ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަސްލަމާއި ސަލީމްގެ އިތުބާރު ނެތްކަމުގެ މައްސަލަ އަނބުރާ ގެންދިޔައީ، މިވަގުތަށް ގަރާރު ކުރިޔަށް ގެންދަން ނުފެންނާތީ!

ރައްޔިތުންގެ މަޖިލިސްގެ ރައީސް މުހައްމަދު އަސްލަމް އާއި ނައިބު ރައީސް އަހުމަދު ސަލީމް/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމާއި، ނައިބު ރައީސް އަހުމަދު ސަލީމް މަގާމުން ދުރު ކުރުމަށް ސަރުކާރު ކޯލިޝަން ޕާޓީތަކުން ހުށަހެޅި އިތުބަރު ނެތްކަމުގެ މައްސަލައިގެ ސޮއި މެމްބަރުން އަނބުރާ ގެންގޮސްފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ސަރުކާރަށް ދޮޅު މަސް ވެގެން ދިޔައިރު ވެސް ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ އެޖެންޑާ ނުކޮށް އޮތުމަށް ފަހު ނިމިދިޔަ ހަފްތާގައި ނިމިގެން ދިޔައީ ތިން ވަޒީރަކަށް ރުހުން ދޭން ނުފެންނަ ކަމަށެވެ. އެބޭފުޅުން ރައީސް މުއިއްޒު ވަނީ އަލުން މަގާމުތަކަށް އައްޔަނު ކުރައްވާފަ އެވެ.

މަޖިލީހުގެ ތަޅުމުގައި މަޖިލީހުގެ ރިޔާސަތުން އަމަލު ކުރަމުން ދަނީ ގަވައިދާ ހިލާފަށްކަމަށް ޕީޕީއެމް/ޕީއެންސީން ތުހުމަތު ކުރެ އެވެ. އަދި މިދިޔަ މަހުގެ ފަހުކޮޅު މަޖިލިސް ތަޅުމުގައި ހަމަނުޖެހުންތަކެއް ހިނގައި، މެމްބަރުންނަށް އަނިޔާވުމުގައި އެކަމުގެ ޒިންމާ އަސްލަމް ނަންގަވަން ޖެހޭނެކަމަށް ކޮންގްރެސް ކޯލިޝަނުން ވަނީ ބުނެފަ އެވެ. އެހެންވެ އެ ސަބަބުތަކަށް ރިއާޔަތްކޮށް އަސްލަމާއި ސަލީމްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅީ އެވެ.

ޕީޕީއެމް/ޕީއެންސީ އަދި އެންއެންޕީގެ އިތުރުން އަމިއްލަ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ގެ ސޮއި ހިމެނޭހެން ހުށަހެޅި މި މައްސަލަ އަނބުރާ ގެންގޮސްފައި ވަނީ މި ވަގުތަށް ގަރާރު ކުރިޔަށް ގެންދަން ނުފެންނާތީކަމަށް ބުނެ އެވެ.

ޕީއެންސީގެ ޕީޖީ ލީޑަރު، ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ވިދާޅުވީ އިތުބާރު ނެތްކަމުގެ ގަރާރު އަނބުރާ ގެންގޮސްފައިވާކަމަށާއި އޭގެ ސަބަބަކީ މިވަގުތު މައްސަލަ ކުރިޔަށް ގެންދަން ނުފެންނާތީ ކަމަށެވެ.

އަސްލަމާއި ސަލީމްގެ އިތުބާރު ނެތްކަމުގެ މައްސަލަ އަނބުރާ ގެންދިޔައިރު މަޖިލީހުން ވަނީ އަލުން މަގާމަށް އައްޔަނު ކުރި ވަޒީރުންގެ ރުހުން ހޯދުން ތަޅުމުގައި ޕާކުކޮށްފަ އެވެ. އޭގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަޖިލިސް ތަޅުމަށް ހާޒިރުކޮށް ސުވާލު ކުރެވޭ ގޮތަށް ގަވައިދު ބަދަލު ކުރުމުގެ މަސައްކަތް އެމްޑީޕީން ވަނީ ފަށާފަ އެވެ.

މީގެއިތުރުން ރައީސް ޑރ. މުހައްމަދު މުއިއްޒު އަޒުލު ކުރުމަށް މަޖިލީހަށް ހުށަހަޅާނެކަމަށް ބުނެ އެމްޑީޕީން ގެންދަނީ ސަރުކާރަށް އެ ޕްރެޝަރ ވެސް ދެމުންނެވެ. އަދި މެމްބަރުން ގުނުމުގައި 87 އަށް ބެލިނަމަވެސް އެ ޕާޓީއަށް ސޮއި ހަމަވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: