ ލިސްޓު ލިބިފައި ވަނީ ބުރާސްފަތި ދުވަހުކަމަށެވެ. އަދި އެއީ ކޮމިޝަނުން ބެލި ބެލުމުން އެއްވެސް މައްސަލައެއް ނެތް، ފޯމުތަކުގެ ލިސްޓުކަމަށް މިނިސްޓްރީން ބުންޏެވެ.

ހައުސިން މިނިސްޓްރީން ބުނީ އޭސީސީން ފޮނުވާފައިވާ ލިސްޓުގައި ހިމެނޭ ފޯމުތަކަކީ ހަމައެކަނި ތަހުގީގުގެ ބޭނުމަށް ހޯދާފައިވާ މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް އެކުލަވާލާފައިވާ ލިސްޓެއް ކަމަށެވެ. އަދި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓު ލިބޭ ފަރާތްތައް ކަނޑައެޅުމުގެ އިންތިޒާމުތައް މިނިސްޓްރީން ކުރަމުން ގެންދާކަމަށް އެ ބަޔާނުގައި ވެއެވެ.

މިރޭ އާންމު ކުރި އެ ބަޔާނަށް ފާޑުކިއުން އަމާޒުވެފައިވަނިކޮށް ހައުސިން މިނިސްޓްރީން އެ ބަޔާން ތަފްސީލުކޮށް ބުނީ ފްލެޓް ލިސްޓްގައި ހިމެނޭ އެއްވެސް މައްސަލައެއް ނެތް މީހުންނަށް ފްލެޓް ދޫކުރުމުގެ އިންތިޒާމްތައް ހަމަޖެހިގެންދާނީ އޭސީސީ އަދި އޭޖީގެ ލަފާގެ މަތިން ކަމަށެވެ. އަދި އެކަމާ ގުޅޭ އެންމެހައި މަސައްކަތްތައް މިހާރު މިނިސްޓްރީން ކުރަމުންދާކަމަށް ބަޔާނުގައި ވެެއެވެ.

ވަރަށް ގަދަ
6%ވަރަށް ގަދަ 6%ވަރަށް ގަޔާވޭ 14%ބޮޑު ޖޯކެއް 28%ހައިރާންވެއްޖެ 22%ވަރަށް ދެރަ 25%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: