ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މ. ދިއްގަރުން ހޯމް ސްޓޭ ޓުއަރިޒަމްއަށް ފެށުމެއް!

މުލަކު އަތޮޅު ދިއްގަރު
ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ އަހަރު ފެށުމަށް ހަމަޖެހިފައިވާ ހޯމް ސްޓޭ ޓުއަރިޒަމް މުލަކު އަތޮޅު ދިއްގަރުން ފެށުމަށް ނިންމާފައިވާކަމަށް ޓުއަރިޒަމް މިނިސްޓްރީއިން ބުނެފިއެވެ.

ހޯމް ސްޓޭ ތައާރަފު ކުރުމުގެ ގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓްރީއިން ބުނީ ހޯމް ސްޓޭ ތައާރަފް ކުރެވުމަކީ ސަރުކާރުގެ އެޖެންޑާގައިވާ ޖަޒީރާ ރާއްޖެ ގެ ދަށުން ވެވިފައިވާ ވައުދު ފުއްދިގެންދާނެ މަސައްކަތެއްކަމަށެވެ.

ޕްރެސްގައި ވާހަކަ ދައްކަވަމުން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ވިދާޅުވީ 2021 ވަނަ އަހަރު ނިމިގެންދަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ. އެގޮތުން ޖެހިގެން އައި ދެ އަހަރު ވޯލްޑްސް ލީޑިންގ ޑެސްޓިނޭޝަން ގެ އެވޯޑު ރާއްޖެއަށް ލިބިފައިވާ އިރު، މި އަހަރު ރާއްޖެއިން ވަނީ ފާހަގަކޮށްލެވޭ ވަރުގެ ކުރިއެރުންތައް ހޯދައިފައި ކަމަށް ވިދާޅުވިއެވެ.

އެންމެ ގިނަިއން ދެކެވޭ އެއް ވާހަކައަކީ ރާއްޖެއަކީ ފަތުރުވެރިންނަށް ކަމުދާ މަންޒިލަކަށް ވީ ނަމަވެސް އަގުބޮޑު ވުމާއި އެކު ދަތިތަކެއް ހުރި ކަމަށް ބުނެ ދެކެވޭވާހަކަތައްކަން ފާހަގަކުރެއްވިއެވެ. ލޯކަލް ޓުއަރިޒަމް ތައާރަފްވުމާއު އެކު މި އަގު ކުޑަ ވެގެން ދިޔަ ކަމަށާއި ހޯމް ސްޓޭ ތައާރަފުވުމުން އެއަށްވުރެ ވެސް އަގު ކުޑަވެގެންދާނެ ކަމަށް މިނިސްޓްރީއިން ލަފާކުރެއެވެ. މިއާއިއެކު ރާއްޖޭގެ ޓުއަރިޒަމްއަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ފާހަގަކުރިއެވެ.

ހަމައެއާއި އެކު ދިއްގަރުގައި ހޯމް ސްޓޭ ޓުއަރިޒަމް ތައާރަފް ކުރެވިގެންދާއިރު، ދިއްގަރުގެ ރައްޔިތުން މިކަމުގައި ބައިވެރިވުމަށް ތައްޔާރަށް ތިބިކަމަށް މިނިސްޓްރީއިން ބުނިއެވެ. އެގޮތުން މިނިސްޓްރީގެ ޓީމް އެއް ރަށަށް ޒިޔާރަތްކުރުމާއި އެކު، ދިން ހޫނު މަރުހަބާއާއި، ރައްޔިތުންގެ މެހުމާންދާރީ އަދާކުރުމުގެ މަންޒަރު ފެނިފައި މުޅި ރަށް ފަތުރުވެރިކަމުގެ ސިނާއަތުގައި ޝާމިލުވުމަށް ތައްޔާރުވެފައިވާ މިންވަރު ހާމަވާ ކަމަށް ވެސް މިނިސްޓްރީއިން ބުނެއެވެ.

ދިއްގަރުގައި މިވަގުތު ޓުއަރިޒަމްގެ އެއްވެސް ކަމެއް ނެތް ނަމަވެސް ރަށުގައި އަންނަ އަހަރުން ފެށިގެން 20 އެނދުގެ ކެޕޭސިޓީއަކާއި އެކު ހޯމް ސްޓޭ ޓުއަރިޒަމް ތައާރަފުކުރެވިގެންދާނެއެވެ. އަދި އަމާޒަކީ އަހަރު ނިމުމުގެ ކުރިން ހަމައެކަނި ދިއްގަރުގައި 200 އެނދުގެ ކެޕޭސިޓީއެއް ގާއިމުކުރުން ކަމަށްވެސް މިނިސްޓްރީއިން ވަނީ ހާމަކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: