ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތަހުގީގެއް ކުރާނަމަ އަކްރަމް ގޮވާލީ ހުރިހާ ފްލެޓު ފޯމުތައް ވެސް އޭގެ ތެރޭގައި ހިމެނުމަށް!

ޕެޓިޝަން ކޮމިޓީގައި ހައުސިންގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރި ފްލެޓުތަކުގެ މައްސަލައިގެ ތަހުގީގެއް ކުރިޔަށް ގެންދާނަމަ އެންމެ އިންސާފުވެރިވާނީ ހުރިހާ ފޯމެއް ވެސް ބަލައި ޕްރޮސެސްކޮށްގެންކަމަށް ހައުސިން މިނިސްޓްރީގެ ކުރީގެ އިސްވެރިން ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އިއުލާނު ކުރި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓު ލިބުނު 4،000 މީހުންގެ ނަން ގެޒެޓުގައި ޝާއިއު ކުރީ އައު ސަރުކާރު އުފެދުމުގެ ޓްރާންސިޝަން މުއްދަތުގަ އެވެ. މިއީ ސަރުކާރަށް ދިމާވެދާނެ، ދަތިކަމަކަށް ވެދާނެތީ އެކަން އެގޮތަށް ކުރިޔަށް ނުގެންދަން އެދުމުން ވެސް ލިސްޓު އާންމު ކުރުމާއި އެކު ބޮޑެތި މައްސަލަތައް ފެންމަތިވި އެވެ.

އޭގެ ތެރޭގައި ޕޮއިންޓު ދިން އުސޫލު ކަށަވަރުނުވުމާއި، އަދި އެކި މީހުންގެ ފޯމު އިވެލުއޭޓު ކުރުމުގައި ތަފާތު ގޮތަކަށް އަމަލުކޮށްފައި ހުރުން އޭގެ ތެރޭގައި ހިމެނެ އެވެ. އެ މައްސަލަ ގޯސްވެ، އާންމުން މިނިސްޓްރީއަށް އެއްވެ އިހުތިޖާޖު ވެސް ކުރިޔަށް ގެންދިޔައިރު އޭގެ ތެރެއަށް އެންމެ ފަހުން އެންޓި ކޮރަޕްޝަން ކޮމިޝަނުން ވަނެވެ.

މި މައްސަލައިގެ ތަހުގީގުތައް ކުރިޔަށްދާއިރު، ރަނގަޅު މައުލޫމާތެއް ނުލިބުމަކީ ގިނަ ބައެއްގެ ކަންބޮޑުވުމެކެވެ. މީގެ ދުވަސްތަކެއް ކުރިން އޭސީސީން މީޑިއާތަކާއި ބައްދަލުކޮށް ބުނެފައި ވަނީ ފްލެޓު ލިބުނު މީހުންގެ ތެރޭގައި، ހައްގުން އޮންނަން ޖެހޭ އުސޫލުން ޝަރުތު ހަމަވެ ފްލެޓު ލިބުނީ މަދު ބަޔަކަށް ކަމަށެވެ.

އެހެންވެ އަނެއްކާވެސް ސުވާލުތައް އުފެދި، މަޖިލީހުގައި ބައްދަލުވުންތައް ކުރިޔަށް ގެންދިއުމަށް ފަހު މިއަދު ކޮމިޓީއަށް ހާޒިރު ކުރީ މިދިޔަ ސަރުކާރުގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނާއި، މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވްގެ މަގާމު އަދާކުރި މުހައްމަދު އާރިފެވެ.

މި ބައްދަލުވުމުގައި އަކްރަމް ވިދާޅުވީ، އޭސީސީން ތަހުގީގުގައި ދައްކަނީ ހަމައެކަނި 4،000 މީހުންގެ ވާހަކަކަމަށާއި، ތަހުގީގެއް ކުރިޔަށް ގެންގޮސް ކެޓެގަރައިޒް ކުރާނަމަ ފޯމު ހުށަހެޅި އެންމެންގެ އެޕްލިކޭޝަންތައް ބަލަން ޖެހޭ ކަމަށެވެ.

އެހެންވީމަ އަޅުގަނޑު އިލްތިމާސް ކުރަނީ ގޮތެއް ނިންމުމުގެ ކުރިން… މީތި ގޯސް، އޭތި ގޯސް.. އިއުލާނު ކުރުމުގެ ކުރިން.. އަޅުގަނޑު ދަންނަވާނީ ހުރިހާ ފޯމުތަކެއް ނުބަލައި ހަމަ ނޭނގޭނެއޭ.. އެ ނިމިފައި ހުރި ގޮތް… ނޭނގޭނެއޭ، ހުރިހާކަމެއް.. ޗެކް ކުރައްވާނަމަ ހުރިހާ އެއްޗެއް ޗެކް ކުރަން..

މި ސްކީމަށް އެދި ހުށަހެޅި 21،000 މީހުންގެ ތެރެއިން ހައުސިން މިނިސްޓްރީން ނިންމީ 12،000 މީހުން ފްލެޓަށް ޝަރުތުހަމަވާކަމަށެވެ. އަދި ފްލެޓު ލިބޭ 4،000 މީހުން ކަނޑައެޅީ މީގެތެރެއިންނެވެ.

ފްލެޓު ލިއުން ވެސް ދޫކޮށްފައިވާއިރު، އަކްރަމް ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވީ މައްސަލަތައް ހުރިކަމަށް ބުނަމުން ގެންދާނަމަ ހުރިހާ ފޯމްތައް ބަލަން ޖެހޭކަމަށެވެ. އޭގެ ސަބަބަކީ ކުރީ ސަރުކާރުގެ އެއްވެސް ބަޔަކު ފްލެޓުގެ މައްސަލައިގައި ގޯސްކޮށް އަމަލުކޮށްފައިވާނަމަ އެކަން ދެނެގަތުމެވެ. އަދި އޭސީސީން ފްލެޓު ލިސްޓުން ނަންތައް ރަނގަޅުކަމަށް ބުނާ މީހުންނަށް އެ މަރުހަލާ އަވަސްވާން ޖެހޭކަމަށް އޭނާ ވިދާޅުވި އެވެ.

ދޮގު ލިއުންތަކާއި، އެހެނިހެން މައުލޫމާތުތައް ހުށަހެޅިކަމުގެ ތުހުމަތުތައް ކުރާއިރު އަކްރަމް ވިދާޅުވި ގޮތުގައި އެފަދަ ބޮޑު އިލްޒާމެއް އެޅުވޭނީ ވަރަށް ރަނގަޅަށް އެކަމެއް ބެލުމަށް ފަހު އެވެ. އެހެންކަމުން ޖިނާއީ ނަޒަރަކުން ހިންގަން ޖެހޭ ތަހުގީގެއް އޮތް ނަމަ އެކަމެއް ވެސް ކުރިޔަށް ގެންދަން އަކްރަމް ވިދާޅުވި އެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން މާލެ ސަރަހައްދުން ދޫކުރާ ފްލެޓުތަކާ ގުޅޭގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަނުން ހިންގި ތަހުގީގަށް ފަހު ޝަރުތު ހަމަވެ އޮންނަ އުސޫލުގެ ތެރެއިން އެއްވެސް މައްސަލައެއް ނެތް މީހުންގެ ނަން ލިބިފައިވާކަމަަށް މިނިސްޓްރީން ބުނެފައި ވެއެވެ. ތަފްސީލެއް ނުދީ މިނިސްޓްރީން ބުނީ، މިނިސްޓްރީއަށް ލިބިފައި ވަނީ ކޮމިޝަނުން ބެލި ބެލުމުން އެއްވެސް މައްސަލައެއް ނެތް، ފޯމުތަކުގެ ލިސްޓުކަމަށެވެ.

ފްލެޓުތަކާއި ގުޅޭގޮތުން ސާފު މައުލޫމާތެއް ސަރުކާރުގެ ތެރެއިން ނުލިބޭތީ އާންމުންގެ ޝަކުވާތައް ބޮޑެވެ. ހާއްސަކޮށް މިނިސްޓްރީން ހާމަކުރާ ވާހަކަތަކާއި، ސަރުކާރުގެ ޖުމްލަ ވާހަކަތައް ދިމާނުވުން ހިމެނެ އެވެ. އާންމުންގެ ކަންބޮޑުވުންތަކަށް އެންމެ ފަހުން ވެސް ރައީސް ވިދާޅުވީ ފެލްޓު އޭގެ ހައްގުވެރިންނަށް ލިބޭނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

2 Responses

  1. 4000 ފްލެޓް ގަ މައްސަލަ އުޅޭތޯ ބަލަންޔާ ކުރީގެ ދީފަހުރި ތަންތަނުގެ މައްސަލަވެސް ބަލަންވިނުތޯ؟ ކޮބާތޯ ތިގެންގުޅޭ ހަމަޔަކީ؟
    ވޯޓްލާން މިތައްޔާރުވަނީ، އާއިލާގަ އެބަތިބި ލައްކަ މީހުން.. ފްލެޓާ ނުކުލޭތި ރައީސް ފަހުންދެރަވާނެ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: