ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

1.8 މިލިއަންގެ ސްކޭމް މައްސަލައެއްގައި ތުހުމަތު ކުރެވޭ މީހުންގެ ތެރޭގައި 18 އަހަރު ނުފުރޭ ކުއްޖެއް!

އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މަކަރާއި ހީލަތުގެ މައްސަލައަކާ ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ބޭއްވި ޕްރެސް
ޝެއާރކޮށްލާ ކަހަލަދޯ؟

1.8 މިލިއަން ރުފިޔާގެ ސްކޭމްގެ މައްސަލައިގެ ތަހުގީގެއް ފަށައިގެން ކުރިޔަށް ދާއިރު، ތުހުމަތު ކުރެވޭ މީހުންގެ ތެރޭގައި 18 އަހަރު ނުފުރޭ ކުއްޖަކު ހިމެނޭކަމަށް ފުލުހުން ބުނެފި އެވެ.

މަކަރާ ހީލަތުން މީހެއްގެ އެކައުންޓުން ފައިސާ ޖަމާކޮށް، އެ ފައިސާ ބޭނުން ކުރި މައްސަލައިގެ މައުލޫމާތު ދިނުމަށް ފުލުހުންގެ ކްރައިމް ޑިޕާޓްމަންޓުން މިއަދު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައި ވަނީ 13 ފެބްރުއަރީގައިގައި އެކި ފަހަރު މަތިން 1.8 މިލިއަން ޖަމާކުރި މައްސަލައެއްގަ އެވެ.

ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުގެ ހެޑް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ރަޝީދު ވިދާޅުވީ މި ޓްރާންސެކްޝަންތައް ހިންގާފައި ހުރި ބޭންކުތަކާއި އެކު ވަގުތުން ކޯޑިނޭޓް ކުރުމަށް ފަހު 48 ގަޑިއިރުގެ ތެރޭގައި ގެއްލުނު ފައިސާގެ 98 އިންސައްތަ ހޯދުނު ކަމަށެވެ.

ރަޝީދު ވިދާޅުވީ އެ ފައިސާ ބޭނުންކުރި ގޮތުގެ ތަފްސީލާއި، ސްކޭމްގައި ބައިވެރިވި މީހުންކަމަށް ތުހުމަތު ކުރެވޭ މީހުން ދިރިއުޅޭތަން ބަލައި ފާސްކޮށްގެން ވެސް ބައެއް ފައިސާ ހޯދާފައިވާކަމަށެވެ.

އަޅުގަނޑުމެންނަށް މި މައްސަލައިގައި ފާހަގަކުރެވުނީ، މަކަރާތް ހީލަތް ހެދުމުގެ މައްސަލަ މި ރާއްޖޭގައި މިހާ މައްޗަށް ގޮސްފައިވާ ހިނދު.. ހަމައެކަނި މިކަން މިކުރަނީ، ޖަލުންނޭ ދެންނެވޭކަށް ނެތޭ.. މިފަހަރު މިކަން ހިނގާފައި މިއޮތީ މީހެއްގެ ފޯނު ކޮމްޕްރޮމައިޒްކޮށްގެން.. އެކައުންޓު އެކްސެސް އޮންނަ ފަރާތެއްގެ ޑީޓެއިލްތައް މެދުވެރިކޮށް

ސްކޭމްތައް ހިންގަނީ ޖަލުންކަމަށާއި، އެކަމަށް ފިޔަވަޅު ނޭޅޭކަމުގެ ވަހަކަތައް ދެކެވޭއިރު ރަޝީދު ވިދާޅުވީ ސްކޭމްތައް ހިނގަނީ ޖަލުގެ ތެރޭންކަމަށް ކުރިންކަމަށް ހީވެފައި އޮތް ނަމަވެސް އެ ކުށް ވަރަށް ބޮޑަށް މިހާރު ފުޅާވެގެން އައިސްފައިވާކަމަށެވެ. އަދި މި ކޭސްއަކީ ވެސް، މީހެއްގެ ފޯނުގެ މައުލޫމާތުތައް ހޯދައިގެން އެކައުންޓުން ފައިސާ ފޭރިގަތް މައްސަލައެއްކަމަށް އޭނާ ވިދާޅުވި އެވެ.

މި މައްސަލައިގައި ހަތަރު މީހެއްގެ މައްޗަށް ތުހުމަތު ކުރެވޭއިރު، ރަޝީދު ވިދާޅުވި ގޮތުން ފުލުހުންގެ ހައްޔަރުގައި ތިން މީހަކު އެބަތިއްބެވެ. އަދި ހައްޔަރު ނުކުރަނީ، މައްސަލައިގައި ޝާމިލުވާ އުމުރުން 18 އަހަރު ނުފުރޭ ކުއްޖެއްކަން ފާހަގަކުރެއްވި އެވެ.

ތަހުގީގުތައް އަދިވެސް ކުރިޔަށް ދާތީއާއި، މައްސަލައިގައި އިތުރު ބައެއްގެ ޝާމިލުވުން އޮވެދާނެކަމަށް ބެލެވެތީ އެކަން ތަހުގީގު ކުރަމުންދާކަމަށް ފުލުހުން ބުންޏެވެ. އަދި ވިދާޅުވީ ތަހުގީގުތައް ނިންމައި، ދައުވާ ކުރުމަށް ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހަށް ފޮނުވުމުގެ މަސައްކަތް ކުރަމުން ދާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 50%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: