ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުން މަސައްކަތްކުރަނީ މަޖިލީސް ހުއްޓުވާލުމުގެ ބާރު ހޯދުމަށް: އިންތި

މެމްބަރު އިމްތިޔާޒް ފަހުމީ: ފޮޓޯ/ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ބާރުތަކަށް އަރައިގަތުމަށް ރައީސް ޑރ މުހައްމަދު މުއިއްޒު މަސައްކަތް ކުރައްވަމުންދަވާކަމަށް މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ތުހުމަތުކުރައްވައިފިއެވެ.

ސަންގުޓީވީގެ ހަބަރަށްފަހު ޕްރޮގްރާމްގައި ރައްޔިތުންގެ މަޖިލީހުގެ ގަވައިދަށް ގެނައި އިސްލާހުގެ މައްސަލައަށް އަލިއަޅުއްވައި އިމްތިޔާޒް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ހުއްޓުމަކަށް ގެނެވޭނެ ފަދަ އަމުރުތައް ނެރުމުގެ ބާރު ހާސިލުކުރުމާއި ދިމާލަށް ސަރުކާރުން ވާސިލުވުމަށް މަސައްކަތް ކުރަމުންދާ މަންޒަރު ފެންނަ ކަމަށާއި އެއީ ކަންބޮޑުވާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީސް އެފަދަ ގޮތަކަށް ހުއްޓުވާލުމުން ސަރުކާރުން ނޭދެވޭ އަމަލުތައް ހިންގުން ހައްދެއް ނެތް މިންވަރަށް ދިއުމާއި ރައްޔިތުންގެ މަޖިލީހުން ޖަވާބު ދާރީކުރުމުގެ މަސައްކަތްތައް ނުކުރެވިދިއުމުގެ މައްސަލަ ފެންމަތިވެގެންދާނެކަމަށް އިންތި ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހަކުން ސަރުކާރެއް ޖަވާބުދާރީ ކުރުވުމުގެ މަސައްކަތްތައް ރަނގަޅު ފެންވަރެއްގައި ހަރުދަނާ ގޮތެއްގެ މަތިން ކުރިއަށް ގެންދިއުމަކީ ސަރުކާރުން އެންމެ ފަސްޖެހޭ އެއް ކަންތައް ކަމަށެވެ.

އިމްތިޔާޒް ވިދާޅުވީ، އެ މަސައްކަތްތައް މަޖިލީހުން އެކަށީގެންވާ ގޮތެއްގެ މަތިން ކުރާ ނަމަ ގިނަ ފަހަރުގެ މަތިން ސަރުކާރުތަކުން ޖެހިލުންވާކަން ފާހަގަކުރެވޭކަމަށެވެ. އޭނާ ވިދާޅުވީ، މަޖިލީހުގެ ބާރު ކުޑަކޮށްލުމާއި ނެގުމާއި ނެތިކޮށްލުމަކީ ބައެއް ޒާތުގެ ސަރުކާރުތަކުން ހިންގާ އަމަލެއްކަމަށާއި ޝަރުއީ ނިޒާމު މެދުވެރިކޮށް ނަމަވެސް އެ މަގުސަދު ހާސިލުކުރުމަށް މަސައްކަތްކުރާކަމަށް ހިއްސާކުރެއްވިއެވެ.

އޭނާ ވިދާޅުވީ، ރައީސް މުއިއްޒުގެ ސަރުކާރުންވެސް ހިންގާފައިވަނީ އެއްފަދަ އަމަލެއްކަމަށާއި އެހެންނަމަވެސް އެންމެ ބޮޑަށް ކަންބޮޑުވެވަޑައިގަންނަވަނީ މި އަމަލުތަކުގައި ސުޕްރީމް ކޯޓުން ޝާމިލުވާކަމަށް ވުމުންކަމަށް އިމްތިޔާޒް ހާމަކުރެއްވިއެވެ. އޭނާ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މައްޗަށް ވަގުތީ އަމުރެއް ނެރިފައި ސުޕްރީމް ކޯޓުންވަނީ އަނެއް ބާރުގެ މަސައްކަތްތައް މަޑު ޖައްސާލުމަށް އަންގާފައިކަމަށާއި މިއީ ދުނިޔޭގެ ތާރީހުގައިވެސް އެފަދަ އަމަލެއް ފެނިފައިވާ ފުރަތަމަ ފަހަރުކަމަށް ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ، ހިންގާފައިވަނީ ރައްޔިތުންގެ މަޖިލީސް ހުއްޓުވާލުމުގެ އަމަލެއް ކަމަށާއި އަމަރު ނެރިފައިވަނީވެސް އެ މަގުސަދު ހާސިލުކުރުމުގެ ނިޔަތުގައިކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: