ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”ފަންނީ އުފާ“ ހަރަކާތް ކާމިޔާބު ކަމާއެކު ނިންމާލައިފި

ޒުވާނުންނަށް އަމާޒުކޮށްގެން މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އިން ކުރިއަށްގެންދާ "ފަންނީ އުފާ" ހަރަކާތުގެ ތެރެއިން/ފޮޓޯ: ޔޫތް މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ޒުވާނުންނަށް އަމާޒުކޮށްގެން މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އިން ކުރިއަށްގެންދާ “ފަންނީ އުފާ” ހަރަކާތްކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.

”ފަންނީ އުފާ“ ހަރަކާތް ފައްޓަވައިދެއްވީ ހުކުރު ދުވަހު ސޯޝަލް ސެންޓަރުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ޔޫތު މިނިސްޓަރ އިބްރާހިމް ވަހީދުއެވެ.

މި ހަރަކާތްތަކުގައި ޒުވާނުންގެ ހުނަރު ފެންނަ ގިނަ ސްޓޯލްތަކެއް ހުޅުވާފައި ހުރިއިރު ކުޑަކުދިންނަށް ހާއްސަ އާޓް އެކްޓިވިޓީއެއް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

މީގެ އިތުރުން ރޭގަނޑު ވަނީ  މިއުޒިކް ޝޯއެއް ވެސް ބާއްވާފައެވެ. މި ޝޯގައި ލަވަކިޔުންތެރިޔާ ޝަލަބީ އިބްރާހިމް، އޭނާގެ ބޭންޑް އަދި ހަރުބީ ބޮޑުބެރު ގްރޫޕް ވެސް ވަނީ ޕަފޯމްކޮށްފައެވެ.

ފަންނީ އުފާއަކީ ޒުވާނުންނަށް އަމާޒުކޮށްގެން ފަންނުގެ ދާއިރާއިން ޒުވާނުން ބާރުވެރިކުރުމަށް އަދި އެފަރާތްތަކުގެ ހުނަރު ގިނަ ބަޔަކަށް ދައްކާލުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތްތަކެވެ.

މި ޕްރޮގްރާމުގެ ތެރެއިން މުޖުތަމައުގައި މިހާރު ނެތުމުން އަންނަ ދިވެހި ސަގާފަތް ކުރިއަރުވައި އާލާކުރުމަށްޓަކައި އެކުވެރި އުފާވެރި މާހައުލެއްގައި ހަރަކާތްތަކެއް ކުރިއަށް ގެންދިއުމުގެ ގޮތުން ބާއްވާ ހަރަކާތެކެވެ.

މިއީ ސިލްސިލާކޮށް ކޮންމެ މަހަކު އެއް ފަހަރު އޮންނަ ހަރަކާތެކެވެ. މި ހަރަކާތް މާލޭގެ އިތުރުން އަތޮޅު ތެރޭގައި ވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: