ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުއްދަތު ހަމަވިއިރު މަޖިލިސް އިންތިހާބުގައި ވާދަކުރަން 300 އަށް ވުރެ ގިނަ ފޯމު!

ސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަންގެ މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ: ފޮޓޯ/ މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވާދަކުރުމަށް 300 އަށް ވުރެ ގިނަ ފޯމު ލިބިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

މީޑިއާތަކަށް މައުލޫމާތު ދެމުން އީސީން ބުނީ މުއްދަތު ހަމަވިއިރު، ކޮމިޝަނަށް ލިބުނު ފޯމުތަކުގެ އަދަދު 381 އަށް އަރާކަމަށެވެ. ކޮމިޝަނުން ބުނީ މިހާރު ކުރިޔަށް ދަނީ، ފޯމުތައް ބަލައި ވެރިފައި ކުރުމުގެ މަސައްކަތް ކަމަށެވެ.

ފޯމުތަކުގެ ސައްހަކަން ބެލުމަށް ފަހު، ކެންޑިޑޭޓުންނަށް ވީހާވެސް އަވަހަށް އެކަން އަންގާނެކަމަށް އީސީން ބުންޏެވެ.

މިއަދަށް ފޯމު ހުށަހެޅުން ހަމަވިއިރު، ބައެއް ފަރާތްތަކުން ވަނީ ވަގުތު އިތުރު ކުރުމަށް އެދިފަ އެވެ. އެއީ މަޖިލިސް އިންތިހާބު ރޯދަ މަހަށް ފަހު ބޭއްވުމަށް ގާނޫނަށް ގެނައި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސް ކުރުމުންނެވެ. އެކަމަކު ކޮމިޝަނުން ނިންމާފައި ވަނީ އިންތިހާބަށް ކަނޑައެޅި ޕްރޮސެސްތަކާއި ގުޅުން ހުރި އެއްވެސް ތާރީހެއް އަދި ވަގުތަކަށް ބަދަލު ނުގެނައުމަށެވެ.

މަޖިލީހުގެ ނިންމުން ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވުމުން ގާނޫނީ ގޮތުން ތަރީހާއި ގުޅޭގޮތުން ނިންމަން ޖެހޭ، ނިންމުންތައް މަޝްވަރާގެ މަތީން ކުރިޔަށް ގެންދާނެކަމަށް ކޮމިޝަނުން ވަނީ ބުނެފަ އެވެ.

ސިޔާސީ ޕާޓީތަކުގެ ތެރެއިން އެމްޑީޕީން ހަތަރު ދާއިރާއަކަށް ފިޔަވައި ހުރިހާ ދާއިރާއަކަށް ވާދަކުރެ އެވެ. އަދި ޕީއެންސީ ވެސް ބައެއް ދާއިރާތަކަށް ވާދަނުކުރާއިރު ޑިމޮކްރެޓްސް 41 ދާއިރާއަކަށް ވާދަކުރާނެ އެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ތާއީދުގައި 47 ކެންޑިޑޭޓުންނާއި، ޖުމްހޫރީ ޕާޓީން 11 ކެންޑިޑޭޓުން، އަދާލަތު ޕާޓީން ހަތަރު ކެންޑިޑޭޓުން އިންތިހާބުގައި ވާދަކުރެ އެވެ.

މަޖިލިސް އިންތިހާބަށް ކެންޑިޑޭޓުން ކަނޑައެޅުމަށް ޕީޕީއެން/ޕީއެންސީ އަދި އެމްޑީޕީ މަޖިލިސް ޕްރައިމެރީ ބޭއްވިއިރު ނާކާމިޔާބުވި ބައެއް ކެންޑިޑޭޓުން ވަނީ އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރަން ފޯމު ހުށަހަޅާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: