ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއަހަރުގެ ތެރޭގައި މާފުށީގައި ޑޮލަރު އޭޓީއެމް ބެހެއްޓޭނެ: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކ. މާފުށިގައި ޑޮލަރު އޭޓީއެމް ބެހެއްޓުމުގެ މަސައްކަތަށް ބޭންކް އޮފް މޯލްޑިވްސްއާއި އެކު މަޝްވަރާކޮށް އަމާޒަކީ މިއަހަރު ޑޮލަރު އޭޓީއެމް ރަށުގައި ބެހެއްޓުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ލޯކަލް ޓޫރިޒަމް އެންމެ ބޮޑަށް ކުރިއަރާފައިވާ ކ. މާފުށީގައި ޑޮލަރު އޭޓީއެމްއެއް ބެހެއްޓުމަށް އެ ރަށުގައި ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ރައީސް މުއިއްޒު ވައުދުވެވަޑައިގެންފައި ވެއެވެ. އަދި ރަށަށް ބޭނުންވާ ބިން އިތުރު ކުރުމަށް، ވައުދުވީއިރު ދައުރު ހަމަވުމާ ގާތްވުމުން އެ މަސައްކަތް ކުރިޔަށް ގެންދިއުމުގެ ވިސްނުން ހުރީތޯ ރަށުގެ ރައްޔިތަކު ވަނީ ސުވާލުކޮށްފަ އެވެ.

އެހެންވެ އޭނާ އެދުނީ ރަށުގެ ތަރައްގީއަށް ރައީސްގެ ވައުދުތައް ތަންފީޒު ކުރުމުގެ އަމަލީ މަސައްކަތް ފެށޭނެ ތާރީހެއް ދެއްވުމަށެވެ. ޖަވާބުގައި ރައީސް ވިދާޅުވީ މާފުށީގައި ޑޮލަރު އޭޓީއެމްއެއް ބެހެއްޓުން އެއީ ކޮންމެހެން ކުރަންޖެހޭކަމެއްގެ ގޮތުގައި އެމަނިކުފާނު ގަބޫލު ކުރައްވާ ކަމަށެވެ.

ރައީސް ވިދާޅުވީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އެކު ކުރަން ޖެހޭ މަޝްވަރާތައްކޮށް އަމާޒަކީ މި އަހަރު މާފުށީގައި ޑޮލަރު އޭޓީއެމް ބެހެއްޓުން ކަމަށެވެ.

އަޅުގަނޑުމެން ބޭންކް އޮފް މޯލްޑިވްސްއާ ވާހަކަ ދައްކައިގެން، އިދާރަކުރެއްވިއްޔާ އަމާޒަކީ މިހާރުގެ ތެރޭގައި ވީހާވެސް އަވަހަށް އޭޓީއެމް ބެހެއްޓުން..

މީގެއިތުރުން މާފުށީގެ ބިން ހިއްކުން މި އަހަރު ތެރޭ ސީދާ ނުފެށި ހިނގައިދާނެކަމަށާއި ތާރީހެއް ދެއްވަން ދަތި ނަމަވެސް އަމާޒަކީ ވީހާވެސް އަވަހަށް އެ މަސައްކަތް ފެށުންކަމަށް ރައީސް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: