ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގެ މާލީ ނިޒާމު ރަނގަޅު ކުރަން އަޅާ ފިޔަވަޅުތައް ހަރުދަނާ ވާނެ، ގޯސް ހާލަތެއް ނެތް: ސަރުކާރު

ފުޖިއާން ޕްރޮވިންސްގައި އިއްޔެ ބޭއްވި މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމްގައި ރައީސް ޑރ. މުއިއްޒާއި މިނިސްޓަރު ސައީދު މަޝްވަރާ ކުރައްވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ މާލީ ނިޒާމުގެ އިތުބާރު ގެއްލުވާލައި ރައްޔިތުންގެ ހިތްތަކުގައި ސުވާލުތަކާއި ނަފްރަތު އުފެއްދުމަށް ފަތުރަމުން ދަނީ އެއްވެސް އަސްލެއް ނެތް ވާހަކަތަކެއްކަމަށް ސަރުކާރުން ބުނެފި އެވެ.

ރާއްޖޭގެ އިގްތިސާދީ ހާލަތު ކަންބޮޑުވާން ޖެހޭ ދަރަޖައަށް ގޮސް، އިންޓަނޭޝަނަލް މަނިތަރީ ފަންޑު (އައިއެމްއެފް) ގެ ޕްރޮގްރާމެއްގައި ބައިވެރިވާން މަޖުބޫރުވެފައިވާކަމަށް ބުނެ ވާހަކަތައް ދަނީ ދެކެވެމުންނެވެ. އެ ތުހުމަތުތައް ދޮގުކޮށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވެސް ވިދާޅުވީ ރާއްޖޭގެ މާލީ އަދި އިގްތިސާދާއި މެދު ސުވާލު އުފެއްދުމަށް މަސައްކަތްކޮށް، ދޮގުތައް ފަތުރަނީ އެފަދަ މީހުން ބޭނުންވީ ހާލަތަށް ރާއްޖެ ނުވެއްޓުމުން ކަމަށެވެ. އަދި ވިދާޅުވީ ރާއްޖޭގެ އިގްތިސާދީ ހާލަތު ދަނީ ކުރިޔަށް ވުރެ ރަނގަޅުވަމުންކަމަށާއި، އައިއެމްއެފްގެ ޕްރޮގްރާމެއްގައި ބައިވެރިވާން ޖެހޭ ސަބަބެއް ނެތްކަމާށެވެ.

އިގްތިސާދީ ހާލަތާއި ގުޅުވައި ތަފާތު އެކި ވާހަކަތައް އަދިވެސް ދެކެވެމުންދާއިރު، މިއަދު ސަރުކާރުން އިނގިރޭސި ބަހުން އާންމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ މާލީ ހާލަތާއި ގުޅުވައި އަސްލެއް ނެތް ވާހަކަތަކެއް ދެކެވެމުންދާތީ އެކަން ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

ބަޔާނުގައި ބުނީ އެއީ އެއްވެސް އަސްލެއް ނެތް ތުހުމަތުތަކެއްކަމަށާއި، ސަރުކާރުން ކެންޑިނޭޅި މަސައްކަތް ކުރަމުން ދަނީ ފިކްސަލް ރީފޯމް ކުރުމުގެ ޕްލޭންގެ ދަށުން ކަމަށެވެ.

އިގްތިސާދު ރަނގަޅު ކުރުމުގެ ގޮތުން އިސްލާހީ އެޖެންޑާއެއްގެ މަސައްކަތް ފަށާފައިވާކަން ފާހަގަކޮށް ބަޔާނުގައި ބުނެފައި ވަނީ، ރައްޔިތުންނަށް ދޭން ޖެހޭ ހިދުމަތްތައް އެއްވެސް މެދުކެނޑުމެއް ނެތި ފޯރުކޮށްދޭނެކަމަށާއި މާލީ ގޮތުން ގޮންޖެހުންތަކެއް ނެތް ކަމަށެވެ.

ބަޔާނުގައި ބުނެފައި ވަނީ ދަތިތަކާއި އެކު ވެސް ރާއްޖެއިން އަޅަމުން ދަނީ ހަރުދަނާ ރަނގަޅު ފިޔަވަޅުތަކެއްކަން ބޭރުގެ ބައިނަލްއަޣުވާމީ މާލީ އިދާރާތްތަކުން ވެސް ބުނެފައިވާ ކަމަށެވެ. އެހެންކަމުން އިންވެސްޓަރުންނާއި ބޭރުގެ އިތުބާރު ހޯދުމުގެ މަސައްކަތް ކުރާ މިފަދަ ވަގުތެއްގައި ޝައްކު އުފެދޭ ގޮތަށް ވާހަކަތައް ނުފެތުރުމަށް ބަޔާނުގައި ގޮވާލި އެވެ.

މިދިޔަ ފަސް އަހަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް އެންމެ ބޮޑަށް ތުހުމަތު ކުރީ، ގެންގުޅުއްވާ ސިޔާސަތުތަކުގެ ސަބަބުން އިގްތިސާދީ ހާލަތު ގޯސްވެ ދަރަނިވެރިވަމުން ދާ ކަމަށެވެ. އަދި އެގޮތަށް ދިމާވީ ސަރުކާރުގެ ދޯހަޅި މާލީ ސިޔާސަތުތަކުގެ ސަބަބުންކަމަށް ތުހުމަތު ކުރި އެވެ. އެގޮތުން އަހަރު ނިމުނުއިރު ރާއްޖޭގެ ޖުމްލަ ދަރަނި 120 ބިލިއަނަށް އަރަ އެވެ. އެކަމާ ގުޅޭގޮތުން އޭރު ބައިނަލްއަޣުވާމީ މާލީ އިދާރާތަކުން ބަޔާންތައް އާންމު ކުރިނަމަވެސް ސަރުކާރުން ބުނެފައި ވަނީ އެފަދަ ހާލަތެއް ނެތްކަމަށެވެ.

އޭރު އިދިކޮޅުގައި އޮވެ، މިހާރުގެ ސަރުކާރުގެ މެމްބަރުން ވަނީ އެ ރިޕޯޓުތަކުގައި ވަނީ އަސްލު ނަމްބަރުތަކެއްކަމަށާއި އެކަމާ ކަންބޮޑުވާކަމަށް ބުނެފަ އެވެ.

އައު ސަރުކާރާއި އެކު ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ، މިދިޔަ ވެރިކަމުގައި މަނިތަރީގެ ގޯސް ޑިސިޕްލިންތަކެއް ގެންގުޅެފައިވާ ކަމަށެވެ. އަދި އޭގެ ސަބަބުން އިގްތިސާދަށް އޭގެ އަސަރުކުރިއިރު މި ސަރުކާރުން މަސައްކަތް ކުރަމުން ދަނީ އެ ހާލަތުން އަރައިގަތުމަށްކަމަށް ވިދާޅުވި އެވެ.

ރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅުވަމުންދާކަމަށް ބަޔާނުގައި ބުނެފައިވީ ނަމަވެސް، މަޖިލިސް ހުޅުވާދެއްވައި ރައީސުލްޖުމްހޫރިއްޔާ އިއްވި ރިޔާސީ ބަޔާނުގައި ވިދާޅުވީ ރާއްޖޭގެ އިގްތިސާދީ ހާލަތު އޮތީ ނާޒުކު ގޮތަކަކަށް ކަމަށެވެ. އޭގެ ފަހުން ތ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ވެސް، ކޮންމެ ރަށެއްގައި ވެސް އެމަނިކުފާނު ވަނީ މަޝްރޫއުތައް ތަރުތީބުކޮށް އިގްތިސާދު މިވަގުތު އޮތް ގޮތުގެ މައްޗަށް ވިސްނުން މުހިންމުކަމަށް ވިދާޅުވެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: