ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލިސް އިންތިހާބަށް ވޯޓު ފޮށި ބަހައްޓާނީ ދެ ގައުމެއްގައި އެކަނި!

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން ބައްދަލުވުމެއްގައި
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވޯޓު ފޮށި ބަހައްޓާނީ ރާއްޖެއިން ބޭރުގެ ދެ ގައުމެއްގައިކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފި އެވެ.

އިންތިހާބުތަކާއި ބެހޭ އާންމު ގާނޫނަށް ގެނައި އިސްލާހާއި އެކު ރޯދަ މަހަށް ފަހު ބާއްވާ އިންތިހާބަށް ވޯޓު ފޮށި ބެހެއްޓުމަށް ހަމަޖެހިފައި ވަނީ މެލޭޝިއާގެ އިތުރުން ސްރީލަންކާގަ އެވެ. ދިވެހިން ދިރިއުޅޭ ގިނަ ގައުމުތައައް ހުރިނަމަވެސް ވޯޓު ފޮށި ބެހެއްޓޭ ގޮތެއް ނުވީ ބޭނުންވާ އަދަދަށް ސީލިން ހަމަނުވުމުންނެވެ. އެ ގައުމެއްގައި ވޯޓު ފޮއްޓެއް ބެހެއްޓޭނީ ވޯޓުލުމަށް ބޭނުންވާ 150 މީހަކު ރެޖިސްޓްރީ ކުރުމުންނެވެ.

ކުރިން ކޮމިޝަނުން ވޯޓު ފޮށި ބެހެއްޓުމަށް ނިންމި ގައުމުތަކުގެ ތެރޭގައި އިންޑިއާ، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)، އިނގިރޭސިވިލާތުގެ އިތުރުން ތައިލެންޑު ހިމެނެއެއެވެ. އެހެން ނަމަވެސް މިހާރު ނިންމާފައި ވަނީ މި ގައުތަކުގައި ވޯޓު ފޮށި ނުބެހެއްޓުމަށެވެ. އެހެންވެ އަނެއްކާވެސް އީސީން ވަނީ އެ ގައުމުތަކުގައި ދިރިއުޅޭ ރައްޔިތުން އެހެން ތަނެއްގައި ވޯޓުލާން ރީ – ރެޖިސްޓްރީއަށް ހުޅުވާލާފަ އެވެ.

އީސީން ބުނީ އެ ކޮމިޝަނުން ދޭ މުއްދަތުގައި ރެޖިސްޓްރީ ނުކުރާނަމަ، ދެން އެ ފަރާތަކަށް ވޯޓު ލެވޭނީ ރަށްވެހިވެފައިވާ ރަށުގައި ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ އިންތިހާބަށް ރީ ރެޖިސްޓްރީއަށް ހުޅުވާލި ދާއިރާތަކުގެ ތެރޭގައި ހިމެނެނީ ރިސޯޓުތަކާއި، ސިނާއީ މަސައްކަތް ކުރާ ސަރަހައްދުތަކުގެ އިތުރުން ބޭރު ގައުމުތައް ކަމަށެވެ. އަދަދު ހަމަ ނުވުމުގެ ސަބަބުން ވޯޓު ފޮށި ބެހެއްޓެން ނެތް 17 ރިސޯޓެއްގެ ވެއެވެ.

އިންތިހާބު ބާއްވާނެ ދުވަހެއް އަދި މިހާތަނަށް ޔަގީން ނުކުރެވޭއިރު، ކޮމިޝަނަށް ތާރީހަކާއި މެދު މަޝްވަރާ ކުރެވޭނީ މަޖިލީހުން ފާސް ކުރި އިސްލާހު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވުމުންނެވެ. ރައީސް ޑރ. މުހައްމަދު ޔޫއޭއީއަށް ކުރައްވާ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ ހުކުރު ދުވަހު އެވެ. އެހެންކަމުން ބެލެވޭ ގޮތުގައި ބިލު ތަސްދީގު ކުރާނީ މި ފެށޭ ހަފްތާގެ އާދީއްތަ ދުވަހު އެވެ.

އާ ތާރީހެއް ކަނޑައެޅުމުން މިހާރު އެކުލަވާލާފައި އޮތް ވޯޓާސް ލިސްޓަށް ބަދަލު އަންނާނެ އެވެ. އެއީ އެ ތާރީހާއާއި ހަމައަށް އަލަށް 18 އަހަރު ވާ ކުދިން އޭގެ ތެރޭގައި ހިމެނޭނެތީ އެވެ.

ވަރަށް ގަދަ
60%ވަރަށް ގަދަ 40%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: