ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މީޑިއާނެޓު ކްރިކެޓް އީދު – ވިމެންސް ޕްރިމިއަރ ލީގާއެކު ފެބްރުއަރީ 23 ގައި ފަށަނީ

މީޑިއާނެޓު ކްރިކެޓް އީދު - ވިމެންސް ޕްރިމިއަރ ލީގާއެކު ފެބްރުއަރީ 23ގައި ފަށަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

އަންހެން ކަނބަލުންގެ މެދުގައި ކުޅެވޭ އެންމެ ކުލަގަދަ ކްރިކެޓް މުބާރާތް “ވުމެންސް ޕްރިމިއަރ ލީގު” ގެ ދެވަނަ އެޑިޝަން 23 ފެބްރުއަރީ ވާ ހުކުރު ދުވަހު ފެށުމަށް ތައްޔާރުވެއްޖެ އެވެ.

މީޑިއާތަކަށް އާންމު ކުރި ބަޔާނުގައި މީޑިއާނެޓުން ބުނީ 2023 ވަނަ އަހަރު އަލަށްފެށި މި މުބާރާތަށް ވަނީ ދިވެހިރާއްޖެ އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުން ވަރަށް ފުރިހަމަ ތަރުޚީބެއް ލިބިގެން ދިޔަކަމަށެވެ. އަދި ފާއިތުވި އަހަރެކޭ އެއްފަދައިން މި އަހަރުވެސް މުބާރާތުގެ ފޯރިގަދަ ހުރިހާ މެޗެއް މީޑިއާނެޓު މެދުވެރިކޮށް ވަގުތުން ބެލޭނެކަމަށް ބަޔާނުގައި ވެއެވެ.

މި އަހަރުގެ މުބާރާތް ކުޅުމަށް ހަމަޖެހިފައި ވަނީ ޖުމްލަ 2 ސިޓީއެއްގައެވެ. އެއީ ބެންގަލޫރު އަދި ވެރިކަން ކުރާ ރަށް ނިއު ދިއްލީގައެވެ.

މުބާރާތުގެ ފުރަތަމަ 11 މެޗު ބެންގަލޫރުގެ ޗިންނަސްވާމީ ސްޓޭޑިއަމްގައި ކުޅެވޭއިރު ގްރޫޕް ސްޓޭޖުގެ ފަހު 10 މެޗު އަދި ސެމީ ފައިނަލު ނޮކްއައުޓް މެޗާއި ފައިނަލް މެޗު ކުޅެވިގެންދާނީ ނިއު ދިއްލީގެ އަރުން ޖެއިޓްލީ ސްޓޭޑިއަމްގައެވެ.

މި އަހަރުގެ މުބާރާތުގައި ކޮންމެ ދުވަހަކު ކުޅޭނީ އެންމެ މެޗެކެވެ. އަދި މެޗުތައް ފަށާނީ ކޮންމެ ދުވަހެއްގައި ރާއްޖެ ގަޑިން 19:00 ގައެވެ. ޓީވީ މެދުވެރިކޮށް މެޗުތައް ފެންނާނީ އައިސް ޕްލަސް (ޗެނަލް 888) އިންނެވެ އަދި އެމް އެސް ޑިޖިޓަލް މެދުވެރިކޮށް މެޗުތައް ފެންނާނީ އައިސް އެކްސްޓްރާ ޗެނަލުންނެވެ.

މިއަހަރުގެ މުބާރާތުގައި ޖުމްލަ 5 ޓީމެއް ވާދަކުރާނެއެވެ. އެއީ:

  • ދިއްލީ ކެޕިޓަލްސް
  • ގުޖުރާތު ޖަޔަންޓްސް
  • މުމްބާއީ އިންޑިއަންސް
  • ރޯޔަލް ޗެލެންޖާރޒް ބެންގަލޯރ
  • ޔޫ ޕީ ވޮރިއާރޒް

2023 ވަނަ އަހަރު ބޭއްވުނު ޓީ20 އަންހެނުންގެ ވޯރލްކަޕުގައި ވިދާލި ގިނަ ކުޅުންތެރިންތަކެއް މިއަހަރުގެ މުބާރާތުގައި ފެނިގެންދާނެއެވެ. އޭގެ ތެރޭގައި އިންޑިއާގެ ތަރި އަދި ރޯޔަލް ޗެލެންޖަރޒް ބެންގަލޯރގެ ކެޕްޓަން ސްމްރިތީ މަންދަނާ، 2023 ވަނަ އަހަރު ވޯރލްޑް ކަޕްގެ މޮޅު ކުޅުންތެރިޔާކަން ހޯދި އޮސްޓްރޭލިއާގެ އޭޝްލީ ގާރޑްނަރ، ހުނަރުވެރި ބެޓްސްމަން ސައުތް އެފްރިކާގެ ލައުރާ ވޮލްވާރޑްޓް އަދި މޮޅު އުންތެރިޔާ އިނގިރޭސި ވިލާތުގެ ސޯފީ އެކްލެސްޓަން ފާހަގަކޮށްލެވެއެވެ.

މި މުބާރާތުގެ އިތުރުން މާރޗް މަހު ފެށުމަށް ހަމަޖެހިފައިވާ ދުނިޔޭގެ އެންމެ މަގްބޫލު ކްރިކެޓް މުބާރާތް އިންޑިއަން ޕްރިމިއަރ ލީގުގެ މެޗުތައްވެސް މީޑިއާނެޓު މެދުވެރިކޮށް ވަގުތުން ގެނެސްދިނުމަށްވަނީ ހަމަޖެހިފައެވެ. އެއާއެކު މީޑިއާނެޓުންވަނީ މި ދެ މުބާރާތަށް ޚާއްސަ އެމް އެސް ޑިޖިޓަލް ސީޒަން ޕާސްތަކެއް ތަޢާރަފްކޮށްފައެވެ. އެމް އެސް ޑިޖިޓަލް އެޕްލިކޭޝަން މެދުވެރިކޮށް ކޮންމެ ވަގުތަކު ކޮންމެ ތާކު ހުރެވެސް މި މެޗުތައް ވަގުތުން ބަލާލެވޭނެއެވެ. ސީޒަން ޕާސްތަކުގެ ތެރޭގައި ހިމެނެނީ:

އެމް އެސް ސްޓާޓަރ – ސީޒަން ޕާސް (ޕެކޭޖު އަގު: 99 ރުފިޔާ)
ވިމެންސް ޕްރިމިއަރ ލީގު އަދި އިންޑިއަން ޕްރިމިއަރ ލީގުގެ ހުރިހާ މެޗެއްގެ އިތުރުން އެހެނިހެން މަގްބޫލު ކޮންޓެންޓް ހިމެނޭ 80 އަށްވުރެން ގިނަ ޗެނަލް

އެމް އެސް ކޮމްބޯ – ސީޒަން ޕާސް (ޕެކޭޖު އަގު: 199 ރުފިޔާ)

ވިމެންސް ޕްރިމިއަރ ލީގު އަދި އިންޑިއަން ޕްރިމިއަރ ލީގުގެ ހުރިހާ މެޗެއްގެ އިތުރުން އެހެނިހެން މަގްބޫލު ކޮންޓެންޓް ހިމެނޭ 80 އަށްވުރެން ގިނަ ޗެނަލް އަދި ވީޑިއޯ ކްލަބް ކޮންޓެންޓް

މުބާރާތުގެ ފުރަތަމަ މެޗުގައި 23 ފެބްރުއަރީ ވާ ހުކުރު ދުވަހު ބައްދަލުކުރާނީ ފާއިތުވި އަހަރުގެ ޗެމްޕިއަނުން މުމްބާއީ އިންޑިއަންސް އަދި ރަނަރަޕް ދިއްލީ ކެޕިޓަލްސްއެވެ. ޖެހިގެން އަންނަ ދުވަހު އަމިއްލަ ދަނޑުގައި ރޯޔަލް ޗެލެންޖަރޒް ބެންގަލޯރ ވާދަކުރާނީ ޔޫ ޕީ ވޮރިއާރޒްއާއެވެ. 23 ވަނަ ދުވަހު މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ ކުލަގަދަ ހުޅުވުމުގެ ރަސްމިއްޔާތަކާއެކުއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: