ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޗައިނާގެ ޝިއަމެން އެއާލައިން އިން އެ ގައުމުގެ ފުޖިއަން ޕްރޮވިންސްއިން ރާއްޖެއަށް ސީދާ ދަތުރުތައް ފަށައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ޗައިނާގެ ޝިއަމެން އެއާލައިން އިން އެ ގައުމުގެ ފުޖިއަން ޕްރޮވިންސްއާއި ރާއްޖެއާއި ދެމެދު ސީދާ ދަތުރުތައް ފަށައިފިއެވެ.

ޗާޓަރު ދަތުރުތަކެއްގެ ގޮތުގައި ފަށާފައިވާ މި ދަތުރުތަކުގެ ސަބަބުން ޗައިނާ މާކެޓްގައި ހަރަކާތްތަކާއި ފްލައިޓް ކަނެކްޓިވިޓީ އިތުރުރުވެ ޗައިނާ ފަތުރުވެރިންގެ އަދަދު މި އަހަރު އިތުރުކުރެވޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރްރީއިން ހާމަކުރެއެވެ.

ޝިއަމެންގެ ފުރަތަމަ ފްލައިޓް އިއްޔެ ރާއްޖެ އައިސްފައިވާއިރު، އެއެއަރލައިންއަށް މަރުޚަބާ ކިޔުމަށް އިއްޔެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ވަނީ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ޓުއަރިޒަމް މިނިސްޓަރ އިބްރާހިމް ފައިސަލް ބައިވެރިވެވަޑައިގެންނެވިއެވެ. ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ފައިސަލް ވިދާޅުވީ މިއީ ފަތުރުވެރިކަމުގެ ސިނާއަތަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

ކޮވިޑަށް ފަހު މިދިޔަ އަހަރުގެ ޖެނުއަރީގައި އަލުން ޗައިނާގެ ފަތުރުވެރިން ރާއްޖެ އަންނަން ފެށިއިރު، މިދިޔަ އަހަރު އެ ގައުމުން 187،125  ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވެ އެވެ.

މިއަހަރުގެ މިހާތަނަށް ޗައިނާ އިން 40،892 ފަތުރުވެރިން އައިސްފައިވާއިރު އެއީ ރާއްޖެ އަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވާ ގައުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: