ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސޭފްއައިލެންޑް ކޮންސެޕްޓްގެ މަސައްކަތް ކުރާއިރު، ޒަމީރު ގޮވާލީ ކްލައިމެޓް ފަންޑިން އަވަސްކޮށްދޭން!

ކްލައިމެޓް ފައިނޭންސް އާ ގުޅޭ ޕެނަލް ޑިސްކަޝަން
ޝެއާރކޮށްލާ ކަހަލަދޯ؟

މޫސުމަށް އަންނަ ބަދަލުތަކުގެ ނޭދެވޭ އަސަރު އެންމެ ބޮޑަށް ކުރާ ގައުމުތަކުގެ ތެރޭގައި ހިމެނޭ ރާއްޖެއަށް ކްލައިމެޓް ފަންޑިން ލިބޭނެ މަގުފަހިކޮށްދޭން ފޮރިން މިނިސްޓަރު މޫސާ ޒަމީރު ގޮވާލައިފި އެވެ.

ޖާމަނީގެ މިޔުނިކްގައި ކުރިޔަށް ދާ ސެކިއުރިޓީ ކޮންފަރެންސްގެ ތެރެއިން ބޭއްވި ޕެނަލް ބައްދަލުވުމުގައި ޒަމީރު ވިދާޅުވީ ރާއްޖެއަކީ މަދު އާބާދީއްއެއްގެ ގައުމެއްކަމަށާއި، އަދި ހިފަހައްޓަމުން ދަނީ ތިމާވެއްޓާއި ރައްޓެހި ސިޔާސަތުތަކެއް ކަމަށެވެ.

އިޔާދަކުރުވަނި ހަކަތަ ހިމެނޭހެން، ތަފާތު އެކި މަޝްރޫއުތަކުގެ ތެރެއިން މަސައްކަތް ކުރަމުންދާއިރު ޒަމީރު ވިދާޅުވީ ބައެއް މަސައްކަތްތަކުން ފައިދާވާނެކަން ބޭންކުތަކާއި އިންވެސްޓްމަންޓް ޕްރައިވެޓް ސެކްޓާތަކަށް ވިސްނައިދިނުން އުނދަގޫ ކަމަށެވެ.

ޒަމީރު ވިދާޅުވި ގޮތުގައި ކޮންމެ ފަހަރަކު ރާއްޖެއިން ޖެހެނީ، އެއީ ފައިދާވާނެ ނަފާ ހުރި މަސައްކަތެއްކަން ސާބިތުކޮށްދޭން ކަމަށެވެ. އެކަމަކު އެއީ ފަސޭހަކަމެއް ނޫންކަމަށް ޒަމީރު ވިދާޅުވި އެވެ.

ތިމާވެއްޓަށް ކުރާ އަސަރުތަކުގެ ސަބަބުން ކަނޑުގެ ލޮނުގަނޑު އުފުލި ދިވެހިން ގައުމު ދޫކޮށް ދާން ޖެހިދާނެކަމަށް ވާހަކަ ދެކެވުނު ނަމަވެސް ރައްޔިތުންތަކެއް ދިރިއުޅޭތާ 4000 އަހަރުވެފައިވާ މި ބިން ދޫކޮށް ފޮށިތަންމަތި ބަނދެގެން ދާން ޖެހޭ ހާލަތެއް ނާންނާނެކަމަށް ޒަމީރު ވިދާޅުވި އެވެ.

މީގެއިތުރުން ޒަމީރު ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ސޭފް އައިލެންޑް ކޮންސެޕްޓްގެ ދަށުން އިޔާދަކުރުވަނި ހަކަތައިން ކަރަންޓު ބޭނުން ކުރާ މިންވަރު 33 އިންސައްތައަށް ހެދުމަށް މަސައްކަތް ކުރަމުން ކަމަށެވެ. އަދި އެކަމަށް ޕްލޭންތައް އެކުލަވާލާފައިވާއިރު، ފައިނޭންސިން ބޭނުންވާނެކަމަށް ޒަމީރު ވިދާޅުވި އެވެ.

މިކަންކަން ފާހަގަކޮށް ޒަމީރު ގޮވާލާފައި ވަނީ، ފައިންނޭންސް ނުވަތަ ފައިސާގެ އެހީ ލިބެން އޮތް މަގު ފަސޭހަކޮށްދިނުމަށެވެ.

ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ) ގެ ދުބާއީގައި ބޭއްވި ކޮންފަރެންސް އޮފް ދަ ޕާޓީސް ޓު ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ކޮޕް28) ބައްދަލުވުމުގައި ވެސް ރާއްޖެއިން ވަނީ މޫސޫމީ ބަދަލުތަކުން ރާއްޖެއަށް ކުރާ އަސަރުތައް ކުޑަކުރުމަށް މަޝްވަރާތައް ކުރިޔަށް ގެންގޮސްފަ އެވެ. މި ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ، ދިރިއުޅެވޭނެ ގޮތްތައް ބިނާކުރުމަށްޓަކައި އެކަށީގެންވާ މާޙައުލީ ނިޒާމެއްގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ، މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުމުން އަރައިގަތުމަށް އެހީތެރިވާ ލޮސް އެންޑް ޑެމޭޖް ފަންޑުގެ ބޭނުން ހެޔޮ ގޮތުގައި ހިފޭނެ މަގުފަހިވެގެންދާނެ ކަމަށާއި، އެންމެ ބޮޑަށް ބޭނުން ޖެހިފައިވާ ފަރާތްތަކަށް ފަންޑުގެ މަދަދު ފަސޭހައިން ހޯދޭނެ ގޮތްތައް ފަހިވެގެންދާނެކަމަށް އުންމީދު ކުރައްވާކަމުގައި ވިދާޅުވެފައެވެ.

2019 ވަނަ އަހަރު ބޭއްވި އދ ގެ 74 ވަނަ އަންމު މަޖިލީހުގެ ޖަލްސާގައި ރާއްޖެއިން ވަނީ 2030 ވަނަ އަހަރު އަންނަންވާއިރަށް ނެޓް ޒީރޯއަށް ވާސިލުވުމަށް ނިންމާފައިވާކަމުގެ އުންމީދީ ޕްލޭން ހާމަކޮށްފައެވެ.

ރާއްޖެއަކީ ޕާލޭ ފޮރ ދަ އޯޝަންސް ”ފިއުޗަރ އައިލެންޑް ނޭޝަން“ ޕްރޮގްރާމުގެ ފައުންޑިން މެންބަރެއްގެ ގޮތުގައި އޮވެ ”ސިންގަލް ޔޫސް ޕްލާސްޓިކް“ ބޭނުން ކުރުން މަދުކުރުމަށް އެތައް ފިޔަވަޅުތަކެއް އަޅައި 2023 ވަނަ އަހަރުގެ ނިޔަލަށް އެއް ފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ބޭނުން ކުރުން ހުއްޓާލަން އަމާޒު ކަނޑައަޅާފައިވާ ގައުމެއްކަން ފާހަގަ ކުރެވެ އެވެ.

ރާއްޖޭގެ، ”ކްލައިމެޓް ސްމާޓް ރެސިލިއަންޓް އައިލެންޑް އިނިޝިއޭޓިވް“ މޮޑެލްގައި މައިގަނޑު 11 ދާއިރާއެއް ހިމެނޭއިރު، މި މޮޑެލްއަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރި ޖަޒީރާ ގައުމުތަކަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަ ކުރުމަށް، އެފަދަ ގައުމުތަކަށް ހާސިލު ކުރެވޭނެ ފަދަ ލަނޑުދަނޑިތައް ހިމަނައިގެން ވަށާޖެހޭ ފިޔަވަޅުތަކެއްގެ މައްޗަށް ބިނާވެފައިވާ މޮޑެލްއެކެވެ. މި ޕްލޭންގައި އެންމެ އިސްކަމެއް ދެނީ ތިމާވެށީގެ ގޮތުން މުއްސަނދި ސަރަހައްދުތައް ހިމާޔަތްކޮށް، އިއާދަ ކުރަނިވި ހަކަތައިގެ ވަސީލަތްތަކަށް އަވަހަށް ބަދަލުވެ، ނާޒުކު އިކޯސިސްޓަމްތައް ދެމެހެއްޓެނިވި މުޖުތަމައަކާ އެއްގޮތަށް ބިނާކުރުމަށެވެ

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: