ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސްކޭމް ހުއްޓުވުމުން ދުވަސްކޮޅަކަށް މައިތިރިވެފަ އައު ގޮތަކަށް ފަށާ: ކޭމް

ކޮވިޑާއި ގުޅިގެން ފްރަންޓްލައިންގައި މަސައްކަތް ކުރަމުންދާ ޑޮކްޓަރުންގެ ފޯނުތައް ހެކް ކުރުމަށް ސައިބާ އެޓޭކުތަކެއް - ފޮނުވަމުންދާ މެސެޖުތަކުގެ ސްކްރީންޝޮޓްއެއް
ޝެއާރކޮށްލާ ކަހަލަދޯ؟

ސްކޭމް ކުރަމުންދާ ގޮތެއް ފާހަގަކުރެވުމުން އެކަން ހައްލުކުރަން ފިޔަވަޅު އަޅާކަމަށާއި އެހެންނަމަވެސް އެކަމުގެ ސަބަބުން ދުވަސްކޮޅަކަށް އެކަން ހުއްޓިފައި އޮތުމަށްފަހު އައު ގޮތަކަށް އެކަން ކުރާކަމަށް ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް(ކޭމް) އިން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގައި އަލަށް އެކުލަވާލާފައިވާ އިންފޮރމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ކޮމިޓީގައި ކޭމްއިން މީގެ ކުރިން ކުރަމުން އައިސްފައިވާ މަސައްކަތްތަކާއި ގުޅޭގޮތުން ސުވާލުކުރުމުން އެ މުއައްސަސާއިން ވަނީ ބައެއް ފިޔަވަޅުތަކާއި އެކަމުގެ ސަބަބުން ނުކުތް ނަތީޖާތަކާއި ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައެވެ.

އެގޮތުން ގުޅުން ހުރި އިދާރާތަކާއިއެކު ބައްދަލުވުންތައް ބޭއްވި ހުށައެޅުންތަކާއި ރިކޮމެންޑޭޝަންތަކާއި އެއްގޮތަށް މަސައްކަތްތައް ކުރެވިފައިވާނެކަމަށާއި އެކަމުގެ ސަބަބުން ނަތީޖާތައްވެސް ފެނިފައިވާކަމަށް ބުނެފައިވެއެވެ.

އެ މުއައްސަސާއިން ބުނެފައިވާގޮތުން ސްކޭމް ލިންކުގެ ގޮތުގައި މެސެޖު ފޮނުވައިގެން ހިންގާ ސްކޭމްތައް ހުއްޓުވުމަށް ފިޔަވަޅުތައް އަޅާފައިވާކަމަށާއި އެފަދަ ލިންކެއް ފާހަގަވާއިރަށް ފުލުހުން ސީދާ ސާވިސް ޕްރޮވައިޑަރަށް ލިންކުގެ މައުލޫމާތު ފޮނުވުމުން ބްލޮކް ކުރުމުގެ އިންތިޒާމުތައް ހަމަޖައްސާފައިވާކަމަށް ފާހަގަކުރިއެެވެ.

ކޭމްއިން ބުނެފައިވާގޮތުން ބީއެމްއެލް ފަދަ ތަންތަނުގެ ނަމުގައި ގިނައިން މެސެޖުތައް އަންނަނީ ބޭރުންކަމަށެވެ. އެހެންކަމުން މިހާރު މަޝްވަރާތަކުގެ ތެރެއިން ބޭރު ގައުމުތަކުން އެފަދަ އައިޑީތަކުގައި މެސެޖުތައް ނުފޮނުވޭނެ ގޮތަށް ހަދާފައިވާކަމަށްވެސް ބުނެފައިވެއެވެ. ކޭމްއިން ބުނެފައިވާގޮތުން އެ މުއައްސަސާއިންވަނީ އެފަދަ މެސެޖުތައް ބްލޮކްކުރުމުގެ ގާބިލުކަން ހާސިލުކޮށްފައިކަމަށެވެ.

އެހެންނަމަވެސް ސްކޭމް މައްސަލަތަކަކީ ދުނިޔޭގެ އެހެން ގައުމުތަކާއިވެސް އެއްފަދަައިން ހައްލުކުރަން ދަތި އުނދަގޫ ކަމެއްކަމަށާއި އެގޮތުން ސްކޭމް ކުރަމުންދާކަން ފާހަގަކުރުމުން އެކަން ހުއްޓުވުމުން ދުވަސްކޮޅެއްގެ މައިތިރިވުމެއް އައުމަށްފަހު އައު ގޮތަކަށް އެ މަސައްކަތްތައް ފެށިގެންދާކަމަށް މައުލޫމާތު ދީފައިވެއެވެ.

ކޭމްއިން ވަނީ މިފަހުން 1.8 މިލިއަން ރުފިޔާ މީހެއްގެ އަތުން ސްކޭމް ކޮށްގެން ނެގި ބަޔަކު އަތުލައިގަނެފައިވާކަމަށް ބުނެ ބައެއް މީޑިއާތަކުގެ ހެޑްލައިންތަކުގައި ޝާއިއުކޮށްފައިވާކަމުގެ މައްޗަށްވެސް އަލިއަޅުވާފައެވެ. އެގޮތުން އެކަން ހިންގާފައިވަނީ ސީދާ ސްކޭމްއެއްގެ ގޮތުގައި ނޫންކަމަށާއި އެކަމުގެ ތެރޭގައި އާއިލީ ބަޔަކަށް ޕާސްވޯޑު އެނގުން ފަދަ ކަންކަންވެސް ހިމެނޭކަމަށާއި އެހެންކަމުން ރާއްޖޭގައި ފެންމަތިވެފައިވާ ހުރިހާ މައްސަލަތަކަކީ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ހިންގާފައިވާ ކުށްތަކެއް ނޫންކަމަށްވުންވެސް އެކަށީގެންވާކަމަށް ބުނެފައިވެއެވެ. އެހެންނަމަވެސް ކޭމްއިން ދަނީ އައު ގޮތަކަށް ސްކޭމްތައް ކުރަމުންދާކަން ފާހަގަކުރެވުމުން އެކަން ހުއްޓުވުމަށް ފިޔަވަޅުތައް އަަޅަމުންކަމަށްވެސް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: