ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަނިމާދޫ އެއާޕޯޓުގެ އައު އެޕްރަންއެއް ހަދާ ކުރީގެ އޭޕްރަން ބޭނުން ކުރުން ހުއްޓާލައިފި

ހަނިމަދޫ އެއާޕޯޓުގެ އާ އޭޕްރަން ބޭނުން ކުރަން ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު އެޕްރަންއެއް ހަދާ ކުރީގެ އޭޕްރަން ބޭނުން ކުރުން ހުއްޓާލައިފި އެވެ.

ރީޖަނަލް އެއާޕޯޓްސްގެ ފަރާތުން އޮޕަރޭޓު ކުރަމުން ދާ ހަނިމާދޫގެ އައު އޭޕްރަން ބޭނުން ކުރަން ފަށާފައި ވަނީ އާދީއްތަ ދުވަހު އެވެ.

މި މައުލޫމާތުތައް ހިއްސާ ކުރަމުން ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ (އާރުސީއެލް) ގެ މެނޭޖިން ޑިރެކްޓަރ އަހުމަދު މުބީން ވިދާޅުވީ މި އޭޕްރަންއަކީ ހަނިމާދޫ އެއާޕޯޓުގެ އަޕްގްރޭޑިން ޕްރޮޖެކްޓެކްޓުގައި ހިމެނިފައި ނުވާ، އެހެންނަމަވެސް ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުގެ ދަށުން މިހާރުން މިހާރަށް ވެސް ކުންފުންޏަށް އާމްދަނީ އިތުރު ކުރެވޭނެ މަގެއް ހުޅުވުމުގެ ގޮތުން ކުރެވުނު މަސައްކަތެއް ކަމަށެވެ.

އާރުއޭސީއެލް ބުނިގޮތުގައި އަލަށް ހުޅުވި އޭޕްރަން މާކެޓު ކުރާނީ ޖެޓް ޕާކިން ފެސިލިޓީއެއްގެ ގޮތުގައި ކަމަށެވެ. އެއާއި އެކު އެއާޕޯޓުގެ އަޕްގްރޭޑިން ޕްރޮޖެކްޓު ނިމިގެންދާއިރު، މި ސަރަހައްދު ބޭނުން ކުރެވިގެން ދާނީ އައިސޮލޭޝަން ބޭއެއްގެ ގޮތުގައިކަމަށް ކުންފުނިން މައުލޫމާތު ދިނެވެ.

މި އޭޕްރަންގެ ބޮޑުމިނަކީ، 42،000 ސްކޮއާފީޓް އެވެ. އެއީ އެއްފަހަރާ 06 ޖެޓަށް ޕާކް ކުރެވޭނެ ޖާގައެވެ.

މި މަޝްރޫއު ނިމިގެންދާއިރު އޭ 380 އާއި ބޮއިންގް 737 ބޮޑެތި މަތިންދާބޯޓު ޖެއްސޭ ފެންވަރަށް ރަންވޭ ނިމި އަހަރަކު 1.3 މިލިއަން ޕެސެނެޖަރުންނަށް ހިދުމަތް ދެވޭ ފެންވަރުގެ އެއާޕޯޓު ޓާމިނަލްއަކާއި ފިއުލް ރައްކާ ކުރެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެކަމަށް އެ ކުންފުނިން ބުންޏެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: