ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވަޒީރުންނަށް ސުވާލު ކުރެވެން އޮތް ހަމައެކަނި ގާނޫނު އުވާލަން އުޅުމަކީ ގޯސްކަމެއް: ރަޝީދު

މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ސަންގު ޓީވީގެ "ހަބަރަށްފަހު" ޕްރޮގްރާމުގައި.
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީން ޖަވާބުދާރީ ކުރުވަން އޮތް ހަމައެކަނި ގާނޫނުވެސް އުވާލަން ނިންމާފައިވާ ކަމަށާއި އެއީ ހަމަޖެހޭ ކަމެއް ނޫން ކަމަށް މާފަންނު މެދުދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ “ޚަބަރަށްފަހު” ޕްރޮގްރާމްގައި ރަޝީދު ވިދާޅުވީ ޖަވާބުދާރީ ކުރުވަން އޮންނަނީ 2005 ވަނަ އަހަރު އެކުލަވަލައިފައިވާ ގާނޫނެއްގައި ކަމަށެވެ. ރަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް ސުވާލެއްވެސް ކުރެވެނީ އެ ގާނޫނު އޮންނަ ގޮތުން ކަމަށެވެ. އަދި ސުވާލު ކުރުމަށްވެސް ވަކި ވަގުތެއް ނުވަތަ ވަކި ދިގުމިނެއް އޮންނަ ކަމަށްވެސް ވިދާޅުވިއެވެ.

ރަޝީދު ވިދާޅުވީ އެފަދައިން ސުވާލު ކުރުމަށް ވަޒީރުން މަޖިލީހަށް ހާޒިރު ކުރާއިރު ކުރާ ސުވާލަށް ޖަވާބު ނުދީ ނުވަތަ ސުވާލާއި ނުގުޅޭ ޖަވާބެއް ދެއްވާ ފިއްލަވައިގެން މަޖިލީހުން ވަޑައިގަންނަވާ ކަމަށެވެ. ދުނިޔޭގެ ޕާލިމަންޓު ތަކުގައި ޖަވާބު ދާރީ ކުރުވާ ގޮތަކީ އެއީ ނޫންކަމަށް ރަޝީދު ވިދާޅުވިއެވެ.

ކަމެއް ކުރުމުގައި އޭރެއްގައި އެ އޮންނަ ހާލަތަކާއި އަދި އެކަމެއް ކުރުމުން ނުކުންނާނެ ނަތީޖާއަށްވެސް ބަލަން ޖެހޭ ކަމަށް ރަޝީދު ވިދާޅުވިއެވެ. ބާކީ 100 ދުވަސް އޮތް ކަމަށް ފާހަގަކުރައްވާ ރަޝީދު ވިދާޅުވީ 100 ދުވަސް ތެރޭގައި ގާނޫނު އުވާލަން ނިންމާފައިވާ ކަމަށެވެ.

އެމްޑީޕީގެ ވިސްނުމަކީ ޖަވާބު ދާރީ ކުރުވުމަށް އޮތް ގާނޫނު އުވާލުމަށްފަހު ގަވައިދެއް އެކުލަވާލުން ކަމަށް ރަޝީދު ވިދާޅުވިއެވެ. އެހެންނަމަވެސް ގަވައިދަކީ ފަސްއަހަރުގެ ދައުރަކަށް އޮންނަ އެއްޗެއް ކަމަށް ފާހަގަކުރެއްވިއެވެ.

“ކޮންމެ ރައްޔިތުންގެ މަޖިލީހެއްގެ ފަސް އަހަރުގެ ދައުރަކަށް ގަވައިދު އެކުލަވާލަނީ އެ މަޖިލީހަކުން. މިހާރު 19 ވަނަ މަޖިލީހުގެ ގަވައިދު މިއޮތީ. 19 ވަނަ މަޖިލީހާއި ިއެއްކޮށް އެގަވައިދު އުވިދާނެ. ދެންއަންނަ މަޖިލީހެއް އަންނައިރު އެއްވެސް ގާނޫނެއް ނޯންނާނެ.” ރަޝީދު ވިދާޅުވިއެވެ.

ޗެކް އެންޑް ބެލެންސް ނިޒާމެއް އޮންނަ ވާހަކަ ދައްކާ ކަމަށް ރަޝީދު ވިދާޅުވިއެވެ. އަދި ބޭރުގައުމު ތަކުގައި ކަން ކުރާ އުސޫލަކީ މިއީ ނޫން ކަމަށާއި އެ ގައުމުތަކުގައި ވަޒީރުން ހާޒިރުކޮށްގެން ސުވާލު ކުރާ ކަމަށް ރަޝީދު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: