ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިޔާ ފްލެޓުތަކުގައި އިތުރު ލިފްޓުތައް ގާއިމްކުރުމަށް އެއްބަސްވުމުގައި ސޮއިކޮށްފި

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްގައިވާ ހިޔާ ފްލެޓުތައް: ފޮޓޯ: އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ހިޔާ ފްލެޓްތަކުގައި އިތުރު ލިފްޓުތައް ގާއިމްކުރުމަށްޓަކައި، މި ކޯޕަރޭޝަނުން ވަނީ ޝެންޔަންގް ޔުއާންޑ އިންޓެލެކްޗުއަލް ގުރޫޕް އާއިއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

އެޗްޑީސީން މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ ހިޔާގައި މުޅި ޖުމްލަކޮށް 32 އައު ލިފްޓް ބެހެއްޓިގެންދާނެކަމަށެވެ. އެ ކޯޕަރޭޝަނުން ބުނި ގޮތުގައި އެއީ ކޮންމެ ފްލެޓަކަށް އިތުރު ޕެސެންޖަރ އަދި ސްޓްރެޗަރ ލިފްޓެކެވެ.

މި މަޝްރޫއުގެ މަސައްކަތް މިހާރު ފެށިފައި ވާއިރު، މަސައްކަތް އެއް އަހަރު ދުވަސް ތެރޭ ނިމިގެންދާނެކަމަށް އެޗްޑީސީން ބުނެ އެވެ.

މި މަޝްރުއަކީ ހިޔާ ފްލެޓްތަކުގައި ދިރިއުޅެމުންދާ ފަރާތްތަކަށް ފްލެޓްގެ ދަތިކަން ދިމާވާތީ އެކަމަށް ހައްލެއް ގެނައުމަށް ކުރިއަށް ދެވޭ މަޝްރޫއެކެވެ.

މި ލިފްޓުތައް ގާއިމްކުރުމުން ލިފްޓަށް އެރުމަށް އޮންނަ ކިއޫ ކުޑަވެ، ލިފްޓް ގެ އިންތިޒާރުގައި ހޭދަކުރަންޖެހޭ ވަގުތު ކުޑަވެގެންދާނެއެވެ.

އެޗްޑީސީން ބުނީ އެ ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ރައްޔިތުންނަށް ވީހަވެސް ފަސޭހަ ވާނެހެން ކަންތައް ކޮށްދިނުމަށް ކަމަށެވެ.

ރިޔާސީ އިންތިހާބުގެ ވައުދުތަކާއި އެއްގޮތަށް ހިޔާ ސަރަހައްދުގައި ކަންކަން އިންތިޒާމުކޮށްދެއްވާނެކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. އެގޮތުން ހިޔާގެ ކޮންމެ ޓަވަރަކަށް ދެ ލިފްޓު އިތުރުކޮށްދެއްވާނެކަމަށް ވިދާޅުވިއެވެ. ރައީސް މުއިއްޒު ވިދާޅުވީ، 2024 ވަނަ އަހަރުގެ ބަޖެޓު ހެދުމުގެ މަރުހަލާގައި ތެރެއިން ހިޔާ ޓަވަރުތަކުގައި ލިފްޓު އިތުރުކުރުމަށް ހިމަނާފައިވާނެކަމަށެވެ. އެހެންކަމުން ކޮންމެ ޓަވަރަކަށް ދެ ލިފްޓު އިތުރުވާނެކަމަށާއި އެތަނުން އެއް ލިފްޓަކީ ސްޓްރެޗާރ އެރުވޭނެވަރުގެ ބޮޑު ލިފްޓެއްކަމަށް ފާޙަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: