ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖޭޕީގެ ޓިކެޓުގައި މަޖިލީހަށް ވާދަކުރަނީ 10 ކެންޑިޑޭޓުން!

ޖޭޕީގެ ޓިކެޓުގައި ވާދަކުރާ ބައެއް ކެންޑިޑޭޓުން
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވާދަކުރުމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން 11 ދާއިރާއަކަށް ފޯމުތައް ހުށަހަޅައިފި އެވެ.

ޖޭޕީން މައުލޫމާތު ދިން ގޮތުގައި ޕާޓީގެ ޓިކެޓުގައި ލީޑަރު ގާސިމް އިބްރާހިމް މާމިގިލި ދާއިރާއަށް ވާދަކުރައްވާއިރު ކުރީގެ ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ވާދަކުރައްވަނީ ހުޅުމާލެ ދެކުނަށެވެ.

  •  ގާސިމް އިބްރާހިމް – މާމިގިލީ ދާއިރާ
  •  އައިޝަތު ނަހުލާ – ހުޅުމާލެ ދެކުނު ދާއިރާ
  •  ޑރ. އަމީން އިބްރާހިމް – ހެންވޭރު ހުޅަނގު ދާއިރާ
  •  އަބްދުﷲ އަމީން – އުނގޫފާރު ދާއިރާ
  •  އަލީ ހުސައިން – ކެންދޫ ދާއިރާ
  •  އަޒްލީން އަހްމަދު – ދުވާފަރު ދާއިރާ
  •  އަބްދުﷲ އަހްމަދު – ތިނަދޫ އުތުރު ދާއިރާ
  •  ހުސައިން ޝަހުދީ – ނޮޅިވަރަމް ދާއިރާ
  •  ނިޝާމާ މުހައްމަދު – ދާންދޫ ދާއިރާ
  •  މުހައްމަދު ނަސީރު – އޭދަފުށީ ދާއިރާ

މަޖިލިސް އިންތިހާބުގައި ޖޭޕީގެ ޓިކެޓުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން، ނަހުލާއަކީ މިދިޔަ ސަރުކާރުގެ ޓްރާންސްޕޯޓު މިނިސްޓަރެވެ. ހުޅުމާލެ ދެކުނު ދާއިރާއަށް ނަހުލާ ވާދަކުރައްވާއިރު އެ ދާއިރާއަކީ މަޖިލީސް އިންތިހާބުގެ އެންމެ ވާދަވެރި އެއް ދާއިރާއަށް ވާނެ އެވެ.

މީގެއިތުރުން ޑރ. އަމީނަކީ ގާސިމާއި އެކު މިދިޔަ އަހަރުތަކުގައި އެންމެ ގާތްކޮށް މަސައްކަތް ކުރެއްވި 2023 ގެ ރިޔާސީ އިންތިހާބުގައި އޭނާގެ ރަނިންމޭޓެވެ. އަމީން މަޖިލީހަށް ވާދަކުރައްވާ މިއީ ފުރަތަމަ ފަހަރެވެ.

އުނގޫފާރު ދާއިރާއަށް ވާދަކުރައްވާ އަމީނަކީ، މިދިޔަ ސަރުކާރުގެ ހެލްތް މިނިސްޓަރެވެ. ކޮވިޑުގެ ތެރޭގައި އެކުލަވާލި ކޮމްޕަޔަންސް އޮޑިޓު ރިޕޯޓާއި ވެންޓިލޭޓަރުގެ ހިޔާނާތުގެ މައްސަލައިގައި އޭރު އެމްޑީޕީން އޭނާ ވަކި ކުރުމުގެ މަސައްކަތް ފެށުމުން އަމީން އިސްތިއުފާ ދެއްވީ އެވެ. އޭގެ ފަހުން ވެސް އަމީނަށް ތުހުމަތުކޮށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ދައުވާ އުފުލުމަށް ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހަށް ހުށަހެޅި އެވެ. އެހެން ނަމަވެސް ދައުވާ ސާބިތު ކުރެވޭ މިންވަރަށް ހެކި ނެތުމުން ކޮންމެ ފަހަރަކު ވެސް އެ އޮފީހުން މައްސަލަ އަނބުރާ ފޮނުވާލަނީ އެވެ.

ދުވާފަރު ދާއިރާއަށް ވާދަކުރެއްވުމަށް ފޯމު ހުށަހެޅުއްވި އަޒްލީނަކީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގެ ހޯމް މިނިސްޓަރެވެ. ރައީސް ޔާމީންގެ ވެރިކަން ބަދަލުވުމުން އޭރު ޖޭޕީއަށް ސޮއި ކުރެއްވި ގިނަ މެމްބަރުންގެ ތެރޭގައި އަޒްލީން ހިމެނެ އެވެ.

ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވާދަކުރުމަށް ފޯމު ހުށަހެޅުން މިއަދަށް ހަމަވިއިރު 295 މީހަކު ވަނީ ކެންޑިޑެސީ ހުށަހަޅާފަ އެވެ. 20 ވަނަ ރައްޔިތުންގެ މަޖިލީހަށް މެމްބަރުން ހޮވާނީ 93 ދާއިރާއަކަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: