ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީ ދޫކޮށް ޕީއެންސީއަށް ސޮއި ކުރި ދެ މެމްބަރަކު އަމިއްލަ ގޮތުން މަޖިލީހަށް ވާދަކުރަނީ!

ކުރެންދޫ ދާއިރާގެ މެމްބަރު އަބްދުލްޣަނީ އަބްދުލްހަކީމް އަދި މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު ޕީއެންސީއަށް ސޮއި ކުރި ޖަލްސާގައި/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީ ދޫކޮށް ސަރުކާރުގެ މައިޕާޓީއާ ގުޅުނު ދެ މެމްބަރަކު އަމިއްލަ ގޮތުން ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވާދަކުރުމަށް ފޯމު ހުށަހަޅައިފި އެވެ.

މިދިޔަ ފަސް އަހަރު އެމްޑީޕީގެ މަޖިލިސް މެމްބަރުންގެ ގޮތުގައި ތިއްބެވި، 14 މެމްބަރެއް އެ ޕާޓީ ދޫކޮށް ޕީއެންސީއަށް ސޮއި ކުރި އެވެ. ޕާޓީން ބޭއްވި ބޮޑު ޖަލްސާއެއްގައި ސޮއި ކުރި އެ މެމްބަރުންގެ މައްޗަށް ރިޝްވަތުގެ ބޮޑެތި ތުހުމަތުތައް ކުރާއިރު ޕީއެންސީއާ މެމްބަރުން އެ ވާހަކަ ދޮގު ކުރެ އެވެ.

މެމްބަރުން ޕީއެންސީއަށް ސޮއި ކުރީ މަޖިލިސް އިންތިހާބުގައި ވާދަނުކުރާ ގޮތަށް އެހެން މަގާމަކަށްކަމަށް ވާހަކަ ދެކެވުނު ނަމަވެސް އިއްޔެ ވަގުތު ހަމަވިއިރު ފޯމު ހުށަހެޅި ކެންޑިޑޭޓުންގެ ތެރޭގައި ކުރެންދޫ ދާއިރާގެ މެމްބަރު އަބްދުލްޣަނީ އަބްދުލްހަކީމް އަދި މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު ހިމެނެ އެވެ.

އިންތިހާބުގައި ވާދަކުރަން ޣަނީ ފޯމު ހުށަހެޅީ، ކެންޑިޑެސީ ހުށަހެޅުމުގެ ފަހު ވަގުތު އެވެ. އަދި ޒަރީރު ފޯމު ހުށަހަޅާފައި ވަނީ އެއް ދުވަސް ކުރިންނެވެ.

އެމްޑީޕީން ތުހުމަތު ކުރި ގޮތުން، ސަރުކާރާ އެ ޕާޓީގެ މެމްބަރުން ގުޅުނު ބައެއް ސަބަބުތަކުގެ ތެރޭގައި ޕްރައިމެރީއަކާ ނުލައި ޓިކެޓު ނުދިނުން ހިމެނެ އެވެ. އެކަމަކު، އެބޭފުޅުން ޕީއެންސީއަށް ސޮއި ކުރިއިރު އެމްޑީޕީން ޕްރައިމެރީގައި ވާދަކުރުމަށް ހުޅުވާލި ފުރުސަތުގެ މުއްދަތު ވެސް އޮތީ ހަމަވެފަ އެވެ.

ޕީޕީއެމް/ޕީއެންސީން މަޖިލިސް އިންތިހާބަށް ޕްރައިމެރީ ބޭއްވިއިރު، ނާކާމިޔާބުވި ގިނަ ކެންޑިޑޭޓުން އަމިއްލަ ގޮތުން ވާދަކުރަން ފޯމު ހުށަހެޅި އެވެ. އަދި ބައެއް ކެންޑިޑޭޓުން ވަނީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ތާއީދުގައި ވެސް ފޯމު ހުށަހަޅާފަ އެވެ.

ޕްރައިމެރީން ނާކާމިޔާބުވުމަށް ފޯމު ހުށަހެޅި ބައެއް ބޭފުޅުންގެ ތެރޭގައި ހުރާ ދާއިރާއަށް ވާދަކުރުމަށް މަކުނުދޫ ދާއިރާގެ ކުރީގެ މެމްބަރު އަނާރާ ނައީމް، ހުޅުމާލެ ދެކުނު ދާއިރާގެ ޕްރައިމެރީން ނާކާމިޔާބުވި، ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ހިމެނެ އެވެ.

ވަރަށް ގަދަ
31%ވަރަށް ގަދަ 25%ވަރަށް ގަޔާވޭ 25%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 6%ވަރަށް ދެރަ 13%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: