ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކެންޑިޑޭޓުންނަށް މަންދޫބުން އައްޔަން ކުރުމަށް ހުވާލައިފި

ފޮޓޯ: އިލެކްޝަން ކޮމިޝަން
ޝެއާރކޮށްލާ ކަހަލަދޯ؟

20 ވަނަ ރައްޔިތުންގެ މަޖިލީހުގައި ވާދަކުރާ ކެންޑިޑޭޓުންނަށް މަންދޫބުން އައްޔަނު ކުރުމުގެ ފުރުސަތު އިލެކްޝަން ކޮމިޝަނުން ހުޅުވާލައިފިއެވެ.

އިލެކްޝަން ކޮމިޝަންގެ ނައިބުރައިސް އިސްމާއިލް ހަބީބް އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ވޯޓުނެގުމާއި ވޯޓުގުނުމުގެ ކަންތައްތައް ހިނގާނުހިނގާ ގޮތް ބެލުމަށް، އެ ކެންޑިޑޭޓެއްގެ މަސްލަޙަތު ހިމެނޭ ކޮންމެ މަރުކަޒަކަށް ޝަރުތު ހަމަވާ 1 މަންދޫބަކު ޢައްޔަންކުރުމުގެ ފުރުޞަތު، ،2024 ފެބުރުވަރީ 24 ވާ ހޮނިހިރު ދުވަހުގެ 15:00 އާ ހަމައަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފައިވާ ކަމަށެވެ.

މަންދޫބުންގެ ހަމަވާންޖެހޭ ޝަރުތުތަކުގެ ތެރޭގައި:

  • 18 އަހަރު ފުރިފައިވާ ދިވެއްސެއް ކަމުގައިވުމާއި ޖިނާއީ ކުށެއްގައި ޙުކުމް ތަންފީޛުކުރެވެމުންދާ މީހެއް ކަމުގައި ނުވުން.
  • އިންތިޚާބާ ބެހޭ މަސައްކަތެއް ކުރުމަށް އީސީގެ ފަރާތުން ޙަވާލުވެގެން ހުރި މީހެއް ކަމުގައި ނުވުން.
  • ފަނޑިޔާރެއް ނުވަތަ މިނިވަން މުއައްސަސާއެއްގެ މެންބަރެއް/ވެރިއެއް ކަމުގައިނުވުން.
  • ދިވެހި ފުލުހެއް ނުވަތަ ސިފައިންގެ މީހަކު ކަމުގައިނުވުން. ކުށެއްގެ ތުހުމަތުގައި ބަންދުކޮށްފައި ހުރި މީހަކު ކަމުގައިނުވުން.
  • ސުލޫކީ މިންގަނޑާ ޚިލާފުވެގެން ފިޔަވަޅެއް އަޅައިފައިވާ މީހަކު ކަމުގައިނުވުން، ނުވަތަ އިންތިޚާބީ ކުށެއް ފާއިތުވި 5 އަހަރުދުވަހުގެ ތެރޭގައި ސާބިތުވެފައިވާ މީހަކު ކަމުގައިނުވުން.

ހަބީބް ވިދާޅުވެފައިވަނީ މަންދޫބުންނަށް އީސީން ދޫކުރާނީ ޑިޖިޓަލް ފާހެއްކަމަށާއި އަދި އެ މަންދޫބުން އީސީން ކުރިއަށްގެންދާ މައުލޫމާތުގެ ސެޝަން ފުރިހަމަކުރަންޖެހޭނެ ކަމަށެވެ.

ފޯމު ހުޅައެޅުމަށްފަހު 3004459 އަކަށް ގުޅުއްވާ މެއިލް އީސީއަށް ލިބިފައިވާކަން ކަށަވަރު ކުރަންޖެހޭނެ ކަމަށް ހަބީބް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: