ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކެބިނެޓާއި، މަގާމުތަކަށް އައްޔަނު ކުރަންވީ މީހުންގެ ނޯޓެއް ރައީސް މުއިއްޒަށް ދީފައި ނުވާނެ: ޔާމިން

ރައީސް އަބްދުﷲ ޔާމީން ޕީއެންއެފްގެ ސިޔާސީ ހަރަކާތެއްގައި/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ޕީޕީއެމް/ޕީއެންސީގެ ވެރިކަމަށް އުފެދި، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންފި ނަމަ މަގާމުތަކަށް އައްޔަނުކޮށް ކެބިނެޓަށް ގެންނަން ފެންނަ ބޭފުޅުންތަކެއްގެ ނަންތަކުގެ އެއްވެސް ނޯޓެއް ދުވަހަކު ވެސް ފޮނުވާފައި ނުވާނެކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ކެބިނެޓާއި ގުޅޭ ލަފާތައް ދެއްވައި، މަގާމުތަކަށް އައްޔަނު ކުރަންވީ ކޮން ބައެއްކަން ރައީސް ޔާމީން އިރުޝާދުދެއްވިކަމަށް ބުނެ ޕީޕީއެމް/ޕީއެންސީގެ ތެރޭގައި ތުހުމަތުތައް ކުރެވުނެވެ. އަދި ރައީސް ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަނުކުރެވޭނެކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުމަށް، ސުޕްރީމް ކޯޓުން ތާއީދު ކުރުމުން އޭގެ ފަހުން ޖަލުން އައި ނޯޓުތަކަކަށް މީޑިއާތަކުގެ ސަމާލުކަން ހުއްޓުނެވެ.

އޭގެ ކުރިން ވެސް ޕާޓީގެ ކަންކަމުގެ މައްޗަށް، ރައީސް ޔާމީން ނޯޓު ފޮނުވަމުން ގެންދެވިކަމަށާއި އަދި ރައީސް މުއިއްޒު ވެރިކަމަށް އައުމަށް ޝައުގު ހުރުމުގެ ސަބަބުން ރައީސް ޔާމީން އެކަން ހުއްޓުވުމަށް މަސައްކަތް ކުރިކަމުގެ އަޑުތައް ފެތުރުނެވެ.

ޕީއެންއެފް – ފްރަންޓް އޮފީސްގައި ކުރިޔަށް ގެންދާ ސިލްސިލާ ޖަލްސާތަކުގައި ރައީސް ޔާމީން ގެންދަވަނީ ބައިވެރިވެވަޑައިގެން ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އެމަނިކުފާނުގެ ތާއީދުގައި ވާދަކުރާ ކެންޑިޓުންނާ ބައްދަލު ކުރައްވަމުންނެވެ. މި ޖަލްސާތަކުގައި ރައީސް ޔާމީން ކެންޑިޑޭޓުންނާ ސިޔާސަތުތަކާ ގުޅޭގޮތުން ސުވާލު ކުރެއްވުމުގެ ކުރިޔަށް، އެމަނިކުފާނުގެ ވިސްނުމެއް އެކަމަކާ މެދު ހުންނަ ގޮތެއް ހާމަކުރައްވަ އެވެ.

މަޖިލިސް އިންތިހާބުގައި ޕީއެންއެފްގެ ކެންޑިޑޭޓެއްގެ ގޮތުގައި، އަމިއްލަ ގޮތުން ވާދަކުރައްވާ ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނޭ އާދަމް ޝަމީމްއަށް ރައީސް ޔާމީން ކުރެއްވީ އެމަނިކުފާނު ފޮނުވާކަމަށް ބުނާ ނޯޓުތަކާ ގުޅޭގޮތުންނެވެ.

ގަނޫނީ ވަކީލުންނާއި އެކު ޝަމީމް ބައްދަލުވުންތަކަށް ވަޑައިގަންނަވާއިރު، ރައީސް ޔާމީން ސުވާލު ކުރެއްވީ އެމަނިކުފާނު ދުވަހަކު ވެސް ކެބިނެޓާ ގުޅުން ހުރި އިރުޝާދެއް ދެއްވާފައިވާނެ ތޯ އެވެ.

އާދަމް ޝަމީމަކީ ޖަލަށް ޒިޔާރަތް ކުރައްވާ ބޭފުޅަކަށް ވާތީ، އަދި ޕާޓީގެ ފަރާތުން އަޅުގަނޑުގެ ކައިރީގައި ލަފައަކަށް އަހާ ކަންކަން އަޅުގަނޑާ ހަމައަށް ގެންނަވާނެ.. އަދި އަޅުގަނޑު ދޭ ލަފައެއް އެބޭފުޅުންނަށް ދެއްވާ ބޭފުޅަކަށް ވާތީ އަޅުގަނޑު ދަންނަވާލާ ސުވަލެއް، މިއީ ރައްޔިތުންނަށް ސާފުކޮށްދިނުމަށްޓަކާ.. އެއްވެސް އިރެއްގަ، މުއާމަލާތެއްގަ ނުވަތަ މުއާސަލާތެއްގަ އަޅުގަނޑުމެންގެ ވެރިކަމެއް އުފެދިއްޖެ ނަމަ، ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތީމަ އަޅުގަނޑުގެ ލިސްޓެއް ދިޔަތޯ ސަރުކާރުގެ މަގާމުތަކަށާ، ކެބިނެޓަށް.. އަޅުގަނޑު އެ ދޭބޭފުޅުންނަށް.. އަޅުގަނޑުގެ ލިސްޓެއް ގޮސްފައި އޮވެދާނެތޯ..

ޖަވާބުގައި ޝަމީމް ވިދާޅުވީ، ރައީސް ޔާމީން އަބަދުވެސް ވިދާޅުވެފައި ވާނީ ޕާޓީގެ ސެނެޓުން ގޮތް ނިންމައި އެކަން އެމަނިކުފާނަށް ފޮނުވަންކަމަށެވެ. އަދި މިސާލެއްގެ ގޮތުގައި ދެއްކެވީ، ރައީސް ޔާމީންގެ ކެންޑިޑެސީ ފޯމު ހުށަހަޅަން ވެގެން އަދި ރިޔާސީ އިންތިހާބުގައި ރަނިންމޭޓެއްގެ ލަފާ ހޯދުމަށް ފޮނުވުމެވެ. އެހެން ނަމަވެސް ނަންތަކެއް ނުދެއްވައި، ލީޑާޝިޕުން އެއީ ރައީސް ޔާމީންގެ ނިންމުމަކަށް ހެއްދެވުމަށް ދެންނެވިކަމަށް އޭނާ ވިދާޅުވި އެވެ.

ޝަމީމް ވަނީ، ރައީސް ޔާމީން އެފަދަ އެއްވެސް އިރުޝާދެއް ނުދެއްވާކަމަށް ވިދާޅުވެފަ އެވެ.

ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ދުވަހުގެ ޖެހިގެން އައި ދުވަހު ރައީސް ޔާމީން ގޭބަންދަށް ބަދަލު ކުރިނަމަވެސް އޭގެ ފަހުން އެމަނިކުފާނާ ޕާޓީގެ އިސް ބޭފުޅުން ބައްދަލުވިކަން ސާފެއް ނޫނެވެ. އަދި ރައީސް ޔާމީނާ ޕާޓީގެ ލީޑާޝިޕް ދެމެދު ޖެހުނީ ސީދާ ކޮން މައްސަލައެއްކަން ދެ ފަރާތުން ވެސް ހާމައެއް ނުކުރެ އެވެ.

ވަރަށް ގަދަ
25%ވަރަށް ގަދަ 25%ވަރަށް ގަޔާވޭ 13%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 13%ވަރަށް ދެރަ 25%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: