ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންވެސްޓްމަންޓުތައް ގިނަވާން ފެށުމުން ޑޮލަރުގެ ތާށިކަން ހައްލު ކުރެވޭނެ: ރައީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު-- ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އިންތިސާދަށް ނަފާ ކުރާ ބޮޑު ބިޔަ މަޝްރޫއުތަކާއި އެކު ޑޮލަރު ލިބުމުގައި ހުރި ދަތިތަކަށް ހައްލު ގެނެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ އިގްތިސާދުގެ ތެރޭގައި ޑޮލަރު ދައުރުވާ މިންވަރު ދަށްވެ، ޑޮލަރުގެ ބޮޑު ކަޅު ބާޒާރެއް ވެސް ވަނީ އުފެދިފަ އެވެ. އަދި ބޭންކް އޮފް މޯލްޑިވްސް މީޑިއާތަކަށް ބުނެފައި ވަނީ ކާޑު ޓްރާންސެކްޝަންގެ ބޮޑު ލިމިޓޭޝަންއެއް ގެނައުމަށް އަޑުތައް ފެތުރުނަމަވެސް އެކަމުގައި ހަގީގަތެއް ނެތްކަމަށާއި ނަމަވެސް ރިވިއު ކުރަމުން ގެންދާކަމަށެވެ. މިއާއި އެކު ފިނޭންސް މިނިސްޓްރީން ވެސް ވަނީ ޑޮލަރު ބޭނުން ކުރެވޭ މިންވަރު 90 އިންސައްތައަށް ކުޑަކުރަން އުޅޭކަމުގެ ވާހަކަތައް ދޮގުކޮށްފަ އެވެ.

ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމާއި، އަދި ކުރިޔަށް އޮތް ރަމަޟާން މަހަށް ގިނަ ރައްޔިތުން އުމްރާގެ އަޅުކަމަށް ފުރުމަށް ތައްޔާރުވެފައިވާއިރު ޑޮލަރު ލިބުމުގައި ހުރި ދަތިތަކުގެ ޝަކުވާތައް ބޮޑެވެ. މިކަމަށް ގެންނާނެ ހައްލާއި ގުޅޭގޮތުން ”ރައީސްގެ ޖަވާބު“ ސެގްމެންޓުގައި އާންމުންގެ މީހަކު ސުވާލު ކުރުމުން ރައީސް މުއިއްޒު ވިދާޅުވީ އިގްތިސާދު ފުޅާކޮށް ރަނގަޅު ހަރުދަނާ އުސޫލުތަކާއި އެކު އެކަން ހައްލު ކުރެވޭނެ ކަމަށެވެ.

ރައީސް ވިދާޅުވީ އިންތިސާދަށް ނަފާ ކުރާ ބޮޑު ބިޔަ މަޝްރޫއުތައް ކުރިޔަށް އެބަހުރިކަމަށާއި އިންވެސްޓްމަންޓުތަކާއި އެކު ޑޮލަރު ލިބުމުގެ ދަތިތައް ނިމުމަކަށް އަންނާނެ ކަމަށެވެ.

އިރާދަކުރެއްވިއްޔާ ބިޔަ ބޮޑެތި މަޝްރޫއުތައް ހިނގަންފެށީމަ.. އަދި އިންވެސްޓްމަންޓުތައް ގިނަވާން ފެށީމަ އިރާކުރެއްވިއްޔާމު ޑޮލަރު ތިޔާގިވާނެ.. އަދި އިރާދަކުރެއްވިއްޔާ ޑޮލަރު ލިބޭލެއް އަވަސް ވާނެ

ޑޮލަރުގެ ތާށިކަމާއި ގުޅޭގޮތުން ފިނޭންސް މިނިސްޓްރީން ބުނީ  ރާއްޖޭގެ މާލީ އަދި އިގްތިސާދީ ހާލަތު ރަނގަޅުކޮށް، ދަރަނީގެ ހިރާސްތައް ކުޑަކޮށް، ބޭރު ފައިސާ ލިބުން ފަސޭހަކުރެވޭނެ މަގުފަހި ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުން ދާކަމަށެވެ. އަދި ސަރުކާރުން ވެރިކަމާއި ހަވާލުވިއިރު ގައުމަށް ކުރިމަތިވެފައިހުރި މާލީ ދަތިތަކުން އަރައިގަނެ، ރާއްޖޭގެ އިގްތިސާދީ ހާލަތަށް އަދި ރައްޔިތުންގެ ފުދުންތެރިކަމަށް ހެޔޮ ބަދަލެއް މި ސަރުކާރުން ގެނެސްދެއްވާނެ ކަމުގެ ޔާގިންކަން ރައްޔިތުންނަށް ދޭކަމަށް މިނިސްޓްރީން ބުންނެވެ.

ފިނޭންސްއިން ބުނެފައި ވަނީ އިގްތިސާދީ މައްސަލަތަކުގައި ރައްޔިތުން ކަންބޮޑުވާނެ ފަދަ މޭރުމަކުން ހަބަރުތައް ނުފެތުރުމަށާއި ޒިންމާދާރު ކަމާއެކު މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމަށް ރާއްޖޭގެ ހަބަރުފަތުރާ އެންމެހާ ފަރާތްތަކަށް އިލްތިމާސް ކުރައްވާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: