ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސްކޭމްއަކުން ފަސްލައްކަ ރުފިޔާ ފޭރިގަތް މީހަކު ހައްޔަރަށް!

ފުލުހުންގެ ސެންޓްރަލް އިންވެސްޓިގޭޝަން ކޮމާންޑުގެ ވެރިޔާ ޗީފް ސުޕްރިންޑެންޓް އޮފް ޕޮލިސް އަޙްމަދު ނާފިޒު
ޝެއާރކޮށްލާ ކަހަލަދޯ؟

ފުލެޓު ލިބުނު ކަމަށް ބުނެ މަކަރާއި ހީލަތުން މީހެއްގެ އެކައުންޓުން 500،000 ރުފިޔާ ނެގި މައްސަލައިގައި 23 އަހަރުގެ މީހަކު ފުލުހުންގެ ހައްޔަރަށް ގެންގޮސްފިއެވެ.

ފުލުހުން ބުނެފައިވަނީ އެ މައްސަލައިގައި ފައިސާ ހޯދައިފައިވަނީ އޮޅުވާލައިގެން ފުލެޓު ލިބުނު ކަމަށްބުނެ އޯޓީޕީ ހޯދައިގެން ކަމަށެވެ. އަދި އެ މައްސަލަ ހިނގާފައިވަނީ މި މަހުގެ 13 ވަނަ ދުވަހު ކަމަށްވެސް މައުލޫމާތު ދީފައި ވެއެވެ.

އެ މައްސަލައާއި ގުޅިގެން 23 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން މި މަހުގެ 17 ވަނަ ދުވަހުކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ. އެހެންކަމުން މި މައްސަލައިގައި އޭނާގެ މައްދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ބަންދަށް 15 ދުވަހުގެ މުއްދަތެ ޖަހާފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

މިމައްސަލަ މީހާރު ފުހުން ދަނީ ތަހުގީގު ކުރަމުން ކަމަށް އެ މުވައްސަސާއިން ވަނީ މައުލޫމާތު ދީފައެވެ. ސްކޭމްތައް މިހާރު ގިނަވެ އެކަމަށް ސަމާލު ވުމަށްވެސް ފުލުހުން ދަނީ އިލްތިމާޒް ކުރަމުންނެވެ.

އެގޮތުން ފުލުހުން ނޫސްވެރިންނާއި ބައްދަލުކޮށް ބުނެފައިވަނީ ސްކޭމްތައް ހިންގަނީ ޖަލުންކަމަށާއި، އެކަމަށް ފިޔަވަޅު ނޭޅޭކަމުގެ ވަހަކަތައް ދެކެވޭއިރު ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުގެ ހެޑް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ރަޝީދު ވިދާޅުވީ ސްކޭމްތައް ހިނގަނީ ޖަލުގެ ތެރޭންކަމަށް ކުރިން ހީވެފައި އޮތް ނަމަވެސް އެ ކުށް ވަރަށް ބޮޑަށް މިހާރު ފުޅާވެގެން އައިސްފައިވާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: