ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގުޅިފަޅު އެގްރިމެންޓުން ގެއްލުން ވަނީ ދައުލަތަށް، މިއީ ގައުމަށް ހެޔޮއެދޭ ބަޔަކު ކުރާނެކަމެއް ނޫން: މުއްތަލިބު

ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބަދުالله މުއްތަލިބު/ ފޮޓޯ: އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ގުޅިފަޅު ހިއްކުމުގެ މަޝްރޫއު ހަވާލުކޮށްފައި ވަނީ ދައުލަތަށް ގެއްލުންވާގޮތަށްކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.

ގުޅިފަޅު ހިއްކުމުގެ މަޝްރޫއު ކުރިޔަށް ގެންދަނީ، އެންވައިރޮމެންޓަލް އިމްޕެކްޓް އެސެސްމަންޓާ ހިލާފަށް ތިމާވެއްޓަށް ގެއްލުންވާގޮތަށްކަމަށް ބުނެ އާންމުންގެ މީހަކު ހައިކޯޓަށް މައްސަލައެއް ހުށަހެޅުމުން އެ ކޯޓުން ވަނީ އެ މަސައްކަތް މަޑުޖައްސާލަން އަމުރެއް ނެރެފަ އެވެ. މަޝްރޫއު ހުއްޓިފައި އޮންނަ ކޮންމެ ދުވަހަކު ދައުލަތަށް މިލިއަނުން ގެއްލުންވާނެތީ ބަންޑާރަ ނައިބުގެ އޮފީހުން އެ އެންގުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން، ވަނީ ވަކި ގޮތެއް އަންގަން ދެން ހައިކޯޓުގެ އަމުރަށް އަމަލު ކުރުން މަޑުޖައްސާލުމަށް އަމުރުކޮށްފަ އެވެ.

މި މައްސަލައިގައި ކުރީގެ ސަރުކާރުގެ ޕްލޭނިން މިނިސްޓްރީގެ ބައެއް އިސްބޭފުޅުން ތުހުމަތު ކުރީ، އަމުރު ނެރެފައި ވަނީ ސަރުކާރުގެ ނުފޫޒުން ކަމަށެވެ. އަދި އެއީ ރަސްމާލެ ޕްރޮޖެކްޓަށް އިސްކަން ދޭންކަމަށް ވެސް ތުހުމަތު ކުރި އެވެ. އެހެން ނަމަވެސް މި ސަރުކާރުން ވަނީ ގުޅީފަޅުން ހިއްކާ ސަރަހައްދު ބޮޑު ކުރުމަށް ވެސް ނިންމާފަ އެވެ.

ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފަހު، ކޮންސްޓްރަކްޝަން މިނިސްޓަރު މުއްތަލިބު ވިދާޅުވީ ހައިކޯޓުން މަސައްކަތް ހުއްޓާލުމަށް އަމުރު ނެރުނީ ސަރުކާރުން ބޭނުންވެގެންކަމަށް ބުނެ ރައްޔިތުންނަށް އޮޅުވާލުމަށް މަސައްކަތް ކުރީ ދައުލަތަށް ގެއްލުން ލިބޭ ގޮތަށް އެގްރިމަންޓު އެކުލަވާލި ފަރާތްތައް ކަމަށެވެ.

މުއްތަލިބު ވިދާޅުވީ ގުޅިފަޅު ހިއްކުމަށް ހެދި އެގްރަމަންޓަކީ ރާއްޖެއަށް ހެޔޮއެދޭ ބަޔަކު ކުރާނެ ކަހަލަ ކަންތަކެއް ނޫން ކަމަށެވެ.

ހައިކޯޓުން އިއްޔެ އަމުރު ނެރުމުން، ހައުސިން މިނިސްޓްރީގެ ސްޓޭޓަކަށް މިދިޔަ ސަރުކާރުގައި ހުންނެވި އަކްރަމް ކަމާލުއްދީން ވިދާޅުވީ ކޯޓަށް ނުފޫޒު ފޯރުވައި އެ އަމުރު ނެރެފައި ވަނީ ފުށިދިއްގަރު ހިއްކައިގެން ތަރައްގީ ކުރާ ރަސްމާލެއަކީ ކާމިޔާބު ޕްރޮޖެކްޓެއްކަމަށް ދެއްކުމަށް ކަމަށެވެ.

އަކްރަމް ވިދާޅުވީ މި މަޝްރޫއުއަށް އެއްވެސް ސަބަބަކާ ހުރެ ހުއްޓުމެއް އައިސްފި ނަމަ ދުވަހެއްގެ މައްޗަށް ބޮސްކާލިސްއަށް ތިންލައްކަ ޑޮލަރު ދައްކަން ޖެހޭނެ ކަމަށެވެ.

މައްސަލައިގައި ސުޕްރީމް ކޯޓުގެ އެންގުމުގައި ވަނީ ހައިކޯޓުގެ ގަޟިއްޔާއިން ކުރި ހުކުމް ތަންފީޒު ކުރުން މިވަގުތު ފަސްނުކޮށްފި ނަމަ އޭގެ ސަބަބުން ދައުލަތަށް ލިބޭނެ ގެއްލުން އިންތިހައަށް ބޮޑުވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އެކަން ފާޅުކަން ބޮޑުގޮތަކަށް ފެންނަން އޮތުމާ އެކު އެ ކޯޓުން ވަކި ގޮތެއް އަންގަން ދެން ނުވަތަ ސުޕްރީމް ކޯޓުން ގޮތެއް ނިންނަން ދެން ހައިކޯޓުގެ ހުކުމް ތަންފިޒު ކުރުމަށް އެއްވެސް ފިޔަވަޅެއް ނޭޅުމަށް އަންގާކަމަށް އަމުރުގައި ވެއެވެ.

މި އަމުރު ސުޕްރީމް ކޯޓުގައި ނެރުއްވީ ފަނޑިޠާރު އަޒްމިރަލްދާ ޒާހިރާއި، ފަނޑިޔާރު އަލީ ރަޝީދު ހުސެއިންގެ އޮތުރުން ފަނޑިޔާރު ހުސްނުއްސުއޫދެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: