ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގުޅިފަޅު މަޝްރޫއު ކުރިޔަށް ގެންދަން ސުޕްރީމް ކޯޓުގެ އަމުރެއް

ގުޅިފަޅުން ގޯތި ދޫކުރަން ހަމަޖެހިފައިވާ ބިމެއް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ކ. ގުޅިފަޅު ހިއްކުން މަޝްރޫއު މަޑުޖައްސާލުމަށް ހައިކޯޓުން ނެރުނު އަމުރަށް އަމަލު ކުރުން މަޑުޖައްސާލުމަށް ސުޕްރީމް ކޯޓުން އަންގައިފި އެވެ.

އި ނެދަލެންޑްސްގެ ބޮސްކާލިސް ކުންފުންޏާ ހަވާލުކޮށްގެން ކުރިޔަށް ގެންދާ މި މަޝްރޫއުގެ ސަބަބުން ތިމާވެއްޓަށް ގެއްލުން ލިބެމުންދާކަމަށް ބުނެ ކޯޓަށް ފުރަތަމަ މައްސަލަ ހުށަހެޅީ އާންމުންގެ މީހެކެވެ. ތިމާވެށީގެ ކަންކަމުގައި ވަކާލާތު ކުރާ ހުމެއިދާ އަބްދުލްޣަފޫރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ވެސް ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައި ގުޅިފަޅު ހިއްކުން މަޑުޖައްސާލުމުގެ އަމުރެއް ނެރެދޭން އެދުނެވެ. އެކަމަކު އޭރު ކޯޓުން ނިންމީ އެފަދަ އަމުރެއް ނެރެދެވެން ނެތްކަމަށެވެ.

ފަހުން ހައިކޯޓަށް ހުށަހެޅި މައްސަލައިގައި އެ ކޯޓުން ވަނީ އަމުރެއް ނެރެ، ވަނީ އެދިފައިވާ ގޮތަށް ވަގުތީ އަމުރެއް ނުނެރެފި ނަމަ ތިމާވެށި ހަލާކުވުމުގެ ސަބަބުން މައްސަލަ ހުށަހެޅި ފަރާތާއި އާންމުންނާއި އަންނަން އޮތް ޖީލުތަކަށް އިއާދަ ނުކުރެވޭ ގެއްލުންތައް ލިބިގދާނެ ކަމަށް ބުނެފަ އެވެ. އަދި ހުކުމުގައިވާ ގޮތުން މަޝްރޫއު ހުއްޓިއްޖެ ނަމަ ލިބޭ މާލީ ގެއްލުންތަކަށް ބަލާއިރު ތިމާވެއްޓަށް ލިބެން އޮތް ނުވަތަ ލިބިދާނެކަމަށް ބެލެވޭ ގެއްލުންތައް މާ ބޮޑެވެ.

ފަނޑިޔާރު މުހައްމަދު ޝަނީޒް އަބްދުﷲ އާއި، ފަނޑިޔާރު ހުޒައިފާ މުހައްމަދު އަޣުލަބިއްޔަތުން އެ އަމުރު ނެރުނުއިރު މިއީ ކޯޓުން ބަސް ބުނަން ޖެހޭފަދަ މައްސަލައެއް ނޫންކަމަށް ރައުޔެއް ނެރުއްވީ ފަނޑިޔާރު މުހައްމަދު ނިޔާޒެވެ.

ފަނޑިޔާރު ނިޔާޒްގެ ރައުޔުގައި ވިދާޅުވެފައި ވަނީ، ތިމާވެއްޓަށް ގެއްލުންތައް ލިބެމުން ދާނަމަ އެކަން ފުރަތަމަ މިނިސްޓަރަށް ހުށަހަޅަން ޖެހޭކަމަށާއި މިކަމުގައި އެ ޝަކުވާތައް މިނިސްޓަރާއި ހަމައަށް ގެންދިޔަ ތޯ ނުވަތަ މިނިސްޓްރީގެ ނިންމުމަކީ ކޮބައިކަން ބަލަން ޖެހޭ ކަމަށެވެ.

މި މަޝްރޫއު މިގޮތަށް މަޑުޖެހިއްޖެ ނަމަ، ދައުލަތަށް ދުވާލެއްގެ މައްޗަށް އެތައް މިލިއަން ރުފިޔާއެއްގެ ގެއްލުން ލިބިގެންދާނެކަމަށް ބަންޑާރަ ނައިބުގެ އޮފީހާއި ޕްލޭނިން މިނިސްޓްރީގެ ކުރީގެ އިސްވެރިން ވަނީ ވިދާޅުވެފަ އެވެ. އެހެންވެ އިއްޔެ އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން ވަނީ، ހައިކޯޓުގެ އެންގުމަށް އަމަލު ކުރުން މަޑުޖައްސާލަން އަންގާފަ އެވެ.

ސުޕްރީމް ކޯޓުގެ އެންގުމުގައި ވަނީ ހައިކޯޓުގެ ގަޟިއްޔާއިން ކުރި ހުކުމް ތަންފީޒު ކުރުން މިވަގުތު ފަސްނުކޮށްފި ނަމަ އޭގެ ސަބަބުން ދައުލަތަށް ލިބޭނެ ގެއްލުން އިންތިހައަށް ބޮޑުވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އެކަން ފާޅުކަން ބޮޑުގޮތަކަށް ފެންނަން އޮތުމާ އެކު އެ ކޯޓުން ވަކި ގޮތެއް އަންގަން ދެން ނުވަތަ ސުޕްރީމް ކޯޓުން ގޮތެއް ނިންނަން ދެން ހައިކޯޓުގެ ހުކުމް ތަންފިޒު ކުރުމަށް އެއްވެސް ފިޔަވަޅެއް ނޭޅުމަށް އަންގާކަމަށް އަމުރުގައި ވެއެވެ.

މި އަމުރު ސުޕްރީމް ކޯޓުގައި ނެރުއްވީ ފަނޑިޠާރު އަޒްމިރަލްދާ ޒާހިރާއި، ފަނޑިޔާރު އަލީ ރަޝީދު ހުސެއިންގެ އޮތުރުން ފަނޑިޔާރު ހުސްނުއްސުއޫދެވެ.

ވަރަށް ގަދަ
75%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 25%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: